ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މުޖާހިދުން ދިން ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ އަދަދު 284 އަށް އަރައިފިއެވެ.

އެ ގައުމުގެ ސިފައިންގެ އިދާރާ އައިޑީއެފް އިން ރޭ ވަނީ 14 ސިފައިންގެ މީހަކު މަރުވިކަން އިއުލާނު ކޮށްފައެެވެ. އެ 14 ސިފައިންނާއެކު މަރުވި ސިފައިންގެ އަދަދު އެއިރު 279 އަށް ވަނީ އަރާފައެެވެ.

ނަމަވެސް ފަހުން މިއަދު އާއްމު ކުރި މައުލޫމާތަށް ބަލާއިރު، އިތުރު ހަތް ސިފައިންގެ މީހަކު ވަނީ މަރާލައިފައެވެ. މިއާއެކު މިހާރު އަދަދު ވަނީ 284 އަށް އަރާފައެެވެ.

ހަމާސްގެ ހަމަލާތަކުގައި މަރުވި ޔަހޫދީންގެ އަދަދުތައް ވަނީ 1،300 އަށްވުރެ މައްޗަށް އަރާފައެވެ.

ޔަހޫދީން މިހާރު ތައްޔާރުވަމުން އަންނަނީ ޣައްޒާއަށް ބޮން އެޅުމުގެ އިތުރުން ކަނޑު މަގުންނާއި އަދި އެއްގަމު މަގުން ވެސް ހަމަލާތައް ދިނުމަށެވެ. މިހާރު ޢައްޒާގެ ހާލަތު ވަރަށް ގޯހެވެ، އެ ގައުމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 2،000 އަށްވުރެ މައްޗަށް އަރާފައެވެ.

ޔަހޫދީން ދަނީ ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ރައްޔިތުން އެތަން ދޫކޮށް ދިއުމަށް އަންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސް

    الحمد لله، މުޖާހިފުންގެ ވަޒަންތައް ސީދާކުރައްވާ، އެ ޔަހޫދީ ބައިގަނޑަށް ބޮޑެތި ގެއްލުންތައްދެވި، އެކީ އެކީއެކައްޗަކަށް އެމީހުން ފަނާކުރައްވާށި ޔާالله