ފްރާންސްގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ ޓޫރިސްޓް މަތިންދާ ބޯޓެއްގެ އިންޖީނު ފަޅައިގެން ދިއުމުގެ ސަބަބުން، އެ ބޯޓު ކަނޑަށް ޖައްސައިފިއެވެ.

ފްރާންސްގެ ފަޔާ ފައިޓަރުން ބުނާގޮތުގައި މި ހާދިސާގައި އެ ބޯޓުން ދަތުރު ކުރި އެއްވެސް މީހަަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މެޑިޓަރޭނިއަން ރިސޯޓެއް ކަމަށްވާ ފްރެޖުސް ކައިރީގައި އޮތް ގޮނޑުދޮށުން 600 މީޓަރު (1968 ފޫޓު) އަޑިއަށް ސެސްނާ 177 ޖައްސާފައި ވަނީ ރާއްޖެ ގަޑިން މިއަދު 1:00 ޖެހިހާއިރުއެވެ.

ލޯކަލް ފަޔަރ ސަރވިސްއިން ބުނީ އެ ބޯޓު ކަނޑަށް ޖައްސަން ޕައިލެޓް އިހްތިޔާރުކުރީ އެ ހިސާބު ގޮނޑުދޮށުގައި ޗުއްޓީއަށް އައިސް ތިބި ގިނަ ބަޔަކު ތިބުމުން އެ މީހުންގެ ސަލާމަތަށް ވިސްނާފައި ކަމަށެވެ.

އަލިފާން ނިއްވާ މީހުން ވަނީ އެ ބޯޓުން ދަތުރު ކުރި ދެ އަންހެނަކާއި ފިރިހެނަކު ސަލާމަތްކޮށްފައެވެ. އެ މީހުން ތިބީ ވަރަށް ބޮޑަށް ބިރުގަނެފައި ކަމަށް ވެއެވެ.

އަދި މަތިންދާބޯޓު އަޑިއަށް ދިޔަ ނަމަވެސް މިހާތަނަށް މޫދުގައި ތަޣައްޔަރުކަމެއް ފެނިފައި ނުވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަންމަދު

    ފަރަންސޭސިން ތިހެދީ ދުވަހަކުވެސް އެއްވެސް މީހަކަށް މުގުރާނުލެވޭވަރުގެރެކޯޑެއް. ވައިގެތެރޭ އުދުހެމުންދިޔަ މަތިންދާބޯޓެއް އިމާރޖެންސީގަ ކަޑުގެ އެހާއަޑިއަށް އެޖެއްސީ ކަޑުގެ ލޮނުގަޑުގަ އެހާފުން ލޯވަލެއް އެޅޭނެ ވަރަށް ބާރުގަދަ މެކޭނިސަމްއެއްގެ ބޭނުންހިފައިގެން. އެވާހަކަވެސް ޚަބަރުގަ ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް. މިކަހަލަ ސަޅި ޚަބަރުތަޢް ގެނެސްދިނުމުގަ ހަމަ "ވަގުތު"
    ވަރެއް ނެތް!

    8
    3
    • މަ

      ހަހަހަހަ😂😂😂😂