ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައިގަންނާނީ ކާމިޔާބު ހޯދުމަށް ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ މިއަދު ވަނީ އިސްރާއީލްގެ ކެބިނެޓްގެ މެމްބަރުންނާ އެކީގައި އިމަޖެންސީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ނަތަންޔާހޫ ބުނީ އިސްރާއީލް ބަލި ކުރެވިދާނެ ކަމަށް ފަލަސްތީނުގައި ތިބި ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް ހީކުރެވުނު ކަމަށެވެ. އެކަމަކު، ހަމާސް ބަލި ކުރާނެ ބަޔަކީ އިސްރާއީލް ކަމަށް އޭނާ ބުންޏެވެ. އަދި އެކަމުގައި އިސްރާއީލްގެ އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބި ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ތިބީ އިސްރާއީލް ރައްޔިތުންގެ ހައްގުގައި ކޮންމެ ފަދަ ގުރުބާނީއެއް ވާން ވެސް ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލްގެ 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. ރައްދުގައި ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 2،670 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލްގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ހާޒީ ހަލެވީ ބުނީ ހަމާސް ގްރޫޕްގެ މުޖާހިދުން ނައްތާލުމަށް ވަރަށް އަވަހަށް ޣައްޒާ އަށް ވަންނާނެ ކަމަށެވެ. ޣައްޒާ އަށް ވަދެ، ހަމާސްގެ މުޖާހިދުންނަށް ހަމަލާ ދިނުމަކީ އިސްރާއީލް ސިފައިންގެ ޒިންމާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ޣައްޒާ އަށް ވަނުމަކީ އަހަރުމެންގެ ޒިންމާއެއް. ހަމާސް އިން ތައްޔާރުވަމުންދާ، ހަރަކާތްތެރިވަމުންދާ، ރާވަމުންދާ ތަންތަނަށް ދާނަން. އެމީހުންނަށް ހަމަލާ ދޭނަން ކޮންމެ ތަނަކަށް ވަދެ ވެސް. ކޮންމެ ކޮމާންޑަރަކަށް ހަމަލާދީ، އެމީހުންގެ ވަސީލަތްތައް ހަލާކުކޮށްލާނަން،" ޗީފް އޮފް ޑިފެންސް ފޯސް ބުންޏެވެ.

"އެއް ބަހުން ބުނާ ނަމަ، އަހަރުމެން މިދަނީ މޮޅުވާން،"

ޗީފް އޮފް ޑިފެންސް ފޯސް ވަނީ ކުރިއަށް ވަރަށް މުހިންމު އަދި ބޮޑު މަސައްކަތެއް ކުރަން އޮތް ކަމަށް ބުނެފައެވެ. މިއީ ދިގު ތާރީހުގައި ވެސް ނުވެފައި އޮތް އެކަމަކު، ތާރީހު ބަދަލުކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާަމަރީ

    ތިތާކު ނެތް ބަޑިއެއްގައި ހިފާލަން އެނގޭމީހެއްވެސް

    22
  2. އަވަށުމީހުން

    ފޮނި ކަޑާފައި މީހުންގެ ޅަދަރިންތައް ހަނގުރާމައަށް ނެރެފައި ޖެނެރަލުންތައް ފިލާނެ

    33
    1
  3. ވިސް

    اللهގެ ރަހުމަތުން ކާމިޔާބުވާނީ މުސްލިމުންނަށް، ނިކަމެތިކަމާއެކު ފައިބަން ޖޭނީ الله ގެ އަދުވުންތައް

    45
  4. ޓިނު އަދުރޭ

    ބަލަމާ ވާ އެއްޗެއް . 8 ދުވަސް ވެއްޖެ ހަމާސް ހަނގުރާމަ އިޢުލާން ކުރިތާ ، ހަމާސް އިންދޭ ޙަމަލާގެ ރައްދުގައި ޙަމާސް އާ ކުރިމަތިލާކަށް ނުކެރެ . އަންހެނުންނާ ކުޑަކުދިންނަށް ޙަމަލަދެނީ .8 ދުވަސްވީ އިރުވެސް އިސްރޭލުން ބޭނުންވި އެއްވެސް ގޯލެއް ޙާޞިލް އެއް ނުވި

    30
  5. އަހްމަދު

    ﷲގެ އިރާދަފުޅުން ރަނގަޅު ބައްޔަކުން ބަލިބެ ދިރިތިބި ބަޔަކު ފިލަން ދުވާ މަންޒަރު ފެންނާނެ! ޝަހީދު ވާ ކޮންމެ މުސްލިމަމަކަށް 10 ޔަހޫދިންގެ މަރު ގެންދަވާށި. އާމީހުން

    18
  6. Anonymous

    އެމެރިކާ އަޑީގަ އޮވެގެން ކުރާ ކަންކަން.

  7. Anonymous

    ގަދަކީރިތިވަންތަ ﷲގެ މައްޗައް ނަސްރުލިބޭނޭ ހަމަ އެއްވެސްފަރާތެއްނުވޭ. އަދިހައްގުގޮތުގާ ތިބިމުސްލިމުންނައް މެނުވީ ނަސްރުލިބުމެއްވެސް ނުމެވޭމެޔަ. ވަﷲޢަޢުލަމް.

  8. އަލީބުނީ

    އިންޝާﷲ ތިޔަ ފިނޑި އިޒްރާއިލް ބައިގަނޑު ހަނާވާނެ މިފަހަރު.

  9. مريم

    އިސިް ލާމްދީނުގެ އަދުއްވުން ބަލިކުރައްވައި ނިކަމެތި ކުރައްވާށިދުނިޔޭގެ ކަންކޮޅުތަކުގައި ދިރި އުޅޭހުރިހާމުސްލިމުން މިނުލަފާ ޔަހޫ ދީން ނަށްހައްގު ޝަޒާ ދިނުމަށް ކަމަރު ބަނދެގެން ތެދުވާންވީ ވަގުތު ޖެހިއްޖެ އެގޭ އެއްކަމަކީالله سبحانه وتعالى ގެ ހެޔޮ ރަހުމަތުންއަޅަމެނަށް ނަސްރާއި ފަތަހަ ލިބޭނެކަން والله أعلم އަޅަ މެންގެ ފައތިލަ އަދުއްވުންގެ ކުރިމަތީގައި ސާބިތު ކޮށް ދެއްވާށި އާމީން