ފަލަސްތީނުގެ ހަމާސް ޖަމާއަތުގެެ އެންމެން ޝަހީދުކޮށް ހުސްކުރާނެ ކަމަށް އިސްރާއިލުގެ ހައްދު ފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއިލުން ތަކުރާރުކޮށް ދޭތެރެ ދޭތެރެއިން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ހަމާސް ޖަމާއަތުން އިސްރާއިލަށް މިއިން ޒަމާނަކުވެސް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ހަމަލާތަކުގައި އިސްރާއިލުގެ 1200 އެއްހާ މީހުން މިހާތަނަށް ވަނީ މަރާލައިފައެވެ.

އަދި އިސްރާއިލުން ވެސް ވަނީ ތަނެއް ދޮރެއް ބަލައި ނުލައި ގައްޒާގެ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. އަދި މިހާރު ބެލެވިފައިވާ ގޮތުގައި އިސްރާއިލު ދަނީ ޣައްޒާއަށް އެއްގަމު މަގުން އެރުމަށް ތައްޔާރުވަމުންނެވެ.

ހަނގުރާމައާ ގުޅިގެން އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އިދިކޮޅު ލީޑަރު ބެނީ ގްރާންޓްޒްއެކު މިހާރު ވަނީ އިމެޖެންސީ ސަރުކާރެއް އުފެއްދުމަށް އެއްބަސްވެފައެވެ.

އިމެޖެންސީ ސަރުކާރުގެ ފުރަތަމަ ބައްދަލުވުމުގައި ނަތަންޔާހޫ ބުނީ ހަމާސް ޖަމާއަތުގެ އެންމެންނަކީ ވެސް މިހާރު އިސްރާއިލުގެ ޓާގެޓެއް ކަމަށެވެ. އަދި މިހާރު ޓާގެޓަކީ ހަމާސް ޖަމާއަތް ނައްތާލުން ކަމަށާއި އަދި ހަމާސް ޖަމާއަތުގެ އެއްވެސް މީހަކު ނެތްކަން ކަށަވަރު ކުރާނެ ކަމަށް ބުނެފައިވެއެވެ.

ނަތަންޔާހޫ ބުނީ ހަމާސް ޖަމާއަތަކީ އިސްލާމިކް ސްޓޭޓަށް ވުރެވެސް ނުބައި ޖަމާއަތެއް ކަމަށެވެ.

މީގެ ކުރިން ވެސް ހަމާސް ނައްތާލަން އިސްރާއިލުގެ ސިޔާސީ އެކި ފަރާތްތަކުން ގޮވާލައިފައި ވެއެވެ. ނަމަވެސް ހަމާސް ފެނިގެން ދިޔައީ އިތުރަށް ވަރުގަދަވެގެން ދިޔަ ތަނެވެ.

ޣައްޒާެ ކޮންޓްރޯލް ކުރާ ހަމާސްއަކީ މިހާރު ފަލަސްތީނުގެ މީހުންގެ ހައްގުގައި ޖިހާދު ކުރާ މައިގަނޑު ޖަމާއަތެވެ. ކުރިން ފަލަސްތީނުގެ މީހުންގެ ހައްގުގައި ހުޅަނގު އައްސޭރީގައި ޖިހާދު ކުރިި އޮތް ޕަލެސްތައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ހަރާކާތްތައް މަޑުޖެހިފައި އޮންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީބުނީ

    ކަލޭ ކައި ހުސްކުރާނީ ފަނިފަކުސަޔާ ކުދި ސޫފާސޫފި. ފިރުއައުނު ކަލޭގެ! އިންޝާﷲ ކަލޭގެ ނިމުން ހިތައްވެސް ނުގެނެވޭހާ ހިތިވާނެ

    28
    • ކެރޭނެ

      ޢެންމެން ވެސް ފަނި ފަކުސާ ކާނެއެއް ނު.ކީއްވެ އޭނާގެ ނިމުން ހިތި ވާންވީ

      • އަލީ

        އިންސާނާ ބޮޑާވެ އުޅުނަސް އޭނާގެ ބަލިކަށިކަމެއް ކަލެޔަކައް ނޭންގެ ދޯ؟ ކަލޭމެން ކިތައްމެ ދެރަވިޔަސް ނަސްރު ލިބޭނީ މުސްލިމުންނައް

  2. އަލީބުނީ

    ކަލޭ މަރައް ތެޅޭތަން ބަލަން ކެއްތެރިކަން ކޮޅުން ލަނީ މިއޮއް

    29
  3. އައިންތު

    އިންޝާﷲ ނެތިގެންދާނީ އިޒްރޭލްގެ ޔަހޫދީން. ޔާﷲ ފީލް ބާގައިގެ ލަޝްކަރު ނެތިކުރެއްވި ފަދައިން އިޒްރޭލްގެ ޔަހޫދީންނާ އެމީހުންނާ އެއްބައިވެ ފަލަސްތީނަށް ހަމަލާދޭ ކޮންމެ ލަޝްކަރެއް ނެތިކުރައްވާނދޭވެ

    33
  4. ކަދުރޭ

    ހޭބައްޔާ ކަލެ އައް ވުރެ ބާރުގަދަ ފަރާތެއްވޭ. މިހާރު ވެސް މުޅި އަސްކަރިއްޔާ ނެރެގެން ކުޑަ ޖަމާއަތެއް ކޮންޓުރޯލް ނުކުރެވިގެން ތިއުޅެނީ. ކަލެއާއި ކަލޭގެ ބައިވެރިން ހަލާކު ކުރައްވާ ނިކަމެތި ކުރައްވާފަދޭއެވެ.امين

    22
  5. Anonymous

    މިކަލޭގެ ބިމުގެ އަޑިއަށްގަންބަވާގެންފާންދޭވެ. އާމީން

    24
  6. އަބޫ އުބައިދާ

    އެކަކު ނެތިއްޔާ އަނެކަކު ހުންނާނެ ކަލޭމެން އެކީ އަހަރުމެން އަތްމައްޗަށް ހަލާކުވެ ބަލިވާނެ ކަމަށް ވައުދު ކުރައްވާފަވާ ދުވަހާ ޖެހެންދެން. މިރޫޙް އާ މި އަޒުމު ގުޑުވާލެވޭނެނަަމަ ވޭތުވެ ދިޔަ 50އަހަރު ތެރޭގަ ކަލޭމެން ދިން އަނިޔާގަ އެހެން ނޫންނަމަ ބަލިވެ އަމާން ދިނީސް. އެކަމު އޭގެ ބަދަލުގަ ދުވަހެއް ދުވަހަކަށް ވަރުގަދަވެ ކަލޭމެންގެ އެއްމެ އެތެރެޔަށް ވާސިލްވެ ހަމަލަދީ ހިތްތަކަށް ބިރުވެރިކަން މި ވައްދާލީ. 2014ގަ ވެސް ކަލޭމެން ތިހެން ހަގުރާމައެއްފަށާ ގަޒާއަށް ވަދެގަންނަށް މަސައްކަތްކޮށް އެންމެ ފަހުން ބޮޑު ގެއްލުމަކާ ކުރިމަތިވެ ބިރުން ހަގުރާމަ ހުއްޓާލަން އަމިއްލަޔަށް އެއްބަސްވީ. އިންޝާ ﷲ އެޔަށް ވުރެން ބޮޑު ބައްޔަކުން ބަލިކުރާނަން.