އިކްއެޑޯގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ކެންޑިޑޭޓް ފެރްނާންޑޯ ވިލަވިސެނޯގެ ގަޔަށް ބަޑި ޖަހައި އޭނާ އަވަހާރަކޮށްލައިފިއެވެ. ފެރްނާންޑޯ އަވަހާރަކޮށްލީ ބުދަ ދުވަހު އޮތް ކެމްޕޭން އިވެންޓެއްގައި ހުންނަވަނިކޮށެވެ.
އުމުރުން 59 އަހަރުގެ ސިޔާސީ ލީޑަރު އަވަހާރަކޮށްލީ އިކްއެޑޯގެ ވެރިރަށުގައި ކެމްޕޭން އިވެންޓެއް ކުރިއަށް ގެންދަނިކޮށެވެ.
އިކްއެޑޯގެ ރައީސް ގްއިލާނޯ ލެސޯ ނެރުއްވި ބަޔާނެއްގައި ވަނީ ރިޔާސީ ކެންޑިޑޭޓް ފެރްނާންޑޯ އަވަހާރަކޮށްލުމުން އެކަމާއި ހިތާމަފާޅުކުރައްވާފައެވެ. ރައީސް ލެސޯ ވިދާޅުވީ ރޭވިގެން ހިންގާ ނުރައްކާތެރި ކުއްތައް އިކްއެޑޯގައި މިހާރު ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައި ކަމަށެވެ. އެހެންކަމުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ އެއްމަސައްކަތްޕުޅަކީ މީހުން މެރުން ފަދަ ކުއްތައް ހުއްޓުވުމުގެ މަސައްކަތް ކަމަށް ރައީސް ލެސޯ ވިދާޅުވިއެވެ.
އާއްމުވެފައިވާ ވީޑިއޯތަކުން އެނގޭ ގޮތުގައި ރިޔާސީ ކެންޑިޑޭޓް ފެރްނާންޑޯ އަށް އަމާޒުކޮށް ހަމަލާ ދިން ވަގުތު ވަރަށް ގިނައިން ބަޑީގެ އަޑު އިވުނެވެ. ފެރްނާންޑޯގެ ބޮޑީގާޑުން ވަގުތުން އޭނާ ވެހިކަލަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މާގިނައިރެއް ނުވެ އޭނާ ވަނީ އަވަހާރަވެފައެވެ.
ފެރްނާންޑޯ އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އެކަކު ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ ހައްޔަރު ކުރިފަހުން ވަނީ މަރުވެފައެވެ. އޭނާ މަރުވީ އޭނާ ހައްޔަރު ކުރުމުގެ ކުރިން ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް އިކްއެޑޯގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އިކްއެޑޯގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން އެންމެ ގާތް ކަމަށް ލަފާކުރެވޭ ކެންޑިޑޭޓް އަވަހާރަކޮށްލާފައި މިވަނީ އިންތިހާބު ޖެހެން ދިހަ ދުވަހަށް ވެފައި ވަނިކޮށެވެ.
ތިކަމުގައި މިހާރުގެ ރައީސްގެ އަތެއްނުވެއެއްނުދާނެ.. ހިތާމަ ކުރާވާހަކަ ބުނަނީ ރީތިކޮއްލަން..
ބަޑި ނުޖެހި ނަމަވެސް މިރާއްޖޭގައިވެސް ރިޔާސީ އިންހާބު ކާމިޔާބުކުރާނެ ކަމަށް ޔަގީންކޮށް ބެލެވޭ ކެންޑިޑޭޓް އެހުރީ ނުހައްގުން ޖަލަށްލައި ނެތިކޮށްލާފައި.
ކަލޯ ނުހައްގަކުން ނޫން ވައްކަންކޮށް އެކަމަށް އަމިއްލައަށް ތަންތަނަށް އަރާ އަނގަތަޅަން ހަދައިން ބަސްޓު ވެގެން ޖަލުގައެއޮތީ....ރާއްޖޭގެ ތާރީހުގައިވެސް ހިންގާލި އެންމެ ބޮޑުވަށްކަން....މިކޮމެންޓު ހަޖަމުނުވާ މީހުންތަށް އިންގޭނެ އިރުކޮޅަކުން....ތުރުތުރު އަޅަމުން ރިޕްލައި ކުރާނެ....ހީ ހީ ހީ....
ވައްކަން ކުރި ލިސްޓުގައި ޔާމީނުގެ ނަން އެކަނި ތަ އޮތީ
އުޅެވުނު ގޮތުން ދެއްތޯ އެހެން ވާންޖެހުނީ. ރަނގަޅުވެރިކަމެއް ކުރިނަމަ މީހަކަށް ކިޔޭނެ އެއްޗެއް ނޯންނާނެ ދެއްތޯ. ރަނގަޅު އެތައްބަޔަކު ވައްކަމުގައި ބައިވެރިވި .އޭނައަށް އެކަނި ޖަލައް ލިޔަސް އެކަން ކުރެވުނީ ސާބިތު ވާ ވަރަށް ވައްކަން ކޮށްފައި ހުރީމަދެއްތޯ. ދެރަ ދެއްތޯ.މިސްކިތުގައި އިމާމަކަށް ހުއްޓަކައި ނޫން ދެއްތޯ ޖަލަށް ލީކީ.
20 އަހަރު ފަހުން މި ފަދަ ހާލަތަކަށް ރާއްޖެ ނުދާނެ ގޮތަކަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ޖެހޭ.. މިރާއްޖޭގައި އެބައުޅޭ ނުރައްކާތެެރި ހަތިޔާރު ރާއްޖޭގައި ގުދަން ކުރަން ބޭރުގެ އާރމަރީ ކުންފުނިތަކަށް ހުއްދަދޭން އަޑިނޭނގޭ އެޖެންޑާ ގެންގުޅޭ ފަރާތްތައް.. އެކަމުގެ ސަބަބުން އާންމުންނަށް ބަޑި އާއި ހަތިޔާރު ލިބި ގައުމުގެ ހާލަތު ނުރައްކާ ހާލަތަކަށް ހިނގައިދާނެ..
ކޮން ފަދަ ބޮޑުވާހަކަ އެއްތޯ…؟ ހިތަށް ހީވާހާ އެއްޗެއް ތިގޮތަށް ކިޔާކަށް ނުވާނެ…ނުވަތަ އެފަދަ ބޮޑެތި ކަންކަމާ ދެކޮޅު ނަމަ ވެސް އެވާހަކަ އާންމުކޮށް ދައްކާ ނުހަދާނެ…ހަތިޔާރު ގުދަން ކުރުމަކީ އާންމުންގެ އަތަށް ހަތިޔާރު އަރަން އޮތް ފުރުސަތެއް ނޫން…މިއީވެސް އާރމީ ފޯސް އެއް އޮންނަ ގައުމެއް…މިގައުމުގަ އަދި މީހުން އުޅޭ ރަށްރަށުގަވެސް ހަތިޔާރު ހުރޭ…އެކަމަކު އެ ހަތިޔާރު އާންމުންގެ އަތަކަށް ނާރާ…އަދި ނުވެސް އަރާނެ…ތި ދައްކަނީ ހަމަ ޖެހޭ ވާހަކަ އެއް ނޫން…
ވެރިކަމުގެ އާރާއި ބާރުހުރި މީހުން ތިފަދަ ކަންތައް ކުރާނެ
ޔާމީނު ވެސް އެހުންނަނީ ވެރިކަމުގެ ބާރުން ދިރިހުއްޓާ މަރާލާފަ
ލާރި ގަނޑެއްގެ މައްސަލައެއްގައި ކޯޓުން ކުރި ހުކުމެއް ތަންފީޒުކުރުމުގައި. ކަމަކާ ނުލައެއްނޫނޭ.. ކާސިންބެވެސް ތިހުރީނު. ޖަލަކައްނުލައެއްނު...