02:42

އިސްރާއީލުގެ އަސްކަރީ ޖެޓްތަކުން ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލެއް ކައިރިއަށް ބޮން އަޅާ މަންޒަރު....

 

02:40

ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް އިސްރާއީލުގެ ނިރުބަވެރިން ބުނެފި.

ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ- އިސްރާއީލް

02:18

ޣައްޒާގެ އިރުމަތީ ގިނަ ސަރަޙައްދުތަކެއްގައި، ޣައްޒާގެ ހަނގުރާމަވެރިންނާއި، އިސްރާއީލް ނިރުބަވެރިންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

02:16

މުވާސަލާތީ ހިދުމަތް ކަނޑާލުމުން ޣައްޒާގައި ތިބި ޔުނިސެފްގެ މުވައްޒަފުންނާއި ގުޅުން ކެނޑިފައިވާ ކަމަށާއި އެތައް މިލިއަން ކުދިންނަށް އޮތް ބިރުވެރި ކަމުގެ ތެރޭގައި އެމީހުންގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވާ ކަމަށް ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ބުނެފި.

02:13

ޣައްޒާގެ މިހާރުގެ ހާލަތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ހަނގުރާންމަތީ މައިދާނުގައި ތިބި ޑޮކްޓަރުންނާއި ގުޅުން ކެނޑިފައިވާ ކަމަށް ޣައްޒާގެ ބޭރުގައި ތިބި ޑޮކްޓަރުން ބުނެފި.

02:10

ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގެ އަޑީގައި ހަމާސް ޖަމާއަތުގެ މުޖާހިދުން ތިބި ކަމަށް ބުނެ، ހޮސްޕިޓަލަށް ހަމަލާދިނުން ވާނީ ސަރަހައްދީ ހަނގުރާމައަކަށް މަގުފަހި ކުރުން ކަމަށް އިސްރާއީލުގެ ނޫސްވެރިއެއް ކަމަށްވާ ޑިމީ ރައިޑާ ބުނެފި.

02:04

އިސްރާއީލަށް އެއްގަމުން މަގުން ޣައްޒާއަށް އެރިޔަ ނުދޭން ގިނަ އަދަދެއްގެ ހަމަލާތަކެއް ހަމާސް ޖަމާއަތުން ދެމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

01:50

ޔަމަނުން އިސްރާއީލްގެ ނިރުބަވެރިންނާއި ދިމާލަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި.

ޔަމަނުން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވައިފި

01:42

އިސްރާއީލުގެ ދެކުނުގެ ސިޓީތަކަށް މިސައިލް ހަމަލާތަކެއް ފޮނުވާފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފި.

01:41

އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ މުވާސަލާތީ ހިދުމަތްތައް ކެނޑުމުގެ ސަބަބުން ޣައްޒާގައި ތިބި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މުވައްޒަފުންނާއި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކާއި ގުޅޭނެ ގޮތެއް ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި.

01:21

އިސްރާއީލް އަސްކަރިއްޔާގެ ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާ އަށް އަރައިފި ނަމަ، ކުރިމަތިލާން ތައްޔާރަށް ތިބި ކަމަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަދި އެ ގައުމުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިރޭ ބުނެފި.

01:21

ޣައްޒާއަށް ވަންނަން ދިޔަ އިސްރާއީލުގެ ނިރުބަވެރިންތަކެއް މަރާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި.

ޣައްޒާއަށް ވަންނަން ދިޔަ އިސްރާއީލުގެ ނިރުބަވެރިންތަކެއް މަރާލައިފި

01:02

ރަސްމީކޮށް އެއްގަމު މަގުން އިސްރާއީލަށް އަދި ނާރާ ކަމަށް އިސްރާއީލުން ބުނެފި.

އެއްގަމު މަގުން ޣައްޒާއަށް އަދި ނާރަން- އިސްރާއީލް

00:53

އިސްރާއީލުގެ ގިނަ އަދަދެއްގެ ނިރުބަވެރިން އެއްގަމު މަގުން ޣައްޒާގެ ބެއިތް ހާނޫން އާއި ބުރީޖްގެ އިރުމަތީ ސަރަހައްދުތަކުން ވަދެފައިވާ ކަމަށާއި އެސަރަހައްދުތަކުގައި ވަރުގަދަ ހަމަލާ ބަދަލު ކުރުންތަކެއް ކުރަމުން އަންނަ ކަމަށް ހަމާސް ޖަމާއަތުން ބުނެފި.

00:51

އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ކަމަށް އިސްރާއީލް އަސްކަރިއްޔާގެ ސްޕޯކްސްމަން ޑެނިއަލް ހަގަރީ ބުނެފި.

00:48

ޣައްޒާގެ އުތުރުގެ ސަރަހައްދުގައި އިސްރާއީލުގެ ނިރުބަވެރިންނާއި ފަލަސްތީނުގެ މުސްލިމުންނާއި ދެމެދު ވަރުގަދަ ކުރިމަތިލުމެއް ކުރިއަށްދާ ކަމަށް ރިޕޯޓްތަކުން ބުނެފި.

00:32

އިސްރާއީލުގެ ނިރުބަވެރިން އެއްގަމު މަގުން ޣައްޒާއަށް އަރާފައިވާ ކަމަށް ޖޯޑަން އިން ބުނެފި.

އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އަރައިފި- ޖޯޑަން

00:31

ވައިޓް ހައުސްގެ ތަރުޖަމާނު ކިރްބީ: އެމެރިކާ އިން ތާއީދު ކުރަނީ ޣައްޒާ އަށް އިންސާނީ އެހީ އާއި ތެލާއި ކަރަންޓު ފޯރުކޮށްދިނުމަށް ހަމަލާތައް ދިނުން މެދުކަނޑާލަން. ޣައްޒާ އަށް ގެންދިޔަ މީހުން ސަލާމަތް ކުރުމަށް މި ހަމަލާތައް ދިނުން މެދުކަނޑާލަން ޖެހޭ. އެކަމަށް އެމެރިކާ އިން ތާއީދު ކުރަން.

00:26

އިސްރާއީލުން މިރޭ ޣައްޒާ އަށް ހަމަލާތައް ދެނީ.
އިސްރާއީލުން މިރޭ ޣައްޒާ އަށް ހަމަލާތައް ދެނީ.
އިސްރާއީލުން މިރޭ ޣައްޒާ އަށް ހަމަލާތައް ދެނީ.
އިސްރާއީލުން މިރޭ ޣައްޒާ އަށް ހަމަލާތައް ދެނީ.
އިސްރާއީލުން މިރޭ ޣައްޒާ އަށް ހަމަލާތައް ދެނީ.

00:24

ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި، އަލް ގުދުސް ބްރިގޭޑްސް އިން އިސްރާއީލުން ހިފާފައިވާ އަޝްކެލޮން، އަޝްދޮދް އަދި ސީރޫތަށް ހަމަލާދީފި.

00:19

އިސްރާއީލުން ހިފާފައިވާ ނާބްލުސްގައި ފަލަސްތީނުގެ ރައްޔިތުން ވަރުގަދަ މުޒާހަރާއެއް ކުރަމުން އެބަދޭ.

00:17

ސިއްހީ ހިދުމަތުގެ މީހުން މަޑުކޮށްގެން ތިބީ ޒަހަމްވެފައި ތިބި މީހުން ހޮސްޕިޓަލްތަކަށް އަންނަން ދެން. އެ ނޫން ގޮތަކަށް އިސްރާއީލުން ހަމަލާތައް ދޭ ސަރަހައްދުތައް އެނގޭކަށް ނެތް. ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން ބޮޑަށް ބޮން އަޅަނީ އުތުރު ޣައްޒާ އަށް.

00:12

ފަލަސްތީނުގެ ޣައްޒާ އަށް އަރަން ތިބި އިސްރާއީލްގެ ނިރުބަވެރިންނަށް އަމާޒުކޮށް ފަލަސްތީނުގެ މުޖާހިދުން ހަމަލާދޭން ފަށައިފި.

00:00

ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ފެންސް ކައިރި އަށް އައިސް ތިބި އިސްރާއީލްގެ އަސްކަރީ ވެހިކަލްތަކާ ދިމާލަށް އެންޓި ޓޭންކް މިސައިލް ފޮނުވަމުންދާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކުރޭ.

23:51

އުރުދުންގެ ރައްޔިތުން މިހާރު ދަނީ އެ ގައުމުގައި ހުންނަ އެމްބަސީ ކައިރީގައި މުޒާހަރާ ކުރަމުން. އެ މުޒާހަރާ ރޫޅާލަން ސަލާމަތީ ބާރުތަކުން ދަނީ މަސައްކަތް ކުރަމުން. އަދި އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ.

23:51

އިސްރާއީލުން ފަލަސްތީނަށް މިރޭ ބޮން އަޅަނީ.

23:41

މުއާސަލާތީ ހިދުމަތް މެދުކަނޑާލާފައިވާތީ އެމްބިއުލާންސް ފޮނުވަންވީ ދިމާލެއް ވެސް ނޭނގެ. އިމަޖެންސީ ނަންބަރު 101 ގެ ހިދުމަތް ވަނީ މެދުކެނޑިފައި. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމަށް ޓީމުތަކަށް ދަތިވެފައިވާ ކަމަށް.

23:39

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ނިރުބަވެރިން މިހާރު ދަނީ ޓޭންކުތައް މެދުވެރިކޮށް ޣައްޒާ އަށް ހަމަލާ ދެމުން. އެކަމަކު ހަމަލާ ދެނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގައި ތިބެ ކަމެއް ނުވަތަ ޣައްޒާ އަށް އަރާ ކަމެއް އަދި ސާފެއް ނޫން.

23:31

ޣައްޒާގައި ތިބި ފަލަސްތީނު ރެޑް ކްރެސެންޓްގެ ސޮސައިޓީގެ ޓީމުތަކާ އެކުގައި އޮތް މުއާސަލާތީ ގޮތުން އޮތް ގުޅުން ކެނޑިފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފި.

23:24

ފަލަސްތީނުގެ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލް ކައިރި އަށް އިސްރާއީލުގެ ނިރުބަވެރިން ހަމަލާދީފި.

23:18

ޣައްޒާގައި ތިބި މީހުން ބުނާ ގޮތުގައި އެ ތަން މިހާރު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި. ޣައްޒާ އޮތީ ވަރަށް ނުރައްކާތެރި، ހާލަތެއްގައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ޝަހީދުވަމުންދާ ކަމަށް ވެސް އެމީހުން ބުނަމުން އެބަދޭ.

23:14

އިސްރާއީލްގެ ޓޭންކުތައް ޣައްޒާ އާއި އިސްރާއީލްގެ ބޯޑަރު ގުޅޭ ބޯޑަރު ކައިރި ކަމަށްވާ ބެއިތު ލަހިއާ އަދި ބެއިތު ހަނޫން ކައިރިން ކުރިއަށް ޖެހެމުންދާ ކަމަށް ރިޕޯޓުތައް ބުނޭ.

23:12

23:11

ފަލަސްތީނުގައި ހުރި ނޫސްވެރިޔާ ވާއިލް ދަހްދޫ: އަހަރުމެންގެ ހާލު ރަނގަޅެއް ނޫން. ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް މުޅިން ފެންނަނީ. ބޮން އެޅުމުން އެކަމުގެ އަސަރު ހުރިހާ އެންމެންނަށް ކުރޭ. ބޮން އެޅުން އެއްވެސް ވަރަކަށް ނުހުއްޓޭ.

23:09

ފަލަސްތީނުގައި ހުރި ނޫސްވެރިޔާ ވާއިލް ދަހްދޫ: އިސްރާއީލުން މިހާރު ޣައްޒާގައި ހިންގަން އެ އުޅެނީ ބޮޑު ގަތުލުއާންމެއް.

23:08

ފަލަސްތީނުގައި ހުރި ނޫސްވެރިޔާ ވާއިލް ދަހްދޫ: އިސްރާއީލްގެ 100 އާ ގާތް ކުރާ އަދަދަކަށް އިސްރާއީލްގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތަކުން ދަނީ ބޮން އަޅަމުން.

22:57

ޣައްޒާ އަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންދާތީ އެ ސަރަހައްދުތަކަށް އެމްބިއުލާންސްތަކަށް ވެސް ދަތުރު ނުކުރެވޭ. އެހެންވެ، ޝަހީދުވެފައިވާ މީހުންގެ އަދަދާއި ޒަހަމްވެފައިވާ މީހުންގެ އަދަދު ވެސް ސާފެއް ނުވޭ.

22:56

ޣައްޒާ އިން ފޮނުވާލި ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގައި މަސައްކަތް ކުރާ ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލްގައި ބުނެފި.

22:55

ޣައްޒާ އިން މުއާސަލާތީ ހިދުމަތް މެދުކެނޑުމާ ގުޅިގެން ޣައްޒާގައި ތިބި ރައްޔިތުން، އެކަކު އަނެކަކުގެ ހާލު ބެލުމުގައި ވެސް ދަތިތައް ވަނީ ކުރިމަތިވެފައި. އަދި ބައިނަލްއަގުވާމީ މުޖުތަމައު އާއި ޣައްޒާއާ ދެމެދު އޮތް މުއާސަލާތީ ގުޅުން ވަނީ މެދުކެނޑިފައި.

22:54

ފަލަސްތީނުގެ މޮބައިލް ކުންފުންޏެއް: މުއާސަލާތީ ހުރިހާ ހިދުމަތެއް، އިންޓަނެޓުގެ ހިދުމަތެއް ޣައްޒާ އިން ވަނީ މެދުކެނޑިފައި އެއީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން.

22:52

ޣައްޒާ އިން އިންޓަނެޓް ކެނޑިފައިވާ ކަން ނެޓްބްލޮކް އިން ކަށަވަރުކޮށްދީފި.

21:51

އިސްރާއީލްގެ ޔަހޫދީ ސިފައިން، ފަލަސްތީނުގެ ޣައްޒާ އަށް މިހާރު ދެމުން އަންނަނީ މިހާތަނަށް ޣައްޒާ އަށް ދޭ އެންމެ ވަރުގަދަ ހަމަލާތައް ކަމަށް ބޭރުގެ ރިޕޯޓުތަކުން ރިޕޯޓު ކުރަން ފަށައިފި.

21:45

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލް ޝިފާ ހޮސްޕިޓަލް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ، އިސްރާއީލްގެ އަސްކަރިއްޔާ އިން ދެއްކި ވާހަކަ ހަމާސް އިން މިރޭ ދޮގުކޮށްފި.

21:18

ފަލަސްތީނުގެ ޣައްޒާ އިން މުއާސަލާތީ ހިދުމަތާއި އިންޓަނެޓު ކަނޑާލައި، އިސްރާއީލްގެ ޔަހޫދީން ވަރަށް ވަރުގަދަ އަށް ބޮން އަޅަން ފަށައިފި.

20:37

ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް މިހާރު ވެސް ދެމުން އެބަދޭ.

20:13

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މައިގަނޑު އޮޕަރޭޝަންތައް ހިންގަމުން ގެންދަނީ ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލްގެ އަޑީގައި ކަމަށް ބުނެ، އިސްރާއީލް އަސްކަރިއްޔާގެ ސިފައިން އާ ތިއަރީއެއް މިއަދު ނެރެފި.

20:12

އިސްރާއީލްގެ އަސްކަރިއްޔާ އިން ދެންމެ ބުނީ ލުބުނާން ސަރަހައްދުން އިސްރާއީލްގެ އަސްކަރިއްޔާ އަށް ފޮނުވާލި ރޮކެޓް ހަމަލާތަކެއް ސީރިއާ އަށް ވެއްޓިފައިވާ ކަމަށް.

 

19:36

އިސްރާއީލްގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް 141 މެޓްރިކް ޓަނުގެ ކާތަކެތި ޣައްޒާ އަށް ވައްދާފައިވާ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމުން މިއަދު ބުނެފި.

19:22

އދ. ގެ އާންމު މަޖިލިހުގެ ކުއްލި ބައްދަލުވުމެއް މިހާރު ކުރިއަށް އެބަދޭ.

19:11

ރެޑް ކްރޮސް އިން ބުނީ ފުރަތަމަ ފަހަރަށް ރެޑް ކްރޮސްގެ ސިއްހީ އެހީތެރިން ރަފާހް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެތެރެވެފައިވާ ކަމަށް. މިއީ އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން ރެޑް ކްރޮސްގެ ބަޔަކު ޣައްޒާ އަށް ވަތް ފުރަތަމަ ފަހަރު. ރެޑް ކްރޮސް އިން ބުނީ ހަ މެޑިކަލް ސްޓާފުން ޣައްޒާ އަށް ވަދެފައިވާ ކަމަށް. އަދި އައިސީއާރުސީ ސްޕެޝަލިސްޓުންނާއި އެހީ ހިފައިގެން ދިޔަ ހަ ޓްރަކް ވެސް ވަދެފައިވާ ކަމަށް ރެޑް ކްރެސް އިން ބުނެފައިވޭ.

19:03

އިސްރާއީލްގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް މަޝްވަރާ ކުރަމުންދާ އިރު، ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އަލް-ޖަޒީރާ އިން ރިޕޯޓުކޮށްފި.

18:35

އިސްރާއީލްގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާގެ އަވަށެއްގައި ބޮޑު ގަތުލުއާންމެއް ހިންގައި ގިނަ އަދަދެއްގެ ބަޔަކު މިއަދު ޝަހީދުކޮށްލައިފި.

17:53

އިސްރާއީލްގެ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު 7،300 އަށް އަރައިފި.

17:33

މީގެ ކުޑައިރުކޮޅެއް ކުރިން، ޣައްޒާގެ އުތުރަށް އިސްރާއީލުން ވައިގެ މަގުން ހަމަލާދީ 28 މީހަކު ޝަހީދުކޮށްލައިފި. އަދި 110 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައި.

 

17:31

ބެއިތު ލަހްޔާ އަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ބަޔަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެ.

17:09

އިސްރާއީލްގެ ވެރިރަށް ތެލް އަވީވްގެ ސަރަހައްދަކުން ދުން އަރަނީ.

17:08

އިސްރާއީލްގެ އިމާރާތެއްގައި މިއަދު އަލިފާން ރޯވެފައި.

17:07

އިސްރާއީލަށް ދިން ހަމަލާތަކުގައި މަދުވެގެން ތިން މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

17:05

ހަމާސް އިން އިސްރާއީލްގެ ތެލް އަވީވް އަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތައް އިސްރާއީލްގެ އިމާރާތްތަކަށް އަމާޒުވެފައިވޭ.

ހަމާސްގެ އަލް ގައްސާމް ބްރިގޭޑްސް އިން ވަނީ މި ހަމަލާތަކުގެ ޒިންމާ ނަގާފައި. ހަމާސް އިން ބުނާ ގޮތުގައި މި ހަމަލާތައް ދިނީ ޔަހޫދީން ޣައްޒާގައި މިހާރު ހިންގަމުން އަންނަ ގަތުލު އާންމަށް ރައްދު ދިނުމުގެ ގޮތުން.

17:04

އިސްރާއީލްގެ އަނިޔާވެރިކަމާ ދެކޮޅަށް މިއަދު ވެސް އެކި ގައުމުތަކުގައި މުޒާހަރާތައް ކުރަމުން އެބަދޭ. އޭގެ ތެރޭގައި ޔަމަން، ލުބުނާން، އުރުދުން، އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރި ވެސް ހިމެނޭ.

15:59

ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު ވެސް ޣައްޒާއަށް ބޭނުންވާ އެހީ ދިނުމަށް ފްރާންސްގެ ފޮރިން މިނިސްޓަރު، ކެތެރިން ކޮލޮއްނާ ގޮވާލައިފި.

 

15:52

ނުބައި ނުލަފާ ޔަހޫދީ ޤައިރުޤާނޫނީ ދައުލަތް އިސްރާއިލުން ދެމުންގެންދާ އިންސާނިއްޔަތު ކަމެއް ނެތް ހަމަލާތަކާއެކު ގެދޮރު ގެއްލުނު ޣައްޒާގެ ކައްކާއަށް ލިބޭ އެހީން 50 އާއިލާއަކަށް ކައްކަދޭން ފަށައިފި.

 

15:45

އަޤްސާ މިސްކިތުގައި ހުކުރު ނަމާދު ނުވާނެހެން ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން މިސްކިތުގެ އެކި ސަރަހައްދުގައި ފޯރިމަރަމުން ދިޔަ ކަމަށާއި އެސަރަހައްދަށް ފަލަސްތީނުގެ އެއްވެސް މީހަކަށް ވަދެވޭނެ މަގެއް ތަނަވަސްކޮށްދީފައި ނުވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

15:27

ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ރޮކެޓް ސައިރަން އަޅަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

15:21

އިސްރާއީލުން ޣައްޒާ ބަންދު ކުރުމާއި ގުޅިގެން ކުރިއަށްއޮތްތާ ޝަހީދުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް އަލިފްދާލުން ބުނެފި.

15:17

އެހީ ބޭނުންވެފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ޣައްޒާއަށް 10 ޑޮކްޓަރުންނާއި 10 ޓްރަކް ވަދެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި ޣައްޒާއަށް ވަން ޓްރަކް ތަކުގައި ގެންގޮސްފައިވަނީ ފެނާއި، ކާބޯތަކެތީގެ އިތުރުން ބޭސް.

15:16

އިސްރާއީލުން ޣައްޒާއަށް އެހީދިނުމާއި ސީދާ ދެކޮޅު ކަމަށް އަލިފްދާލުން ބުނެފި.

 

14:41

ޣައްޒާގެ ހޮސްޕިޓަލް ކައިރީގައި ގޮވި ގޮވުމަކީ އެއީ އިސްރާއީލުން ފޮނުވާލި މިސައިލަކުން ހިނގި ހާދިސާއެއް ނޫން ކަމަށާއި އެއީ ފަލަސްތީނުން ފޮނުވާލި ރޮކެޓަކުން ހިނގި ހާދިސާއެއް ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި.

 

14:18

ހަމާސް ޖަމާއަތުގެ ހުޅަނގު ޚާން ޔޫނިސްގެ ކޮމާންޑަރު، މަދަތް މުބަޝީރް ޝަހީދު ކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ސިފައިން ބުނެފި.

14:00

އިސްރާއީލުގެ 229 މީހަކު ރަހީނު ކޮށްގެން ޣައްޒާގައި ގެންގުޅެމުން އަންނަ ކަމަށް އިސްރާއީލުން ބުނެފި.

12:57

ފާއިތުވި 24 ގަޑިއިރު، އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ 480 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ބުނެފި.

12:45

 

12:27

އިސްރާއީލަށް ގޮސް ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުންވާކަން ހަރުކަށި ހިންދޫންތަކެއް ހާމަކޮށްފި

11:17

ފަލަސްތީނަށް އޮތް ލޯބި ދައްކާލައި، ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ، ނިއުޔޯކުގައި ގިނަ ބަޔަކު އެއް ވެއްޖެ.

ފަލަސްތީނަށް އޮތް ލޯބި ދައްކާލައި ނިއުޔޯކުގައި ބޭއްވި ހިނގާލުން-- ފޮޓޯ: ގުދުސް ނެޓްވޯކް
ފަލަސްތީނަށް އޮތް ލޯބި ދައްކާލައި ނިއުޔޯކުގައި ބޭއްވި ހިނގާލުން-- ފޮޓޯ: ގުދުސް ނެޓްވޯކް
ފަލަސްތީނަށް އޮތް ލޯބި ދައްކާލައި ނިއުޔޯކުގައި ބޭއްވި ހިނގާލުން-- ފޮޓޯ: ގުދުސް ނެޓްވޯކް

11:08

އިސްރާއީލުގެ ޔަހޫދީ ސިފައިން މިއަދު ހެނދުނު ދިން ހަމަލާތަކުގައި ފަލަސްތީނުގެ 12 މީހަކު ޝަހީދުވެއްޖެ.

 

10:35

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކަހަލަ ހަމަލާއެއް އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ދީފަނެތީ، އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް އެމެރިކާއާއި އެކީ ދެކުނު ކޮރެއާއިން އަސްކަރީ ތަމްރީނުތަކެއް ފަށައިފި.

އުތުރު ކޮރެއާގެ ހަމަލާއަކަށް ދެކުނު ކޮރެއާއިން ތައްޔާރު ވަނީ

 

10:19

އިސްރާއީލުން ޚާން ޔޫނިސްއަށް ދިން ހަމަލާގައި ޝަހީދުުވި މީހުންގެ އަދަދު 15 އަށް އަރާފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ބުނެފި.

އިސްރާއީލުން ހުއްޓުމެއް ނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުން އަންނައިރު، ރޭގެ ވަގުތެއްގައި ވެސް ބައެއް ސަރަހައްދުތަކަށް ވަނީ ހަމަލާދީފަ.

10:18

އެމެރިކާއިން ބުންޏަސް، އެގައުމުން ސީރިއާއަށް ދިން ހަމަލާއަކީ އިސްރާއީލާއި ހަމާސް ހަނގުރާމައާއި ގުޅުން އޮތް ހަމަލާއެއް ކަމަށް ހަނގުރާންމަތީ ތަޖުރިބާކާރަކު ބުނެފި.

10:17

އެމެރިކާއިން ސީރިއާއަށް ހަމަލާތަކެއް ދީފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި ރޭގެ ވަގުތެއްގައި އެމެރިކާއިން ސީރިއާއަށް ފޮނުވާލި ހަމަލާތަކެއް އަމާޒުވެފައިވަނީ ސީރިއާގެ ހަތިޔާރު ރައްކާ ކުރާ މަރުކަޒަކަށާއި އެހެން މަރުކަޒަރަކަށް.

މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެމެރިކާއިން ސީރިއާއަށް ހަމަލާތަކެއް ދީފައިވަނީ F-16 މަރުކާގެ ޖެޓުތަކެއް ބޭނުން ކޮށްގެން. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އެމެރިކާއިން ދިން މި ހަމަލާއަކީ އީރާނުން އެމެރިކާއަށް ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް. އެމެރިކާއިން ގަބޫލު ކުރާ ގޮތުގައި ސީރިއާއަކީ އީރާނުން ވާގިވެރިވާ ބައެއް.

09:18

ޔަހޫދީން ހިންގާ ނުބައި ނުލަފާ ޖަރީމާތައް ބޮޑެތި ކުންފުނިތަކުން ސެންސަރު ކުރަނީ ކީއްވެ؟

 

09:07

އިސްރާއީލުގެ ޔަހޫދީން ފަލަސްތީނަށް ރޭގެ ވަގުތެއްގައި ރޭޑުކޮށް، 19 މީހަކު ހައްޔަރު ކޮށްފި.

އިސްރާއީލުން ފަލަސްތީނަށް ރޭޑުކޮށް، 19 މީހަކު ހައްޔަރު ކޮށްފި

 

ފަލަސްތީން ރައްޔިތުންގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި އިސްރާއީލާއި މިހާރު ކުރަމުން އަންނަ ހަނގުރާމައަކީ ފަހުގެ ތާރީހެއްގައި ވެސް ހަމާސް ޖަމާއަތުން ދިން އެންމެ ވަރުގަދަ ހަމަލާތަކާއި ގުޅިގެން ކުރެވެމުން އަންނަ ހަނގުރާމައެކެވެ.

މިހަނގުރާމައަށް 21 ދުވަސް ވެފައިިވާއިރު، ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި އެތައް ހާސް ބަޔަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ވެފައެވެ. ޒަހަމްތައް ވެފައިވާ މީހުންނަށް ހޮސްޕިޓަލްތައް ފުރި، ކަރަންޓް ނެތުމުގެ ސަބަބުން ވަނީ ފަރުވާ ދިނުމަށް އިންތިހާށް ދަތިވެފައެވެ. ނަމަވެސް ޑޮކްޓަރުން ރެއާއި ދުވާލު ނުނިދައި މަސައްކަތް ކުރަމުން އަންނަނީ ހޮސްޕިޓަލްތަކުގެ ހޯލްވޭ ތަކުގައި ވެސް އެނދުތައް ޖަހައިގެން، ފޯނުން އަލިކޮށްގެން އެފަރާތްތަކަށް ފަރުވާ ދިނުމަށެވެ.

މިހަނގުރާމަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސަމާލު ކަމަށް އައި ނަމަވެސް، ހަނގުރާމައަށް ހައްލެއް ގެނެސް، ހުއްޓުވުމުގެ މަސައްކަތް ކުރާތަނެއް ފެނިގެނެއް ނުދެއެވެ. "ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ" ކަމަށާއި "އިތުރު ހަރުފަތަކަށް އިސްރާއީލުން ހަނގުރާމަ ގެންގޮސްފިނަމަ" އިސްރާއީލް ނައްތާލާނެ ކަމަށް ދޭހަވާ އިންޒާރުތައް ދިނުން ނޫން ކަމެއް ބައެއް ގައުމުތަކަށް ނެތެވެ. ބައެއް ގައުމުތަކުން އިސްރާއީލަށް ތާއީދުކޮށް، "އަލިފާނަށް" އިތުރަށް ރޯ ކުރަން ވެސް މަސައްކަތް ކުރާތަން ފެނިގެން ދެއެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ، އިސްރާއީލާއި ޣައްޒާ މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރު

    ފަލަސްތީނުހެގެ ރައްޔަތުންގެ ޙައްޤުގައި މަސައްކަތްކުރާ ހަމާސްއާއި ހަމާސްއާއި ގުޅިގެން މަސައްކަތް ކުރާ ހުރިހާޖަމާޢަތަކަށް ކާމިޔާބާއި ނަޞްރާއި ފަތަޙަދެއްވާނެ އިންޝާ ﷲ

    11