އިންޑިއާ-ބަންގްލަދޭޝް ބޯޑަރު ސަރަހައްދަށް 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނީ އިންޑިއާ އާއި ބަންގްލަދޭޝްގެ އިރުއުތުރު ގެ ބޯޑަރު ކައިރީގައި 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ޔޫއެސްޖީއެސްއިން ބުނީ ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރު އަޑިން ކަމަށާއި ބިންހެލުން އައިސްފައި ވަނީ އިންޑިއާގެ އިރުއުތުރުގެ އާސާމް ސްޓޭޓްގެ ކަރީމްގަންޖްގެ ހުޅަނގު އުތުރުން 18 ކިލޯމީޓަރު ދުރުން ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ގެއްލުމެއް ލިބުނު ކަމެއް ނުވަަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު