ދުނިޔޭގެ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ، އައިއެސްގެ ލީޑަރު އަބޫ ހުސައިން އަލް ހުސައިނީ އަލް ކުރަޝީ މަރާލައިފިއެވެ.
އެކަން އައިއެސް ޖަމާއަތުން ކަށަވަރުކޮށްދީފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއަ ރިޕޯޓްތައް ބުނެއެވެ. އަދި އޭނާގެ ބަދަލުގައި އަބޫ ހަފްސް އަލްހާޝިމީ އަލް ކުރަޝީ ވަނީ އާ ލީޑަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
އެ ޖަމާއަތުން މިއަދު ބުނީ އެ ޖަމާއަތުގެ ލީޑަރު މަރާލާފައިވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ސީރިއާގެ ހުޅަނގު އުތުރުގެ އިދްލިބް ޕްރޮވިންސްގައި ހަޔާތު ތަހްރީރު އަލް ޝާމް ޖަމާއަތާ ހިނގި ސީދާ ކުރިމަތިލުންތަކުގައި ކަމަށެވެ.
ޓެލެގްރާމްގައި ޗެނަލްތަކުގައި ރެކޯޑްކޮށްފައިވާ މެސެޖެއްގައި އައިއެސްގެ ތަރުޖަމާނަކު މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ މަރާލީ ކޮން އިރަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިދިޔަ އޭޕްރީލް މަހު ވަނީ ތުރުކީގެ ޖާސޫސީ ބާރުތަކުން ސީރިއާގައި ލީޑަރު މަރާލާފައިވާ ކަމަށް ވިދާޅުވެފައެވެ.
އަބޫ ޙަފްސް އަލްހާޝިމީ އަލްގުރާޝީ އަކީ އެޖަމާޢަތް އުފެދުނު ފަހުން އެޖަމާއަތުގެ ފަސްވަނަ ލީޑަރެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައިއެސް އިން ވަނީ އެ ޖަމާއަތުގެ ކުރީގެ ލީޑަރު އަބޫ ހަސަން އަލް ހާޝިމީ އަލް ޤުރާޝީ މަރާލާފައިވާ ކަމަށް ބުނެފައެވެ.
އޭނާގެ ކުރިން ހުރި އަބޫ އިބްރާހިމް އަލް ޤުރާޝީ މަރާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއިން އިދްލިބް ޕްރޮވިންސްގައި ހިންގި އޮޕަރޭޝަނެއްގައެވެ.
އެ ޖަމާއަތުގެ ފުރަތަމަ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިދްލީބުގައެވެ.
އައިއެސް ލީޑަރު ކިތައް ފަހަރު މަރާލައިފި. ތިއީ ޔަހޫދީން އަދި އެމެރިކާނުން އުފައްދައިގެން އުޅޭ ބައިގަނޑެއް.
ސަލަފީ ޔަހޫދީން. ކޮން ގުރައިސީއެއް. ތިއީ ގުރައިސުންނާ އެއްވެސް ގުޅުމެއް އޮތްބައެއް ނޫން. އަސްހާބު ޒަމާނުންފެށިގެން މިދީނުގެ ތެރެއަށް ވަދެގެން އުޅޭ މުނާފިގުންގެ ބައިގަނޑެއް.
އެމީހާގެ ނަސަބާ ކަސަބު ކިހިނެއް ކަލެޔައް އެނގެނީ؟ މާގަދަވެލާފަ ތިބުނެލަނީ ހަމަ. ކަލޭތީ ކިހާވަރެއްގެ މުނާފިގެއްބާ އަނެއްކާ
މި އޮތީ އެބުނާ ކުރުސީ މަރާލާފައި..