އިންޑިއާގެ ގުޖްރާތުގެ ޖަމްނަގަރް ސިޓީއަށް ނިސްބަތްވާ ގިނަބަޔަކު ދަންނަ ކާޑިއޮލޮޖިސްޓެއް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

އުމުރުން 41 އަހަރުގެ ޑރ.ގުއަރަވް ގާންދީ މަރުވެފައި ވަނީ ގޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ކަަމަށް އާއިލާ މެންބަރުންނާއި އެކުގައި މަސައްކަތް ކުރަމުންދިޔަ މީހުން އިއްޔެ ބުނެފައި ވެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޑރ. ގާންދީ ކުއްލި ގޮތަކަށް މަރުވުމާއެކު އެ ސިޓީގެ އެތައް ބަޔަކަށް ލިބިގެން ދިޔައީ ހިތާމަ އާއި މޮޅިވެރިކަމެވެ. އަދި އޭނާގެ ޖަނާޒާ ކަންތަކުގައި ގިނަބަޔަކު ވަނީ ބައިވެރިވެސް ވެފައެވެ. އަދި އޭނާއަކީ އެތައް ސަތޭކަ ބައެއްގެ އޮޕަރޭޝަން ކޮށްފައިވާ ގިނަބަޔަކު ދަންނަ ޑޮކްޓަރެއް ކަމުން، ގިނަބަޔަކު ޓްރިިބިއުޓްވެސް ދީފައި ވެއެވެ.

"އޭނާ ވަނީ ހިތުގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައި.". އޭނާ މަސައްކަތް ކުރަމުން ދިޔަ ގުރޫ ގޯވިންދުސިންހަ ސަރުކާރު ހޮސްޕިޓަލުގެ ޑޮކްޓަރު އެޗްކޭ ވަސަވަދާ ވިދާޅުވެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާއަށް ހާޓް އެޓޭކެއް ޖެހިގެން މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ގާންދީގެ ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިން ބުނާ ގޮތުގައި، މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ ގެއަށް ދިޔައީ އޭނާ ބަލި މީހުން ބަލާ ޕްރައިވެޓް ޝާރްދާ ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ފަހުއެވެ. އޭގެ ފަހުން ރޭގަނޑުގެ ކެއުމަށްފަހު ނިދަން ވަނެވެ. އަދި ހެނދުނު އޭނާގެ އެއްވެސް ހަރަކާތެއް ނެތުމުން އާއިލާއިން ވަނީ އެމްބިއުލާންސްއަށް ގުޅައިފައެވެ.

އަދި އޭނާ ޖީޖީ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.

ޑޮކްޓަރުން ނިންމާފައި ވަނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަން ރީނދޫ

    ދުނިޔެއަކީ ވަގުތީ ތަނެއް. ހަމަ އެންމެ ޗާންސެއް. ވަޒީފާގައި ބިޒީވެ އުޅުމަކީ ކޮސް ކަމެއް. ވީ ވަރަކުން ތިމާއަށް މުހިންމު މީހުންނާއެކު އުފާކޮއްލާ ،ރީތި ދިރިއުޅުމެއް އުޅެލުން އެންމެ މުހިންމު ކަމަކީ.

    8
    1
  2. Anonymous

    އެހެންވީމާ އަހަރުމެންނަށް ކޮން ޙައްޤެެއް އޮތީ ﷲ ގެ ބިމުގައި އެކަލާނގެ އަށް ޝިރުކު ކޮށް އެކަލާނގެ އަމުރާއި ޚިލާފުވާން. އެކަލާނގެ ޚައްޤު ނަގާ އެހެން ފަރާތަކަށް ދޭން. އިންޑިޔާގެ ގިނަ މީހުންނަކީވެސް ﷲ އަށް ޝިރުކުކުރާ މުޝްރިކުން. އަޅުގަނޑުމެންނަކީ އެފަދަ ބަޔަކު ކަމުގައި ނުލައްވާށި

    18
    2
    • މެންޓަލިސްޓު.

      ކަލޭމެން އަޅުކަންކުރަނީ ސޭހުންނަށް. އެމީހުންވެސް އެމީހުންގެ ސޭހުން ބުނާ އެއްޗެއްސައް އަޅުކަންކުރަނީ. ކޮންމެ ބަޔަކުވެސް އެހެންމީހުނަށް ފުރައްސާރަކުރުމުގަ އަވަދިނެތި.

      1
      3