އިންޑޮނޭޝިއާގެ ޓިމޯރު އައިލެންޑަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެ ގައުމުގެ ޖިއޮފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ބުނެފިއެވެ.

ބީއެމްކޭޖީ އިން އެކްސްގައި ބުނެފައި ވަނީ މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

އެ އެޖެންސީން ބުނީ ބިންހެލުމުގެ މައި މަރުކަޒު އޮތީ 75 ކިލޯމީޓަރު އަޑިން އެއްގަމުގައި ކަމަށެވެ. އަދި ޓިމޯރު އައިލެންޑުގެ ހުޅަނގު ފަރާތުގައި އޮންނަ އިރުމަތީ ނުސާ ޓެންގަރާ ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ކުޕަންގްއަށް ބިންހެލުން އިހުސާސް ކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކުޕަންގްއަށް ނިސްބަތްވާ ކްރިސްޓާ އެލިމް ބުނި ގޮތުގައި ބިންހެލުމުގެ އިހުސާސް ކުރެވުމާއެކު އޭނާ އާއި އޭނާގެ ފިރިމީހާ ގޭގައި ހުންނަ ފިހާރައިން ނުކުތް ކަމަށެވެ.

"ވަރަށް ބާރުގަދަ ބިންހެލުމެއް. ދެ ފަހަރެއްގެ މަތިން އިހުސާސްކުރެވުނު، ހީވަނީ ގޮނޑިން ވެއްޓިދާނެހެން.".

މި ހާދިސާގައި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

އަދި މި ބިންހެލުމާއި ގުޅިގެން އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ވެފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިތުުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު