ޣައްޒާގެ އިރުމަތީގައި ތިބި ހުރިހާ އެންމެން ދެކުނުގެ ސަރަހައްދުތަކަށް ބަދަލުވާން އިސްރާއީލުން އިންޒާރު ދީފައި ވާއިރު، އެ ސަރަހައްދުގައި ތިބި ސިއްހީ ހިދުމަތްތެރިން ދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް ދެކޮޅު ހަދަމުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޣައްޒާގެ މެދެއްހާ ހިސާބުގައި އޮންނަ ވަދީ ޣައްޒާގެ އުތުރުގައި ތިބި ޣައްޒާގެ ހުރިހާ އެންމެން ކުރިއަށް އޮތް 24 ގަޑި އިރު ތެރޭގައި ދެކުނުގެ ސަރަހައްދުތަކަށް ބަދަލު ވުމަށް އިސްެރާއީލުގެ އަސްކަރިއްޔާއިން ވަނީ އިންޒާރު ދީފައެވެ.

އދ ގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ގާތްގަނޑަކަށް 1.1 މިލިއަން މީހުން ދިރިއުޅެއެވެ. އެއީ ގާތްގަނޑަކަށް ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ.

“24 ގަޑިއިރު ތެރޭގައި 1 މިލިއަން މީހުން ރައްކާތެރިކަމާއެކު އުތުރު ޣައްޒާއިން ބަދަލު ކުރާނެ ގޮތެއް ނޯންނާނެ.”ޣައްޒާ ސިޓީގައި ހުރި ފަލަސްތީނުގެ ރެޑް ކްރެސެންޓްގެ ތަރުޖަމާނެއް ކަމަށްވާ ނަބާލް ފަރްސަޚް ބުނެފައި ވެއެވެ.

“އޭރުން އަހަރެމެންގެ ބަލި މީހުންނަށް ވާނީ ކިހިނެތް؟ އަހަރެމެންގެ ހޮސްޕިޓަލު ތަކުގައި ޒަހަމްވެފައިވާ މީހުންނާއި، މުސްކުޅިންނާއި، ކުޑަކުދިން އެބަތިބި.”

ނަބާލް އިތުރަށް ބުނެފައިވަނީ ވަރަށް ގިނަ ސިއްހީ ހިދުމަތްތެރިން ދަނީ ހޮސްޕިޓަލު ތަކުގައި ތިބި ބަލިމީހުން ދޫކޮށްލާފައި ދިއުމަށް ދެކޮޅު ހަދަމުން ކަމަށެވެ. އަދި އެމީހުން ދަނީ އެމީހުންގެ ރަހުމަތްތެރިންނަށް ގުޅައި ވަދާއީ ސަލާމް ކުރަމުން ކަމަށްވެސް ނަބާލް ބުނެފައި ވެއެވެ.

އަދި އެ ތަނުގެ ރައްޔިތުން ދާނޭ ތަނެއް ނެތް ކަމުގައިވެސް ނަބާލް ބުނެފައި ވެއެވެ.

“މިތަނުގައި ތިބި މީހުން ދާނޭ ވަކި ތަނެއް ނެތް. އެއީ ޕޮއިންޓަކީ. ހުރިހާ ދިމާލަކުން ބޮމުގެ އަޑު އިވެމުންދާއިރު، ތަންތަނާއި މަގުތައް ސުންނާފަތިވެފައި ވާއިރު، އަދި މީހުންނަށް ދަތުރު ކުރުމުގައި އެހާ ބޮޑެތި ހުރަސްތައް ކުރިމަތި ކޮށްފައިވާއިރު، އެހެން ހިސާބަކަށް ބަދަލުވުމަށް އެންގުމަކީ ބުއްދި ގަބޫލުކުރާ ކަމެއްވެސް ނޫން.” ނަބާލް ބުނެފައި ވެއެވެ.

“ކާއެއްޗެއްސެއް ނޫން، ކަރަންޓެއް ނޫން، ތެލެއް ނޫން، މިހާރު އޮތް ހަމައެކަނި ކަންބޮޑުވުމަކީ ދިރިހުންނާނެތޯ ނޫންތޯ.” ކަރުނައާއި އެކު ނަބާލް ބުނެފައި ވެއެވެ.

އުތުރު ޣައްޒާގެ ހޮސްޕިޓަލުތަކުގައި ތިބި ހާލުދެރަ ބަލިމީހުން ބަދަލު ކުރުމަކީ ވާނޭ ކަމެއް ނޫން ކަމުގައި ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން އަންގާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ބުނެފައެވެ. އަދި އެމީހުން ބަދަލު ކުރަން އުޅުމަކީ އެމީހުންނަށް ދެވޭ މަރުގެ އަދަބެއް ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

24 ގަޑިއިރު ތެރޭގައި އުތުރު ޣައްޒާއިން މީހުން ހުސްކުރުމުގެ އިންޒާރު އިސްރާއީލުން ދީފައިވަނީ ޣައްޒާ ގަޑިން ރޭ މެންދަމު 12 ޖަހާކަންހާއިރު ކަމަށް އދ. އިން ބުނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އުތުރުގައި ތިބި މީހުން ދެކުނަށް ބަދަލުވާން އަންގާފައިވަނީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި އެމީހުންނަށް އަނބުރާ އެ ސަރަހައްދަށް ދެވޭނީ އިސްރާއީލުން ހުއްދަ ދިނުމުން ކަމަށާއި، އިސްރާއީލާއި ދެމެދު އޮންނަ ސެކިއުރިޓީ ފެންސާއި ގާތް ނުވުމަށްވެސް ވަނީ އަންގާފައެވެ.

ކުރިއަށް ދުވަސްތަކުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރި ވަމުންދާނެ ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އިންޒާރަށް ފަހު ބައެއް މީހުން އެ ސަރަހައްދު ދޫކޮށް ދާން ފަށާފައިވާއިރު، ބައެއް ރައްޔިތުން ތިބީ އަމިއްލަ ގެދޮރު ދޫކޮށް ނުދާން ސާބިތުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސް

    الله اكبر، الله اكبر،
    އަޅަމެން ވަކީލުކުރަނީ الله ސުބުހާނަހޫ ވަތަޢާލާއަށެވެ، އަހަރެމެންގެ ލޮލުން ކަރުނަ އޮހޮރޭ މިފަދަ ލާއިންސާނީ އަނިޔާތައް ތިޔަ އަހުންނާއި އުހުތުންނަށް ދޭ ހިތްދަތި ހަބަރުތައް ކިޔާ ހިނދު، އެކަމުވެސް އަހަރެމެން އެންމެގެ ވެރި ރައްބު ބައްލަވާ ވޮޑިގެންވާކަން ހަނދާނެއްނުނެތެއެވެ. ޔާ الله ފަލަސްތީނުގެ ލޮބުވެތި މުސްލިމުންނަށް އިބަ އިލާހުގެ ރަހުމަތާއި މަދަދާއި ރިޒުޤު އޮށްސަވާދޭން އަދި މުޖާހިދުންނަށް ނަސްރު ދެއްވާ، އަނިޔާވެރި ޔަހޫދީން ފަލަސްތީނުގެ ބިމުން ވިސްވިހާލި ކުރައްވާ، ގެއްލެނި ކުރައްވާ، އެބިމުގައި އެއްމެ ޔަހޫދީއަކަށްވެސް އަމާންކަމާއެކު ނުއުޅެވޭނެ ގޮތް މިންވަރު ކޮށްދެއްވާންދޭ، އޭ ކާއިނާތުގެވެރި ރައްބު