ސިންގަޕޫރު އެއާލައިންސް އިން އަހަރުގެ ރެކޯޑް ފައިދާއާއެކު، ގާތްގަނޑަކަށް އަށް މަސް ދުވަހުގެ މުސާރައިގެ ބޯނަސް އެއް މުވައްޒަފުންނަށް ދޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެ އެއާލައިންގެ ތަރުޖަމާނަކާއި، ހަވާލާދީ މީޑިއާ ރިޕޯޓްތަައް ބުނާގޮތުގައި، ޝަރުތު ހަމަވާ މުވައްޒަފުންނަށް 6.65 މަހުގެ މުސާރައާ އެއްވަރުގެ ޕްރޮފިޓް ޝެއަރިން ބޯނަސް އަދި ބަލިމަޑުކަމުގެ ތެރޭގައި ކުރި ބުރަ މަސައްކަތާއި ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން އެކްސް ގްރެޝިއާ ބޯނަސްގެ ގޮތުގައި ގިނަވެގެން 1.5 މަހުގެ މުސާރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް ކުންފުނީގެ އިސް މެނޭޖްމަންޓަށް އެ އިތުރު ބޯނަސް އެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިންގަޕޫރު އެއާލައިންސްގެ މުވައްޒަފުންނަށް ދޭ ބޯނަސް އަކީ ޒަމާނުއްސުރެ އަހަރީ ފައިދާ ހިއްސާކުރާ ބޯނަސް ފޯމިއުލާއެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ ސްޓާފް ޔޫނިއަންތަކާ އެކު އެއްބަސްވެފައިވާ ބޯނަސް ފޯމިއުލާއެއް،" ތަރުޖަމާނު ވިދާޅުވިއެވެ.

އެ ކުންފުންޏަށް މާޗް މަހުގެ 31 ވަނަ ދުވަހު ނިމުނު އަހަރު ސާފު އާމްދަނީގެ ގޮތުގައި 2.16 ބިލިއަން ސިންގަޕޫރް ޑޮލަރު (1.62 ބިލިއަން އެމެރިކާ ޑޮލަރު) ލިބިފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިންގަޕޫރު އެއާލައިންސްގެ ހިއްސާ ވަނީ 1.2 ޕަސެންޓް އުފުލިފައެވެ.

ސިންގަޕޫރު އެއާލައިންސް އާއި އެ އެއާލައިންގެ ބަޖެޓް އޮފްޝޫޓް ސްކޫޓުން މި އަހަރު 26.5 މިލިއަން ފަސިންޖަރުން އުފުލާފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް 12 މަސް ދުވަހަށް ވުރެ ހަ ގުނަ އިތުރު އަދަދެކެވެ.

މިދިޔަ ހޯމަ ދުވަހު ސިންގަޕޫރު އެއާލާއިނުން ބުނީ އޭޕްރީލް މަހު 1.75 މިލިއަން ފަސިންޖަރުން ދަތުރުކުރި ކަމަށާއި މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 53 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަތުކިބަ

    ގައުމީ އެއަރލައިން މޯލްޑިވިއަން ގެ އަހަރީ ބޯނަސް 2000 ދިވެހި ރުފިޔާ ( މޯލްޑިވްސް ޑޮލާރ)
    މާބޮޑައްވެސް ރަގަޅެއްނު؟

    • ކާށިބޯޓް

      ދުނިޔޭގެ ނިސްބަތުން އެއްމެ ހަރުދަނާކުންފުނި (މޯލްޑިވިޔަން އެއަރލައިން) އެއްމެ ހިންގުންތެރި ވެރިޔާ ރަންޑި ޖެނީ