އިންޑޮނޭޝިއާގެ އިރުމަތީ ސަރަޙަދެއްގައި އޮންނަ ޖަޒީރާރަށެއްކަމަށްވާ ޓައިމޫރުގެ ހުޅަނގު އައްސޭރިން މިއަދު ޖެހިޖެހިގެން ދެ ބިންހެލުން އައި ސަރަޙައްދަށް އަނެއްކާވެސް އިތުރު ބިންހެލުމެއް އަތުވެއްޖެއެވެ.

ދާދި ދެންމެއަކު އެ ސަރަޙައްދަށް މި ބިންހެލުން އައިސްފައިވަނީ މެގްނިޓިއުޑް މިންގަނޑުން 5.0 ގެ ބާރުމިނުގައި ބިމުގެ 12 ކިލޯމީޓަރު އަޑިންނެވެ. މީގެ އިތުރުން މި ބިންހެލުން އައުމުގެ ގަޑިއެއްހައި އިރު ކުރިން ހަމަ މިމ ސަރަޙައްދަށް ބިމުގެ ދިހަ ކިލޯމީޓަރު އަޑިން މެގްނިޓުއުޑް މިންގަނޑުން 3.4 ގެ ބާރުމިނުގައިވެސް ލޮޅުމެއް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ.

މިއީ މި މި ސަރަޙައްދަށް އެއް ފުންމިނަކުން މިއަދު އައި ހަތަރުވަނަ ބިންހެލުމެވެ.

މިއަދު އިންޑިއާއަށް ކުރިން ބާރުގަދަ ދެ ބިންހެލުމެއް އައިއިރު، ފުރަތަމަ ބިންހެލުން ޓައިމޫރަށް އައީ މެގްނިޓިއުޑް މިންގަނޑުން 6.2 ގެ ބާރުމިނުގައެވެ. އޭގެ ފަސް މިނެޓު ފަހުން ހަމަ އެ ސަރަޙައްދަށް ދެވަނަ ބިންހެލުމެއް އައީ މެގްނިޓިއުޑް މިންގަނޑުން 5.6 ގެ ބާރުމިނުގައެވެ. މި ބިންހެލުންތަކާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

އިންޑޮނޭޝިއާގެ އެއް ސަރަޙައްދަކަށް މިއަދު ހަތަރު ބިންހެލުމެއް މި އައީ އެޤައުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ގިނައިން ބިންހެލުން އަންނަމުންދާ ދަނޑިވަޅެއްގައެވެ. މިއީ ބާރުގަދަ ބޮޑު ބިންހެލުމެއް އަންނާން އުޅޭކަމުގެ ނިޝާނެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެ ބިންހެލުން އަންނާނީ ސީދާ ކޮން ތަނަކަށް ކަމެއް ބުނަން ނޭނގުނު ނަމަވެސް، އެ ބިންހެލުމާއި އެކު އޭގެފަހުން އުފެދޭ ބޮޑު ސުނާމީއެއްގައި ދުނިޔޭގެ ޗާޓަށްވެސް ބަދަލު އަންނަވަރުގެ ގެއްލުމަކާއި ކުރިމަތިވާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.