އިކުއެޑޯގައި ބޭއްވި ޖަނާޒާއެއްގައި ތެރޭގައި ސަންދޯކަށް ލާފައި އޮތް މީހާ ހޭއެރުމުން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އުމުރުން 76 އަހަރުގެ އެ އަންހެން މީހާ ކުއްލި ގޮތަކަށް ހޭ އަރާ ނޭވާލާން ފެށީ އެކުއާޑޯގެ ހޮސްޕިޓަލެއްގައި އޭނާ މަރުވެފައިވާކަން ޑޮކްޓަރުން ކަނޑައަޅާފައިވަނިކޮށެވެ.

އިކުއެޑޯގެ މާޓިން އިކާޒާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު ބެލާ މޮންޓޯޔާ މަރުވީ މީގެ ހަތް ދުވަސް ކުރިން ކުރިން އޭނާ މަރުވެފައިވާ ކަމަށް އޭނާގެ ދަރިފުޅު ގިލްބާޓޯ ބާބެރާ މޮންޓޯޔާ އަށް ޑޮކްޓަރުން އަންގާފައި ވަނިކޮށެވެ.

އިކުއެޑޯގެ ހެލްތް މިނިސްޓްރީން ބުނީ މޮންޓޯޔާ މަރުވީ އައިސީޔޫގައި ހަފުތާއެއްހާ ދުވަސް ހޭދަކުރުމަށްފަހު ސްޓްރޯކެއް ޖެހިގެން ކަމަށެވެ. އެހެން ނަމަވެސް މި މައްސަލާގައި އިތުރު އެއްޗެއް މިނިސްޓްްރީން ހާމަކޮށްފައެއް ނުވެއެވެ.

އެ އަންހެން މީހާގެ އާއިލާއިންވެސް ވަނީ މި ކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް މިނިސްޓްރީން ހާމަކޮށްފައި ނުވާ ކަމަށް ބުނެފައެވެ.

އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާ ހުކުރު ދުވަހު އޭނާ ގޭގައި އުޅެނިކޮށް ކުއްލި ގޮތަކަށް ބަލިވެގެންނެވެ. އެދުވަހު ހެނދުނު 9 ޖަހާކަންހާއިރު ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން އޭނާއަށް ފަރުވާ ދެވެން ފެށިއިރު، މަރުވެފައިވަނީ މެންދުރު 12 ޖަހާކަންހާއިރު ކަމަށް ރިޕޯޓްތައް ބުނެފައެވެ.

ފަސް ގަޑިއިރު ސަންދޯކުގައި ބޭއްވުމަށްފަހު، ޖަނާޒާގެ ކަންކަން ކުރަމުން ދަނިކޮށް އޭނާގެ އާއިލާ މީހުންނަށް އޭނާގެ ސަންދޯއް ތެރެއިން އަޑުތަކެއް އިވެން ފެށިއެވެ.

"އެތަނުގައި ތިބީ ގާތްގަނޑަކަށް 20 ވަރަކަށް މީހުން، މަރުވިޔާ ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުން ސަންދޯކުން އަޑުއިވެން ފެށި. މަންމަ ބެޑްޝީޓްތަކުގައި އޮޅާލާފައި އޮތްއިރު، ސަންދޯކުގައި ޓަކިޖަހާ އަޑު އިވޭ. އަހަރުމެން ކައިރިވިއިރު ފެނުނީ މަންމަ ވަރަށް ބާރަށް ނޭވާލަމުން ދިޔަތަން." އެ މީހާގެ އާއިލާ މީހަކު ބުންޏެވެ.

އިތުރަށް ބުނެފައިވާގޮތުގައި، މަންމަ އަތުގެ ހަރަކާތްތައްވެސް ކުރިއެވެ. އަދި ލޮލުންވެސް ހަރަކާތްތައް ކުރަމުން ދިޔައިރު، ނޭވާލާން އުނދަގޫވެގެން އުޅުނު ކަމަށް ބުންޏެވެ.

މިއާއެކު އޭނާ ކައިރި ހޮސްޕިޓަލަކަށް ގެންދިޔައެވެ. އަދި ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދިޔައެވެ.