ޑިގްރީ ސެޓްފިކެޓް އޮޅުވާލި ކަމުގެ ތުހުމަތުގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑިއާ މީހަކު ރާއްޖެއިން ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓޫޑެންޓްސް ފެޑެރޭޝަން އޮފް އިންޑިއާ (އެސްއެފްއައި)ގެ ކުރީގެ ލީޑަރު ނިކިލް ތޯމަސް ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރިއިރު، އޭނާ އުޅުނީ ފާއިތުވި ފަސް ދުވަހު ފިލައިގެންނެވެ.

ނިކިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކެރެލާ ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަންގެ ބަހަކުން ކޮޒިކޯޑްއިން ކޮއްޓަރަކަރައަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.

އޮފިޝަލުން ވިދާޅުވީ އޭނާ ކޮމާރސް ދާއިރާއިން މާސްޓާސް އަށް އެޑްމިޝަން ހޯދީ ކަޔަމްކުލަމްގެ މިލާދު އީ-ޝެރިފް މެމޯރިއަލް (އެމްއެސްއެމް) ކޮލެޖުން ވަގު ކޮމާރސް ދާއިރާއިން ޑިގްރީ ސެޓްފިކެޓެއް (ބީކޮމް) ހުށަހަޅައިގެން ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ މީހުންނަށް ނިކިލް ކިޔައިދިން ގޮތުގައި އޭނާ އެ ސެޓްފިކެޓް ހަމަޖެއްސީ އެސްއެފްއައިގެ ކުރީގެ ލީޑަރެއް ކަމަށްވާ އަބީން ސީ ރާޖްގެ އެހީގައި ކޮޗިންގެ އެޖެންސީއަކުންނެވެ.

މިގޮތުން އެ ސެޓްފިކެޓް ހޯދުމަށް 2020 ވަނަ އަހަރު އޭނާ އަބިންގ އެކައުންޓަށް ދެ ލައްކަ ރުޕީސް ޖަމާކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަބީން އަކީ މިހާރު ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ.

ކަޔަމްކުލަމްގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޖީ އަޖޭ ނާތު ވިދާޅުވީ އަބީނަކީ މި މައްސަލާގައި ބައިވެރިވި މީހެއް ކަމަށެވެ. އަދި އޭނާ ގެނައުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނިކިލްގެ މައްޗަށް ފަހުން ފުލުހުން ވަނީ މަކަރާއި ހީލަތް ހެދުމުމުގެ ކުށުގެ މައްސަލައެއް ފައިލްކޮށްފައެވެ.

އޭނާއަކީ އެމްއެސްއެމް ކޮލެޖުން 2017-20 ވަނަ އަހަރު ބީކޮމް ކިޔެވި މީހެކެވެ. ނަމަވެސް އޭނާ އިމްތިހާނުން ފާސްވެފައެއް ނުވެއެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ކޮލެޖުގެ މާސްޓާސް ޕްރޮގްރާމުގެ (2021-23 ބެޗް) އާ އޭނާ ގުޅިފައި ވަނީ ރައިޕޫރުގެ ކަލިންގާ ޔުނިވާސިޓީން ދޫކުރި ކަމަށް ބުނާ އެ ބީކޮމް ސެޓްފިކެޓް ހުށަހަަޅައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖައިސުންކުރު

    ތި ސޮރު އުޅެނީ ބުރިޖު ގެ ތަނބުތައް ޖަހަން

    10
  2. ކޮވިޑް

    އިންޑިއާ ، އިންޑިއާ މިދެން ކިހާ ބޮޑުވެއްޖެ ވަބާ އެއް މި ޤައުމަށް ދިމާވެފައިވާ. ރައްޔަތުން ނުކުމެ މިހާރު ވެއްޖެދޯ މި އިންޑިއާ މީހުންގެ ވަބާއިން ޤައުމު ސަލާމަތް ކުރަން؟

    19
    1
  3. އަލީ

    މިރާއްޖޭގައި ވެސް އެބައުޅޭ ފޭކް ޕީއެޗްޑީ ގެންގުޅޭ މީހުން. އެމީހުން ހޯދައިގެން ސެޓްފިކެޓް އަތުލަންވީ ދޯ.

    17
  4. ބޯނެތްބުރުމާ

    ގާސިމުގެ ކޮލެޖައި ސުކޫލަށް ބަލާލަބަލަ އެތާގަ ތިބި ބިދޭސީ ޓީޗަރުންގެ އަތުގައި އޮތީ ކޮންކަހަލަ ސައްހަ އެއްޗެއްތޯ..

    10
    • އަލީ

      ވިލާ ކޮލެޖާއި ވިލާ ސްކޫލަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކުގެ އިމުން ބޭރުގައި ބުރުމާ ގާސިމު ހިތުހުރި ގޮތަކަށް ހިންގާ ދެތަނެކެވެ. ކުލާހަށް ހާޒިރުނުވިޔަސް ބުރުމާ ގާސިމު ބޭނުން ކުއްޖަކު ވިލާ ސްކޫލުން ފާސްވެއެވެ. ކުލާހަށް ހާޒިރުނުވިޔަސް ބުރުމާ ގާސިމު ބޭނުން މީހަކަށް ވިލާ ކޮލެޖުން ޑިގްރީ ދެއެވެ. ބުރުމާ ގާސިމުގެ ބަފައިބެ އަށް ވެސް ހުރިހާ ޑިގްރީއެއް ދީފިއެވެ. މިރާއްޖޭގެ ތަޢުލީމުގެ ހަލާކަކީ ވިލާ ސްކޫލާއި ވިލާ ކޮލެޖެވެ.

  5. ލިޔޯ

    ވަގުންގެ ސަރުކާރުން ދޫކުރާނީވެސް ވަގުސެޓްފިކެޓް. އަނެއްކާ ތިކީ މިސަރުކާރުން ކުރިކަމެއް.