އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ ނިމޭއިރު ފަލަސްތީނުގެ ބައެއް އިސްރާއީލުން ނަގާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ.

އިސްރާއިލްގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ގިޑޯން ސައާރު ބުނަގޮތުން މި ހަނގުރާމައިގައި ފަލަސްތީނުގެ މައްޗަށް އިސްރާއީލުން ކުރި ހޯދާނެއެވެ. އަދި ހަނގުރާމަ ނިމޭއިރު ޣައްޒާގެ ބޮޑު ބައެއް އިސްރާއީލުން ނަގާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނާގޮތުން ޣައްޒާއިން އަތުލާ ބައިގައި ސެކިއުރިޓީ ވަރުގަދަ ކުރާނެ ކަމަށާއި އެސަރަހައްދަށް ދާ ޣައްޒާގެ މީހުން ހައްޔަރުކޮށް ޝަހީދުކޮށްލާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މިހަނގުރާމައިގައި އިސްރާއީލަށް ލިބޭ ގެއްލުމުގެ ބަދަލުގައި ފަލަސްތީނުގެ މީހުންނަށް އެތަން ދައްކާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ.

އަދި ހަމައެއާއެކު ހަމާސް ޖަމާއަތުގެ މުޖާހިދުން ބަލިކުރުމަށްފަހު އިރާނާއި ދިމާލަށް އިސްރާއީލުން މިސްރާބު ޖަހާނެ ކަމަށް ގިޑޯން ސައާރު ވަނީ ބުނެފައެވެ. އޭނާ ބުނާގޮތުން އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ފެށި މީހުން ފަހުން އެކަމާ ދެރަވެ ހިތާމަ ކުރާނެއެވެ.

އިސްރާއީލުން ދަނީ އެއްގަމު މަގުން ޣައްޒާއަށް އަރަން މަސައްކަތް ކުރަމުންނެވެ. ޔަހޫދީން ފަލަސްތީނުގެ ޣައްޒާ ސިޓީ ހިފުމަށާއި ހަމާސްގެ ލީޑަޝިޕް "ހަލާކުކޮށްލުމަށް" 10،000 ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށް ޔަހޫދީ ދައުލަތުގެ އަސްކަރީ އޮފިސަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އޭގެ ބޭނުމަކީ ހަމާސްގެ އިންފްރާސްޓްރަކްޗާ ހަލާކުކޮށް، އަސްކަރީ ގާބިލްކަން ނައްތާލުމާއި، މުސްތަގުބަލުގައި ޣައްޒާގެ ވެރިކަން ކުރުން ހުއްޓުވުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ހަމާސް މުޅިން ނައްތާލުމަކީ ގާތްގަނޑަކަށް ނާދިރު ކަމެކެވެ.

ފަލަސްތީނުގެ އާބާދީ ބޮޑު މި ސަރަހައްދު ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ވަނީ އެންމެ ފަހު ލޭ ތިއްކަށް ވަންދެން ހަނގުރާމަ ކުރާނެ ކަމަށް ވައުދުވެފައެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ ސަރަހައްދަށް ބަދަލުވާން ޖެހޭ ކަމަށް އިޒްރޭލުން ބުނުމުން ވެސް އެކަމަށް އިޖާބަ ނުދީ ރައްޔިތުން ތިބުމަށް ވަނީ އަންގާފައެވެ. ބައެއް މީހުން އެތަނުން ނުކުތުމަށް ގޮވާލި ގޮވާލުމަށް އިޖާބަދިން ނަމަވެސް ހުކުރު ދުވަހުގެ މެންދުރުގެ ވަގުތާ ހަމައަށް އައިއިރު ވެސް ގިނަ އަދަދެއްގެ ބަޔަކު އެތަނުން ނުކުތުމުގެ ނިޝާނެއް ނުފެނެއެވެ. ނަމަވެސް މިހާރު ޣައްޒާގެ ބައެއް ރައްޔިތުން ދަނީ އެ ސިޓީ ދޫކޮށް ދިޔުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝޭޅް ސަމީރު

    އިސްރާއީލް ދެކޭ ހުވަފެނެއް ތީ . މީ އިއްޔެ އެއް ނޫން އެމެރިކާގެ ތޮއްވަރިއަށް ވަދެ އޮވެގެން ޢަރަބިން ކުޑަކަކޫ ޖައްސާފަ ބައިތިއްބާކަށް . އެމެރިކާގެ އެންމެ ޒަމާނީ މަނަވަރު އިސްރާއީލް އަށް ދިޔައީ ޢަރަބިން ބިރުގަންނަވަން. ހީކުރި ގޮތަށްތަ އެކަންވީ؟ ތުރުކީންވެސް މަނަވަރެއް ގޮސް ހަމަ އެމެރިކާ ގޮތަށް އިސްރޭލް ގެ އައްސޭރިފަށަށް ވަދެއްޖެ . ޕުޓިން ބުނީ އެމެރިކާއިން ބިރުދައްކަން ފުއްޕަން ހަދާނެ ކަމެއްނެތޭ .މިނިޓްކޮޅެއްގެ ތެރޭގައި އެމެރިކާގެ މަނަވަރުތައް ކަނޑުގެ އެންމެ އަޑިޔަށް ދުއްވާލެވޭ ވަރު ހަތިޔާރު މިހާރު ދުނިޔޭގެ ޤައުމުތަކުގައި އެބަހުއްޓޭ. ވީމަ މީ އިއްޔެ އެއް ނޫން . އިސްރާއީލް ސައޒްކޮށްފަ މިފަހަރު އަހަރުމެން ހުއްޓާލާނީ

    26
    • މޮޔަނިމޮސް

      މި ދުނިޔާގަ ތަ