ހަތިޔާރު އެޅި ވެގްނާ ޖަމާއަތުން ރަޝިއާ ސަރުކާރާއި ދެކޮޅަށް ކުރި ބަޢާވާތާއި ގުޅިގެން އެގައުމުން ޔޫކްރޭނާއި ކުރަމުން އަންނަ ހަނގުރާމައަށް އަސަރެއް ނުކުރާނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ވެގްނާ ޖަމާއަތަކީ ރަޝިއާއާއި ޔޫކްރޭން ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިއާ ކޮޅަށް ތިބި ޖަމާއަތެކެވެ. އެޖަމާއަތުން ރަޝިއާގެ ބައެއް ސިޓީތަކުގައި ތިބުމުގެ ސަބަބުން ޔޫކްރޭނަށް އެ ސިޓީތައް ހިފުން ވަނީ ނާކާމިޔާބުވެފައެވެ.

ނަމަވެސް އެޖަމާއަތުން ރަޝިއާގެ ސަރުކާރާއި ދެކޮޅަށް މިއަދު ބަޢާވާތެއް ހިންގައި ވަނީ އެ ޖަމާއަތުން ކޮންޓްރޯލް ކުރަމުން އައި ސިޓީއެއް ދޫކޮށްލާފައެވެ.

އެދަނޑިވަޅުގައި ޔޫކްރޭން ސިފައިން އެސިޓީ ހިފިނަމަވެސް ރަޝިއާ ސަރުކާރުން ބުނެފައިވަނީ ބަޢާވާތާއި ގުޅިގެން އެ ދެގައުމުގެ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައަށް އަސަރެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

ވެގްނާ ޖަމާއަތުން ވަނީ ރަޝިއާ ސަރުކާރާއި ދެކޮޅަށް މިއަދު ބަޢާވާތްކޮށް، އެޖަމާއަތުގެ ސިފައިން ތިބޭ ބައެއް ސިޓީތައް ދޫކޮށް، މޮސްކޯއާއި ދިމާލަށް މިސްރާބު ޖަހާފައެވެ. ނަމަވެސް އެ ސަރަހައްދަށް އެޖަމާއަތުގެ ސިފައިން ވަދެފައެއް ނުވެއެވެ. އެޖަމާއަތުން ވަނީ އެސަރަހައްދަށް ނުވަދެ ފަހުން އެހެން ދިމާއަކަށް މިސްރާބު ޖަހާފައެވެ.

އަދި އެޖަމާއަތުން ވަނީ ރަޝިއާގެ އެންމެ ދެކުނުން އޮންނަ އެއް ސިޓީ ކަމަށްވާ ރޮސްޓޮވް އޮން ޑޮން ވެސް ދޫކޮށް ގޮސްފައެވެ.

ވެގްނާ ޖަމާއަތުން ރަޝިއާ ސަރުކާރާއި ދެކޮޅަށް ބަޢާވާތެއް ހިންގި ނަމަވެސް، އެ ޖަމާއަތުގެ ލީޑަރާއި ދެކޮޅަށް ދައުވާ ނުކުރާނެ ކަން ރަޝިއާ ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު