ގަޑިއިރެއް ތެރޭ އިންޑިއާއަށް ތިން ބިންހެލުން އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މި ބިންހެލުންތައް އައިސްފައިވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ޖެއިޕޫރަށަށް މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

އެގައުމުގެ ބިންހެލުންތައް ބަލަމުން އަންނަ އިދާރާއިން ބުނީ، އެންމެ ފުރަތަމަ ބިންހެލުން އައިސްފައިވަނީ ރޭ ފަތިހު 4:09 ގައި ކަމަށާއި އެ ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 4.4 ބާރުމިނުގައި ބިމުގެ 10 ކިލޯ މީޓަރު އަޑިން އައިސްފައިވާ ބިންހެލުމެއް ކަމަށެވެ.

އެބިންހެލުމުގެ ފަހުން 4:22 ގައި ރެކްޓަރ މިންގަނޑުން 3.1 ބާރުމިނުގައި ބިމުގެ 5 ކިލޯ މީޓަރު އަޑިން ވަނީ ބިންހެލުމެއް އައިސްފައެވެ. އަދި 4:25 ގަ ރެކްޓަރ މިންގަނޑުން 3.4 ބާރުމިނުގައި ބިމުގެ 10 ކިލޯ މީޓަރު އަޑިން އިތުރު ބިންހެލުމެއް ވަނީ އައިސްފައެވެ.

ގަޑިއިރެއް ތެރޭ ޖެއިޕޫރަށް ތިން ބިންހެލުން އައި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މީޑިއާއަކުން ކޮށްފައެއް ނުވެއެވެ. އަދި އިމާރާތަކަށް ވެސް ގެއްލުން ލިބުނު ކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބޮޑު ބިނަހެލުމެއް އައުމަކީ ގާތްކަމެއް

  2. Anonymous

    މުސްލިމުން ރައްކާތެރި ކުރައްވާށި އާމީން.

    13