ރަޝިއާ އިން މީގެ ނުވަ އަހަރު ކުރިން ހިފި ޔޫކްރޭންގެ ސަރަހައްދެއްގެ ކޮންޓްރޯލް އެންމެފަހުން ރަޝިއާއަށް ގެއްލި ޔޫކްރޭންގެ ބާރުގެ ދަށަށް އެސަރަހައްދު ހިނގައްޖެއެވެ.

ރަޝިއާ އިން ފާއިތުވި ނުވަ އަހަރު ދުވަހު ކޮންޓްރޯލް ކުރި ސަރަހައްދަކީ ބަޚްމަތު އާއި ކައިރި ސަރަހައްދެކެވެ.

އެސަރަހައްދުގެ ކޮންޓްރޯލް ރަޝިއާ ސިފައިންނަށް ގެއްލުނީ ރަޝިއާ ސިފައިންނާއިއެކު އެސަރަހައްދު ކޮންޓްރޯލް ކުރަމުން ގެންދިޔަ ވެގްނާ ސިފައިން އެސަރަހައްދު ދޫކޮށް ދިއުމުން ޔޫކްރޭން ސިފައިން ދިން ކުއްލި ހަމަލާއަކުން އެސަރަހައްދު ރަޝިއާ ސިފައިންނަށް ދިފާއު ނުކުރެވިގެންނެވެ.

އެސަރަހައްދަކީ މޮސްކޯއިން 2014 ވަނަ އަހަރު ބާރުގެ ދަށަށް ގެނެސްފައިވާ ސަރަހައްދެކެވެ. ނަމަވެސް މިވަގުތު އެތަނުގައި ޔޫކްރޭންގެ ސިފައިން ހަރަކާތްތެރިވަމުން އަންނާތީ އެކަމުގެ މާ ބޮޑު ތަފްސީލެއް މީޑިއާއަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ރަޝިއާއާއި ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން، އެސިޓީ ޔޫކްރޭންގެ ބެލުމުގެ ދަށަށް އައުން ޔޫކްރޭނުން ސިފަ ކުރަނީ ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. އަދި މިވަގުތު އެގްނާ ޖަމާއަތުން ރަޝިއާ ސަރުކާރާއި ދެކޮޅަށް ނުކުތުމުން، އެހެން ގައުމުތަކުން ޔޫކްރޭނަށް ބަރު ހަތިޔާރު ފޮނުވުމަށް ޔޫކްރޭންގެ ރައީސް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިސުރަށްޓަކައި ރަޝިޔާއަށް ތާއީދު

    ތިގޮތަށް ކުރިއަށް އެއް ފިއަވަޅު ފަހަތަށް ދެފިޔަވަޅު އަޅައަޅަ ތިބެންޖެހޭނީ މާދަމާ ރަޝިޔާއިން ތިތަން ހިފާނެ މުޅި ތަނަށް އަލިފާނުގެވާރޭ ވިއްސާލާވަރު ހަތިޔާރު އެބަހުރި. ޔުކްރޭން ޖެހޭނީ އެލްޖީބީޓީ ގްރޫޕް ގޮވައިގެން މަހަށްދާން

    12
    1
  2. އައިންތު

    ޜަޝިޔާ ބަލިވަމުންދާ މަންޒަރު ފެންނަން ފަށައިފި

    1
    12
  3. ޖުހާ.

    ވެގުނާ ގުރޫޕުން އެތަންދޫކޮށް ފޭބީމަ ޔޫކުރޭނު ކުލީ ސިފައިން އެރީ. އެގޮތަށް ރާއްޖޭގައި އުޅޭ މަސްއޮޑި ގުރޫޕަށްވެސް އެރޭނެ. އެއީ މޮޅުވެގެނެއް ނޫން.