ކުޑަ މަތިންދާ ބޯޓެއް ކަނޑަށް ވެއްްޓިއްޖެއެވެ.

މި ބޯޓު ވެއްޓިފައި ވަނީ ސައުތް ވޭލްސްގެ ބްރިޖެންޑް ޓައުން ކައިރީގައި އޮންނަ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ޕޯތްކަވްލްއަށެވެ.

މި ހާދިސާގައި ބޯޓު ދުއްވަން އިން ޕައިލެޓް ވަނީ ސަލާމަތް ވެފައެވެ.

މި މަތިންދާބޯޓަށް މައްސަލައެއް ދިމާވެގެން އެ ހިސާބުގައި ހަރަކާތްތެރިވަމުންދިޔަ މަންޒަރު ބައެއް މީހުންނަށް ފެނިފައި ވެއެވެ.

މި ބޯޓު ކައިރީގައި ހުރި ގެތަކަށާއި، ގާ ހުރި ހިސާބަށް ނުވެއްޓި ގޮސް މޫދަށް ވެއްޓުނުއިރު، ޕައިލެޓް ސަލާމަތް ވެވުނީ އެހެން ވެގެން ކަަމަށް މަންޒަރު ދުށް މީހުން ބުނެފައި ވެއެވެ.

"މި ބޯޓު ގެތައް ހިމެނޭ ހިސާބާއި ވަރަށް ތިރިން ދަތުރު ކުރި، އެ ބޯޓު މޫދު ކައިރިއަށް ނުގެންދެވުނު ނަމަ، ބައެއް ގެތަކުގެ މައްޗަށް ބޯޓު ވެއްޓި، އެ ހިސާބު ގޮވާ ބަޔަކު މަރުވުންވެސް އެކަށީގެންވޭ". މަންޒަރު ދުށް 28 އަހަރުގެ މީހަކު ބުނެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން އިސްނަގައިގެން ރެސްކިއު އޮޕަރޭޝަނެއްވެސް ކުރިއަށް ގެންދިޔައެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ފިރިހެން ޕައިލެޓް ވަނީ އޭނާގެ މަތިންދާ ބޯޓު ކަމަށްވާ ދެ ސީޓުގެ ރެނެގޭޑް ސްޕިރިޓް މޫދަށް ދޫކޮށްލުމަށް ފަހު އެއްގަމަށް އަރައިފައެވެ.