އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި އެހީތެރިވުމުގެ ގޮތުން ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ ދެ ވަނަ މަނަވަރެއް، އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި މެދުއިރުމައްޗަށް ދަތުރު ފަށާފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.

މި ބޯޓުތައް މެދުއިރުމައްޗަށް ފޮނުވަނީ އޮސްޓިން ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ހަމާސް ފަދަ ޖަމާއަތްތަކުން އިސްރާއީލަށް އިތުރު ހަމަލާތަކެއް ދިނުމުގެ ހުރިހާ މަގެއް ބަންދުކޮށް، މިހާރު ފެށިގެން އުޅޭ ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމެވެ.

މީގެއިތުރުން އެމެރިކާއިން އަމިއްލައަށް އިސްނަގައިގެން ފުރަތަމަ ކެރިއާ ސްޓްރައިކް ގްރޫޕް އިސްރާއީލުގެ އައްސޭރިފަށަށް މިދިޔަ ހަފްތާގައި ވަނީ ފޮނުވާފައެވެ. ނަމަވެސް ފަހުން ފޮނުވަމުންދާ ސްޓްރައިކް ގުރޫޕު ދިއުމަށް ހަމަޖެހިފައިވަނީ އިރުމަތީ މެޑީޓޭރިންއަން ކަނޑަށެވެ. އަދި އެމެރިކާގެ އަސްކަރީ ބާރުތަކުގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެޤައުމުގެ އަސްކަރީ ބާރުތަކުން މި ސަރަހައްދުގައި ތިބޭނީ ކިހާ ދުވަހެއް ވަންދެންކަން ސީދާ ކަނޑައަޅާފައެއް ނުވެއެވެ.

އެކަމަކު، ގައުއުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި އެމެރިކާއިން އެ ސަރަހައްދަށް އެގައުމުގެ ހަނގުރާމަ މަތީ އުޅަނދުތަކައި ލަސްކަރުތައް ފޮނުވަމުން ދަނީ އެއްވެސް ވަރަކަށް އިސްރާއީލަށް ވާގިވެރިވެ، އެ ހަނގުރާމާގައި ބައިވެރިވުމަށް ނޫން ކަމަށެވެ. އަދި އެއްވެސް ހަނގުރާމަވެރި ހަރަކާތެއް އެ ގައުމުގެ އަސްކަރީ ބާރުތަކުން މެދުއިރުމަތީގައި ނުހިންގާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ހަނގުރާމައިގެ ތެރެއަށް އިތުރު ފަރާތްތަކުން ވަންނަކަމުގައި ވާނަމަ އެމެރިކާގެ އަސްކަރީ ބާރުތަކުން އެކަން ބަލަން މަޑުން ނުތިބޭނެ ކަމަށްވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހާމަކުރައްވާފައެވެ.

ބެލެވޭގޮތުގައި އެމެރިކާގެ ރައީސް ނުސީދާކޮށް އެ ވިދާޅުވީ އީރާނާއި ހިޒަބުﷲ ޖަމާއަތުން ހަމާސްއަށް ވާގިވެރިވެ، އެ ހަނގުރާމައިގެ ތެރެއަށް ވަންނަ ކަމުގައި ވާނަމަ އެތަން ބަލަން މަޑުން ނުތިބޭނެ ކަމަށް ކަމުގައި މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ލަފާކުރެއެވެ.

އެމެރިކާއިން އެ ގައުމުގެ ހަނގުރާމަމަތީ އުޅަނދުތަކާއި ލަޝްކަރުތައް މެދުއިރުމައްޗަށް ފޮނުވުމުން އެ ސަރަހައްދުގެ މަޝްރަހު އިތުރަށް ހަލަބޮލިވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ހަމައެހެންމެ މި ކަމުގެ ސަބަބުން އެމެރިކާގެ ބާރު އެ ސަރަހައްދުގައި އިތުރަށް ވަރުގަވެ، އެގައުމުގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ނަމުގައި އެ ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ފުރުސަތުވެސް އެބަ އޮތްކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މީގެއިތުރުން އެމެރިކާއިން މި ސަރަހައްދަށް ފޮނުވާފައިވާ ހަނގުރާމަ މަތީ އުޅަނދުތަކުގެ ތެރޭގައި އެފް-15އީ ފަޔަރ ޖެޓްތަކާއި އޭ-10 ގުރައުންޑް ފަޔަރ ޖެޓްތަކުގެ އިތުރުން ކަނޑުމަގުން ހަނގުރާމަ މަތީ މަނަވަރުތައް ވެސް ހިމެނެއެވެ. ނަމަވެސް އެ ސަރަހައްދަށް އެމެރިކާއިން ފޮނުވާފައިވާ ހަނގުރާމަތީ އުޅަނދުތަކުގެ ސީދާ އަދަދެއް އެ ގައުމުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެދުރު

    ހުރިހާ މުސްލިމުން އެކަތިގަނޑަކައްވެ ތި ސުންޕާ އެމެރިކާ ނެތި ފަނާ ކޮއްލަން ހިނގާބަލަ.. ހުރިހާ ނުބަޔެއްގެ މައި މުލަކީ އެމެރިކާ... ނައްތާލެވިއްޖެއްޔާ މުސްލ8މުންނާ ކުޅެލަން ތިއިން އެއްވެސް ކާފަރު ގައުމަކަށް ނުކެރޭނެ..

    10
  2. ކެކެކެ

    ތިޔަ ކަހަލަ މަނަވަރެއް ފެނިގެން ބިރުން ރޫރޫ އަޅާނީ އަހަރެމެން..ފަލަސްތީނުގެ ޅަކުއްޖަކުވެސް ތިއިން އެއްޗެއް ފެނިގެން ނުސިހޭނެ..

    11
  3. އަޑި

    ހަގީގަތުގައިވެސް ސައިތާނީ އިޒްރޭލުން މި ހުރިހައި ޖަރީމާއެއް ހިންގަނީ އެމެރިކާ އަޑީގައި އޮވެގެން.

    15
  4. މުޙައްމަދު

    އެމެރިކާއިން ހުރިހާ ޔަހޫދީން ގެންގޮސް ތިތާ ވަޒަންވެރިކުރަންވީނުން.. އެމެރިކާއިން ކަމެއްގަ ބައިވެރި ވެއްޖެނަމަ ޤަބޫލު ކުރޭ.. އެއީ އިސްލާމް ދީނައްވިޔަސް އަދި އެހެން ދީނަކަށްވިޔަސް ހައްޤާއި އިދިކޮޅު ބަޔަކީ އެއީކަން..

  5. ހާމިދުހަސަން

    ތިޔަފޮނުވަނީ ކަލޭމެންގެ ހަތިޔާރު މިހާރުވެސް ބޭނުންކޮއް އެއިން ހަމާސްއައް ހަމަލަދެމުންދާ ބައެއްގެ ކައިރިޔައް އެހެންވީމަ ކަލޭމެންގެ ހަތިޔާރަކު ބާރެއްނެތެއްނު ތިޔައުޅެނީ ހަމާސްގެ ހަތިޔާރުގެ ބާރުހުރިވަރު ވަޒަން ނުކުރެވިގެން ދޭބަލަ ރީތިބޮނޑިއެއްލިބޭނެ

    11
  6. މަހުދީ

    އެމެރިކާއަކީ މިމައްސަލާއިގެ އަސްލު، އެމެރިކާ ހިނަގަނީ އަރަބި ތެލުގެ ޑޮލަރުން.

    14
  7. ޝާން

    މިހަނގުރާމަ ތެރެއަށް އިރާން ވަދެފާނެތީ މަނަވަރު އެ ގެނައީ. އެމެރިކާއިން ވަރަށް ބޭނުންވޭ އިރާނާއި ހަނގުރާމަ ކުރަން. އެއީ އިސްރާއީލަށް އެހީވާންކަމުގައި ދައްކުވައިގެން ވިޔަސް. އިރާނުން ރަޝިޔާއަށް ޔޫކުރޭނާ ދެކޮޅަށް އެހީތެރިވެ އެއްބާރުލުންދޭތީ އެކަން ކޮންމެހެންވެސް ކުރެވޭތޯ ބަލާނެ.

  8. ނާފިޒް

    މުޅި ދުނިޔެ ފަސާދަ ކުރާ މީހުންނަކީ އެމެރިކާ އާއި އިނގިރޭސީން ހުރިހާ މުސްލިމް ޤައުތައް ވެގެން އެމީހުންގެ އަތުގައިހުރި ވަޞިލަތްތަކުގެ ބޭނުންކޮށް އެމީހުންނަށް ދަތިކޮށް ފިއްތާލައިފިއްޔާ ތިޔަ މީހުން ސައިޒުވެ އެމީހުން ގެ ނޮހޮރޮއްޕާނުން ދުނިޔެ ސަލާމަތް ވެދާނެ .