ގްރޫޕް އޮފް 20 (ޖީ-20) ގެ ރިޔާސަތާ އިންޑިއާ އިން ހަވާލުވީ މިދިޔަ ޑިސެމްބަރު މަހުގެ 1 ގައެވެ. ޖީ-20 އަކީ ބޮޑެތި 19 އިގްތިސާދާއި ޔޫރަޕިއަން ޔޫނިއަން ތަމްސީލުކުރާ ޖަމިއްޔާއެކެވެ. އެއީ ދުނިޔޭގެ ޖީޑީޕީގެ 85 އިންސައްތަ، ދުނިޔޭގެ ވިޔަފާރީގެ 75 އިންސައްތަ އަދި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.

އިންޑިއާގެ ޖީ-20 ރިޔާސަތުގެ ޝިއާރަކީ "ވަން އާތު، ވަން ފެމިލީ، ވަން ފިއުޗާ" އެވެ. ބައިނަލްއަގްވާމީ ކަންކަމުގައި އިންޑިއާ އިން ގެންގުޅޭ ވަށާ ޖެހެނިވި މިނިވަން ވިސްނުމަކީ، ބައިނަލްއަގްވާމީ ފެންވަރުގައި ހަރުދަނާ އަދި ހަމަހަމަ ކަމާއެކު އެއްބާރުލުން ދިނުމަށް ބާރުއަޅާ ކަމެކެވެ. އަންނަ މަހުގެ 9-10 އަށް އިންޑިއާގައި ޖީ-20 ސަމިޓް ބާއްވާއިރު، ޖީ-20 ގެ ގާތްގަނޑަކަށް 200 ބައްދަލުވުން އިންޑިއާގެ 50 އަށް ވުރެ ގިނަ ސިޓީގައި ބާއްވައި، ތަފާތު 32 ވޯކް ސްޓްރީމްގައި ޖީ-20 ވޯކް ޕްލޭން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެއްބާރުލުން ލިބި ފުޅާވެގެންދާނެއެވެ.

ޖީ-20 ގެ ރިޔާސަތުގެ ހައިސިއްޔަތުން އިންޑިއާ އިން އިސްކަންދޭ ހަ ކަމަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް، އިންކްލޫސިވް އެންޑް ރެސިލިއަންޓް ގްރޯތް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ކުރިއެރުން އަވަސްކުރުން، ޓެކްނޮލޮޖިކަލް ޓްރާންސްފޯމޭޝަން އެންޑް ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ، ވިމަން ލެޑް ޑިވެލޮޕްމަންޓް އަދި ރިފޯމްޑް މަލްޓިލޭޓަރަލިޒަމްއެވެ.

އިންޑިއާ އިން ކުރާ މަސައްކަތަކީ ޖީ-20 ގެ ހަރަކާތްތަކަކީ "ހިއުމަން ސެންޓްރިކް" ހަރަކާތްތަކަކަށް ހެދުމެވެ. މިހާތަނަށް އިންޑިއާގައި ބޭއްވި ޖީ-20 ބައްދަލުވުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ގޮތަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމަށް ބާރު އަޅާފައިވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޖީ-20 ބާލީ ސަމިޓްގައި ތަކުރާރުކޮށް ބުނެފައިވަނީ ޖީ-20 އަކީ "ދުނިޔޭގެ އިގްތިސާދީ އެއްބާރުލުން ދިނުމުގެ އެންމެ ބޮޑު ފޯރަމް" ކަމަށެވެ. ޖީ-20 ގެ އިންޑިއާގެ ރިޔާސަތުން ވަނީ މި އިގްތިސާދީ އޮނިގަނޑުގެ ތެރެއިން ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށް ވިސްނުންތެރިކަމާއެކު ސަމާލުކަން ދީފައިއެވެ.

މިއަދު ދުނިޔޭގެ އެއްބާރުލުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ ހަނގުރާމަ އާއި ކޮވިޑް-19 ގެ ބަލިމަޑުކަން ފަދަ ކުރިން އަންދާޒާ ކުރެވިފައި ނުވާ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އައިސްފައިވާ ހުރަސްތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ. ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ އެޖެންޑާ 2030 ގައި ދެމެހެއްޓެނިވި ތަރައްގީގެ 17 ލަނޑުދަނޑި (އެސްޑީޖީ) އަކީ ދުނިޔޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ހަމައެކަނި ޔުނިވާސަލް ފްރޭމްވޯކް ރަމްޒުކޮށްދޭ އެޖެންޑާއެވެ. އެޖެންޑާ 2030 އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން މިހާރު އޮތް އެންމެ ބޮޑު ދެ އިންސާނީ މައްސަލަ ތަފާސް ހިސާބުތަކުން ދައްކުވައިދެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޖެންޑާ 2030 ފާސްކުރި އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 60 މިލިއަން މީހުން ހަތިޔާރު އެޅި ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވެފައިވާ ކަމަށް އދ. އިން ބުނެފައިވެއެވެ. މިދިޔަ އަހަރާ ހަމައަށް އައިއިރު އެ އަދަދު ވަނީ 324 މިލިއަން މީހުންނަށް އިތުރުވެފައެވެ. ވޯލްޑް ބޭންކުން 2015 ވަނަ އަހަރު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މައިގަނޑު ގޮތެއްގައި ސަބް ސަހަރާ އެފްރިކާ އާއި ދެކުނު އޭޝިއާގެ 700 މިލިއަން މީހުން ދިރިއުޅެމުން ދިޔައީ ފަގީރުކަމުގެ ދަރަޖައިގެ ދަށުގައެވެ. އަދި 2022 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 685 މީހުން ފަގީރުންގެ ދަރަޖައިގެ ދަށުގައި ތިބިއިރު، މައިގަނޑު ގޮތެއްގައި ތަރައްގީވަމުން އަންނަ ގައުމުތަކުގައި 150 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފަގީރުކަމުގެ ދަރަޖައިގެ ދަށަށްވެސް ގޮސްފައެވެ. ދުނިޔޭގެ އެންމެ ފަގީރު މީހުންގެ އާމްދަނީއަށް ލިބޭ ގެއްލުމާއި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ އާމްދަނީއަށް ލިބޭ ގެއްލުމަށްވުރެ ދެގުނަ ބޮޑުވެފައިވާއިރު، ދުނިޔޭގެ ހަމަހަމަކަން ފާއިތުވި އަހަރުތަކުގައި ފުރަތަމަ ފަހަރަށް އިތުރުވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ ރައްދުގައި، އިންޑިއާގެ ޖީ-20 ރިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޑިސެމްބަރު 31، 2030 ގެ ނިޔަލަށް އެޖެންޑާ 2030 ހާސިލްކުރުމަށް ބޭނުންވާ ބައިނަލްއަގުވާމީ އެއްބާރުލުން އަލުން އިއާދަކުރުމަށެވެ. ފާހަގަކުރެވިފައިވާ އެސްޑީޖީތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައީސްކަމުގައި އިންޑިއާއިން އިސްކަންދިން ހަ ކަމެވެ. އިންޑިއާއިން އިސްކަންދޭ ހަ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، އިންޑިއާއިން ކުރިއަށް ގެންދާ ގައުމީ ހަރަކާތްތައް ވަނީ ޖީ-20ގެ އެހެން ގައުމުތަކާއި ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކާ ހިއްސާކޮށްފައެވެ. ޖީ-20ގެ ތެރޭގައި ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށް އިންޑިއާއިން ކުރާ މަސައްކަތަކީ ހަރުދަނާ ބިންގަލެކެވެ.

ކްލައިމެޓް ޗޭންޖް: ކްލައިމެޓް އެކްޝަން ޗެމްޕިއަން ކުރުމަށް އިންޑިއާއިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތުގެ ސަބަބުން ކްލައިމެޓް ޗޭންޖް ތަނބަށް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެވިފައެވެ. ފާހަގަކޮށްލެވޭ ދެ ޕްރޮޕޯސަލްއަކީ ގްލޯބަލް ލައިފްސްޓައިލްސް ފޯ އެންވަޔަރަންމަންޓް (އެލްއައިއެފްއީ) އެޑަޕްޓް ކުރުމާއި އިއާދަކުރަނިވި ހަކަތަ ތަރައްގީ ކުރުމަށް ބޭނުންކުރުމެވެ. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ ފްރޭމްވޯކް ކޮންވެންޝަންގެ 2015 ވަނަ އަހަރުގެ ޕެރިސް ކޮންފަރެންސް އޮފް ޕާޓީސްގައި އިންޑިއާ-ފްރާންސް ގުޅިގެން ސޯލާ ހަކަތަ ބޭނުންކުރުމާ ބެހޭ ގޮތުން ހުށަހެޅި ޕްރޮޕޯސަލްގެ ނަތީޖާއެއްގެ ގޮތުން އިންޑިއާގައި އާ މަލްޓިލޭޓަރަލް އިންޓަގަވަމެންޓަލް އޯގަނައިޒޭޝަނެއް ކަމަށްވާ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ) ވަނީ އުފައްދާފައިއެވެ. މިއަދު ގާތްގަނޑަކަށް 120 ގައުމަކީ މި ދެންނެވި އައިއެސްއޭގެ މެމްބަރު ގައުމުތަކެވެ. އެ ޖަމިއްޔާގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ސޯލާ އެނާޖީ ސޮލިއުޝަންތަކަށް 1،000 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް މޮބިލައިޒްކޮށް، ސާފު ހަކަތައިގެ ސޮލިއުޝަންތައް ބޭނުންކޮށްގެން 1،000 މިލިއަން މީހުންނަށް ހަކަތަ ފޯރުކޮށްދީ، އޭގެ ނަތީޖާއެއްގެ ގޮތުން 1،000 ގިގަވޮޓްގެ ސޯލާ އެނާޖީ ކެޕޭސިޓީ ގާއިމުކުރުމެވެ. ޖީ-20 ގެ ރިޔާސަތުގައި އިންޑިއާއިން ވަނީ ދުނިޔޭގެ ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ޖީ-20 ގައި ހިމެނޭ ތަރައްގީވެފައިވާ ގައުމުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދީ އަދި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމުގެ މުހިއްމުކަމަށް އިސްކަންދީފައެވެ.

އިންކްލޫސިވް ގްރޯތް: 2019 ވަނަ އަހަރުގެ ޔޫއެން ކްލައިމެޓް އެކްޝަން ސަމިޓްގައި އިންޑިއާއިން ކުރިއަށް ގެންދިޔަ ގްލޯބަލް ކޯލިޝަން ފޯ ޑިޒާސްޓާ ރެސިލިއަންޓް އިންފްރާސްޓްރަކްޗާ (ސީޑީއާރުއައި) ގެ ފްލެގްޝިޕް އިނީޝިއޭޓިވްއަކީ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށާއި، ރެސިލިއަންޓް ސަޕްލައި ޗެއިންތަކެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ޖީ-20ގެ ތެރޭގައި ބާރު އެޅިގެންދިޔައެވެ. ކާރިސާތަކާއި މޫސުމީ ބަދަލުން އަންނަ ނުރައްކާތަކާ ކުރިމަތިލުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށް މިންގަނޑުތަކާއި ގަވާއިދުތައް އެކުލަވާލައި، ސީޑީއާރުއައިއިން މަސައްކަތް ކުރަނީ ކުރިއަރާފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުގައި ދެފަރާތުގެ މައުލޫމާތު ބަދަލުކުރުން މެދުވެރިކޮށް ކުރިއެރުން ދެމެހެއްޓުމަށްޓަކައި ގިނަ ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ފުޅާކުރުމަށެވެ. ސީޑީއާރުއައި ސެކްރެޓޭރިއޭޓް ހިންގަނީ އިންޑިއާގައެވެ. އަދި އިންޑިއާއަކީ މިވަގުތު މިކަމަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމެވެ.

ދެމެހެއްޓެނިވި ތަރައްގީ: އެޖެންޑާ 2030 އާއި އެ ގައުމުތަކުގެ އެސްޑީޖީތައް ތަންފީޒު ކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ އާއި އދ އިން ވަނީ 2017 ވަނަ އަހަރު އިންޑިއާ-ޔޫއެން ޑިވެލޮޕްމަންޓް ޕާޓްނާޝިޕް ފަންޑު އުފައްދައިފައެވެ. އިންޑިއާގެ 150 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއިއެކު އެ ފަންޑުން އިސްކަންދީފައި ވަނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ލޭންޑްލޮކްޑް ގައުމުތަކުގެ އިތުރުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ މަޝްރޫއުތަކަށެވެ. މިހާތަނަށް އެ ފަންޑުން ވަނީ 37 ޕާޓްނަރު ގައުމެއްގައި 36 ޕްރޮޖެކްޓެއް ހިންގާފައިއެވެ.

ޓެކްނޮލޮޖިކަލް ޓްރާންސްފޯމޭޝަން: ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން "މުޅި މުޖުތަމައު"ގެ ތަރައްގީ ހަލުވިކުރުމަށްޓަކައި ހިންގުންތެރިކަމާއި ބާރުވެރިކުރުވުމުގައި އިންޑިއާއިން ހޯދާފައިވާ ކާމިޔާބުގެ ތަޖުރިބާގެ ސަބަބުން ޖީ-20 ގެ ރިޔާސަތުގައި މި ދާއިރާއިން އިތުބާރު ކުރެވޭ ފަރާތަކަށް އިންޑިއާ ވެއްޖެއެވެ. ޔޫއެންޑީޕީއާ ގުޅިގެން އިންޑިއާއިން ވަނީ ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރއެއް ގާއިމުކުރުމަށްޓަކައި ހުޅުވާލެވިފައިވާ އަދި އިންޓަރއޮޕަރޭބަލް ސްޓޭންޑަޑްތައް ބޭނުންކޮށްގެން، ބައިނަލްއަގްވާމީ ހަބެއްގެ ގޮތުގައި އިންޑިއާ ހިމެނުމަށް ޖީ-20 ގެ ސިލްސިލާ މަޝްވަރާތަކެއް ބާއްވާފައެވެ.

އަންހެނުން ބާރުވެރިކުރުވުން: ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އަންހެނުންގެ ޑިޖިޓަލް އަދި ފައިނޭންޝަލް އިންކްލޫޝަންއަށް އިންޑިއާއިން އިސްކަންދީފައިވެއެވެ. މިދާއިރާއިން އިންޑިއާގައި މިހާރު ކުރިއަށްދާ ޖީ-20 ބައްދަލުވުންތަކުގެ މައިގަނޑު އަމާޒަކީ އަންހެނުންނަށް ތައުލީމު ފޯރުކޮށްދިނުމާއި، މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، ލީޑަރޝިޕްގެ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރުމާއި، ގިންތިގެ ހަމަހަމަކަމަށް ފާހަގަކުރެވިފައިވާ ފަރަގުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރުމެވެ.

ރިފޯމްޑް މަލްޓިލޭޓަރަލިޒަމް: އެޖެންޑާ 2030 ގެ ޕްރޮޕޯސަލްގައި ވަނީ "ދެމެހެއްޓެނިވި ތަރައްގީއާ ނުލައި ސުލްހައެއް ގާއިމްނުކުރެވެއެވެ. އަދި ސުލްހައާ ނުލާ ދެމެހެއްޓެނިވި ތަރައްގީއެއް ގާއިމްނުކުރެވެއެވެ." މިކަން ތަންފީޒުކުރަމުން އިންޑިއާއިން ފާހަގަކުރާގޮތުގައި "މިއީ ހަނގުރާމައިގެ ޒަމާނެއް ނޫން"ކަމެވެ. ނަމަވެސް ސުލްހައާއި ސަލާމަތާއި ތަރައްގީ ކަށަވަރުކުރުމަށް މިހާރު ހުރި މަލްޓިލޭޓަރަލް މުއައްސަސާތަކުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން "އިޞްލާޙީ މަލްޓިލޭޓަރަލިޒަމް" އަށް ގޮވާލަންވަނީ ފަށާފައެވެ. ބައިނަލްއަގްވާމީ ސުލްހަ އާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އދގެ ޗާޓަރުގެ ދަށުން ޒިންމާވާ އދ އާއި ސަލާމަތީ މަޖިލީސް ފަދަ މަލްޓިލޭޓަރަލް މުއައްސަސާތައް އިސްލާހު ކުރުމަށް ޖީ-20 އިން ބާރުއަޅަންޖެހެއެވެ. 2005 ވަނަ އަހަރު ދުނިޔޭގެ ލީޑަރުންގެ އިއްތިފާގުން ކަނޑައެޅި އިސްލާހުތަކަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުން ހުރަސް އަޅަމުން ދެއެވެ. އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް/ ވޯލްޑް ބޭންކްއިން ބައިނަލްއަގްވާމީ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓްއަށް މަގުފަހިކޮށްދޭ އާޓިކަލްސް އޮފް އެގްރީމެންޓުން (އައި.އެމް.އެފް ކޯޓާ އާއި ގަވަރނަންސް ރިފޯމްސް އިން 2010 ވަނަ އަހަރު އެއްބަސްވި ކަންކަންވަނީ ތަރައްގީވެފައިވާ ގައުމުތަކުގެ ޓެކްޓިކްސް އިން ލަސްކޮށް މިއަދާހަމައަށް ވެސް ތަންފީޒު ނުކުރެވިފައެވެ. އަދި ތަފާތު ކުރުމެއް ނެތި، މަލްޓިލޭޓަރަލްކޮށް އެއްބަސްވާ ވިޔަފާރީގެ އުޞޫލުތަކަށް އިސްކަންދިނުމަށް އުފައްދާފައިވާ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (2016 ވަނަ އަހަރުން ފެށިގެން އެ ޖަމްޢިއްޔާގެ ނަޒާހަތްތެރިކަމާއި ހަރުދަނާކަން އިތުރުކުރުމަށް ޓަކައި އިޞްލާޙުތައް ނަހަމަގޮތުގައޮ ބޭނުންކޮށް ކުރިއަރާފައިވާ ގައުމުތައް އެއްފަރާތްކޮށް، ޕްރޮޓެކްޝަނިޒަމްގެ ސަބަބުން ތަންފީޒުނުވެފައި).

ނޮވެމްބަރު 2022 ގައި ބޭއްވި ބާލީ ސަމިޓުގައި ޖީ-20 ގެ ރިޔާސަތާ އިންޑިއާ ހަވާލުވިއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާގެ "ޖީ-20 ޕްރައޯރިޓީސް ބައްޓަން ކުރާނީ ހަމައެކަނި ޖީ-20 ޕާޓްނަރުންގެ އިތުރުން ގްލޯބަލް ސައުތުގައި ތިބި އެކުވެރިންނާއި ވެސް މަޝްވަރާކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. ޖެނުއަރީ 12-13 ގައި އިންޑިއާއިން ވަނީ ވާޗުއަލްކޮށް "ވޮއިސް އޮފް ދަ ގްލޯބަލް ސައުތު ފޯ ހިއުމަން ސެންޓްރިކް ޑިވެލޮޕްމަންޓް" ސަމިޓެއް ބާއްވައިފައެވެ. އިންޑިޔާގެ އިސްނެގުމުގެ މުހިންމުކަން ދެނެގަނެވޭނީ އެފްރިކާގެ 47 ޤައުމަކާއި އޭޝިއާގެ 31 ޤައުމަކާއި ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 29 ޤައުމަކާއި އޯޝޭނިއާގެ 11 ޤައުމަކާއި ޔޫރަޕުގެ 7 ޤައުމަކުން މިމަސައްކަތަށް އިޖާބަދިނުމުންނެވެ. 27 މާރޗް 2023 ގައި އދ.ގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ވަނީ އެއްފަރާތްކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ "އެކްސްޓްރާ-ޓެރިޓޯރިއަލް" ސިފައާއި "ތަރައްޤީގެ ޙައްޤަށް" ނޭދެވޭ އަސަރުކުރުމުގެ ސަބަބުން އެކަމަށް ދެކޮޅު ހެދުމަށް ވަރަށް ބޮޑު ތަރުހީބެެއްލިބިފައެވެ.

އިންޑިއާގެ ރިޔާސަތުގައި ޖީ-20 ގެ މަޝްވަރާތައް ކުރިއަށް ގެންދާނީ ދެ މަރުހަލާއެއްގައެވެ. ޖީ-20ގެ ތެރޭގައި ތަރައްގީވަމުން އަންނަ މައި ތިން ގައުމު (އިންޑިއާ، ބްރެޒިލް އަދި ސައުތު އެފްރިކާ) 2023-2025 ގެ ތެރޭގައި ޖީ-20 ގައި އިސްކޮށް ހަރަކާތްތެރިވާނެއެވެ. ޖީ-20 ގެ ބޭރުން، ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށް މިހާރު ކުރިއަށްދާ މަރުހަލާތައް ކާމިޔާބުވެގެން އަންނާނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އދ.ގެ އެސްޑީޖީ ސަމިޓާއި، 2024 ވަނަ އަހަރު އދ.ގެ ސަމިޓް އޮފް ދަ ފިއުޗަރ ގައެވެ. މި ސަމިޓްތަކުގެ ނަތީޖާއެއްގެ ގޮތުން 2025 ވަނަ އަހަރު އދ.ގެ 80 ވަނަ އަހަރީ ދުވަހުގެ ސަމިޓާ ދިމާކޮށް އދގެ ސެކްރެޓަރީ ޖެނެރަލްގެ ހައިލެވެލް އެޑްވައިޒަރީ ބޯޑް އޮން އިފެކްޓިވް މަލްޓިލޭޓަރަލިޒަމްއިން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ލަފާދިން ގޮތަށް އދގެ ޗާޓަރު މުރާޖައާކުރުމަށް އާންމު ކޮންފަރެންސެއް ބޭއްވުމަށް ގޮވާލާނެ ކަމަށްބެލެވެއެވެ.

މިއީ ދެމެހެއްޓެނިވި ތަރައްގީގެ ޕެރެޑައިމްއެއް ހަރުދަނާކުރުމަށް އިންޑިއާގެ ޖީ-20 ރިޔާސަތައް ލިބުނު ރަނުގެ ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު