ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް ވަދެ، ހަމަލާ ފަށަން އުޅޭ ކަމުގެ އިންޒާރު ހަމަލާ ފެށުމުގެ ތިން ދުވަސް ކުރިން މިސްރުން އިސްރާއީލަށް ދީފައިވާ ކަމަށް އެމެރިކާގެ ކޮންގްރެސްގެ ޕެނަލް ޗެއާމަން މައިކަލް މެކްކޯލް ވިދާޅުވެއްޖެއެވެ.

އިސްރާއީލްގެ އަސްކަރީ ޖެޓްތަކުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި މިހާތަނަށް އައިއިރު، 1،799 މީހުން ޝަހީދުކޮށްލި އިރު، 6،388 މީހުން ޒަހަމްވެފައިވެއެވެ. ހަމާސްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، އިސްރާއީލުން 1،300 މީހުން ވަނީ މަރާލައިފައެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ފޮރިން އެފެއާޒް ކޮމިޓީގެ ވެރިޔާ މައިކަލް މެކްކޯލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ހަމާސްއިން ހަނގުރާމަ ކުރަން އުޅޭ އުޅޭކަމުގެ އިންޒާރު އެ ގައުމުން މިސްރަށް ދިން ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެފަދަ އިންޒާރެއް ލިބިފައި ނުވާކަމަށާއި އެ ރިޕޯޓްތަކަކީ "މުޅިން ދޮގު" ރިޕޯޓްތަކެއް ކަމަށް ބުނެފައެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިސްރުން އިސްރާއީލަށް (ހަނގުރާމަ ފެށުމުގެ) ތިން ދުވަސް ކުރިން މިހާރު ފެށިގެން އުޅޭ ގަތުލުއާންމުގެ ހަބަރު ދީފައިވުމުން ހަނގުރާމައެއް މެދުއިރުމަތީގައި ފެށިގެން ގޮސްދާނެކަން" އޭނާ ވިދާޅުވިއެވެ.

"އަހަރެން ބޭނުމެއް ނޫން މާ ބޮޑަށް މި ކަންތައްގަނޑުގެ ތެރެއަށް ވަންނާކަށް، އެކަމަކު މިސްރުން އިސްރާއީލަށް މިކަމުގެ ހަބަރު ކުރިން ދިނުމަކީ އޭގައި ކޮންމެވެސް އަޑި ނޭނގޭ ކަންތައްތަކެއް ވާކަމުގެ ހެއްކެއް"

އިސްރާއީލުގެ 75 އަހަރުގެ ތާރީހުގައި ފަލަސްތީނުގެ ހަނގުރާމަވެރިން ދިން އެންމެ ނުރައްކާތެރި ހަމަލާ ހުއްޓުވުމަށް އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން ވަނީ ނުކުޅެދިފައެވެ. އެއާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި ހަނގުރާމާ ކުރަމުންދާ ހަމާސް ޖަމާއަތުން ވަނީ މުޅި އިސްރާއީލަށް ސިހުން ގެނުވާފަދަ ހަމަލާތަކެއް ދީ، އެ ގައުމު ހައިރާންކޮށްލައިފައެވެ.

މިސްރުގެ ޖާސޫސީ އޮފިޝަލަކު މި ހަފްތާގައި އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީއަށް ވިދާޅުވީ ޣައްޒާއިން "ބޮޑު ކަމެއް" ރާވާފައިވާ ކަމަށް އިސްރާއީލަށް ތަކުރާރުކޮށް އަންގާފައި ވާނެކަމަށެވެ.

"އަޅުގަނޑުމެން އެމީހުންނަށް އިންޒާރު ދީފައި ވާނީ ނުރައްކާތެރި ބޮމުގެ ހަމަލާތަކެއް ވަރަށް އަވަހަށް ދިނުމަށް ހަމާސްއިން ރާވަމުން ދާކަމަށާއި އަދި އެއީ ބޮޑު ކަމެއް ކަމަށް. އެކަމަކު އެމީހުން އެފަދަ އިންޒާރުތައް ނެގީ ވަރަށް ކުޑަކަމެއްގެ ގޮތުގައި،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.

ޣައްޒާއާ އެކު ބޯޑަރު ކޮންޓްރޯލްކުރާ މިސްރަކީ ގިނަ ފަހަރަށް އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގާ ކުރިމަތިލުންތައް ސުލްހަކުރުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ގައުމެކެވެ. ހޮނިހިރު ދުވަހު ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތު މުޖާހިދުންގެ މެދުގައި ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ތެރެއިން ބިމާއި ވައިގެ އަދި ކަނޑު މަގުން ހަމާސްގެ ހަމަލާއެއްގައި 1،500 އަށް ވުރެ ގިނަ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް އެ ގައުމުގެ ތެރެއަށް ވަދެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަދިވެސް ހަނގުރާމަވެރިން ދަނީ އިސްރާއީލަށް ވަންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުހާ.

    މިސްރަކީ މިއަދު ވަރަށް ނުބައި ވެރިންތިބި ގައުމެއް. މުނާފިގު ފާސިގުން.

    17
    1
  2. ާަމަރީ

    ތިކަމުންވެސް އެނގިގެންދަނީ ﷲ ސވއ ކަމަކަށް އިރާދަކުރައްވާފިނަމަ އެކަމެއްވާނެކަން ދިފާއުގައި ކޮއްދެވޭނެ އެއްވެސްކަމެއްނެތްކަން މިއަދު އަރަބި ޤައުމްތައް އަސްކަރީގޮތުން ފަލަސްތީނުގެ ޙިމާޔަތުގައި ނުކުތަސް ކާފިރުންނަކަށް އެޤައުމްތަކަށް ގެއްލުމެއްނުދެވޭނެ ޙައްޤަށް ﷲ ސވއ ނަސްރުދެއްވާނެ އެކަމް މިއަދު އަހަރެމެންގެ ހިތްތައްވަނީ ފަސާދަވެފައި މުސްލިމުން މުސްލިމުން މަރަމުންދަނީ ދުނިޔޭގެ އިއްޒަތަށްޓަކައި

    11
    1
  3. ޙޯގުޅާ

    ނުވެސް އެގޭ އެގޫނަމަ ފިޔަވަޅު އެޅީސް މިހާރު ވެސް ގާޒާއާއި ވެސްޓް ބޭންކް ތެރޭ އެތައް ޗެކްޕޮއިންޓް ތައް ހުރޭ، ދުއްޕާން ވާވަރަް ޗެކްކުރޭ.

    8
    1