އެމެރިކާގެ މިލާނުން އެޓްލާންޓާއަށް ދަތުރުކުރި ޑެލްޓާ ފްލައިޓަކަށް އެރި ލޮޅުމެއްގެ ސަބަބުން 11 ފަސިންޖަރުންނާއި ފަޅުވެރިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފިއެވެ.

"ޑެލްޓާ ކެއާ ޓީމުގެ މެމްބަރުން ދަނީ ޑެލްޓާ ފްލައިޓް 175 ގެ ފަސެންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން". އެޓްލާންޓާއަށް ރައްކާތެރިކަމާ އެކު ޖެއްސުމުގެ ކުރިން އެ ބޯޓަށް ވަރަށް ބޮޑު ލޮޅުމެއް އައި ކަން ފާހަގަކުރަމުން ތަރުޖަމާނު ވިދާޅުވިއެވެ.

އަދި އެންމެ ބޮޑު އިސްކަމެއް ދެނީ އަނިޔާލިބުނު ފަސެންޖަރުންނާއި ފަޅުވެރިންނަށް ފަރުވާ ދިނުން ކަަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި 151 ފަސިންޖަރުންނާއި 14 މީހުންގެ ފަޅުވެރިން ތިއްބެއެވެ. އޭގެ ތެރެއިން ޒަހަމްވެފައިވަނީ ކިތައް މީހުންނަށް ކަމެއް ނުވަތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއް ސާފް ނުވާ ކަމަށް ވެއެވެ.

އެޓްލާންޓާ އެއާޕޯޓާ ގާތްގަނޑަކަށް 64 ކިލޯމީޓަރު ދުރުން އެ ބޯޓު ދަތުރު ކުރަމުން ދަނިކޮށް މި ހާދިސާ ހިނގި ކަމަށް ބުނާއިރު، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އެ ހާދިސާ ތަހުގީގު ކުރާނެ ކަމަށް ތަރުޖަމާނު އޭއެފްޕީ އަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު