ޔަހޫދީން ފަލަސްތީނުގައި ހިންގާ އިންސާނިއްޔަތާއި ހިލާފު ބޮޑެތި، ނުބައި، ނުލަފާ ޖަރީމާތައް މީސް މީޑިއާ ހިންގާ ބޮޑެތި ކުންފުނިތަކުން ސެންސަރު ކުރަނީ ކީއްވެހެއްޔެެވެ؟ މިކަމަކީ ހުދު އަޅުގަނޑަށްވެސް ކުރިމަތި ލާން ޖެހުނު ކަމެކެވެ. އެއް ފަހަރަކު ނޫނެވެ. މިހާރު ދެ ތިންފަހަރަކު މީސް މީޑިއާއަށް ފަލަސްތީނުގައި ހިނގަމުން އަންނަ ހަނގުރާމައާއި ގުޅިގެން ލީ ޕޯސްޓްތަކެއް ވަނީ ނަގާފައެވެ. އަދި އެ ނެގި ސަބަބަކަށް ފޭސްބުކްއިން ބުނީ، " ހީވަނީ އަޅުގަނޑުމެން ނުރައްކާތެރި ކަމަށް މާނަކުރާ މީހުންނާއި ޖަމާއަތްތަކުގެ ރަމްޒުތަކާއި، ތައުރީފު ނުވަތަ ތާއީދު ހިއްސާކުރިހެންނެވެ. ތިޔަބޭފުޅާގެ ކޮންޓެންޓަކީ ނުރައްކާތެރި ފަރުދުންނާއި ޖަމާއަތްތަކާ ބެހޭގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ މިންގަނޑުތަކާ ޚިލާފު ކޮންޓެންޓެކެވެ." މިހެންނެވެ.

މިއީ ހަމަ އެކަނި އަޅުގަނޑަށް ދިމާ ވެގެން އުޅޭ ކަމެއް ނޫނެވެ. މި ފަހުން މީސް މީޑިއާއަށް ފަލަސްތީނުގެ ހާލަތު ބަޔާންކޮށް، ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާކަންތައްތައް ބަޔާންކޮށް އަދި އިސްލާމްދީނުގެ ހައްގުގައި ޖިހާދުގެ މާނަ ދޭހަވާފަދަ ކޮޮންމެ ޕޯސްޓެއް ލިޔަސް އެ ޕޯސްޓެއް ނަގަނީއެވެ. ސެންސަރު ކުރަނީއެވެ. އެމެރިކާއިން ފެށިގެން ޔޫރަޕާއި އިންޑިޔާއާއި ހަމައަށް ދުނިޔޭގެ އެންމެ ބޮޑު މީސް މީޑިއާ ޕްލެޓްފޯމްތަކުން ޔަހޫދީ ދައުލަތައް ފާޑުކިޔާ ކޮންޓެންޓްތައް ނަގަމުންދާކަމަށް މީސް މީޑިޔާ ބޭނުން ކުރާ މީހުންނާއި އެކްޓިވިސްޓުން ބުނެއެވެ.

އެ ގޮތުން މިދިޔަ ހަފްތާގެ ފަހުކޮޅު ބެލްޖިއަމްގައި ދިރިއުޅޭ ފިލްމު އުފައްދާ އެކްޓިވިސްޓެއް ކަމަށްވާ ތޯމަސް މެޑެންސް އަށް އާދަޔާ ހިލާފު ކަމެއް ފާހަގަ ކުރެވުނެވެ. ފަލަސްތީނާ ބެހޭ ގޮތުން އޭނާ ޓިކްޓޮކަށް ޕޯސްޓްކުރި ވީޑިއޯއެއްގައި “ގެނޮސައިޑް” މި ލަފުޒު ޖަހާފައި ވުމުން ފުރަތަމަ ސްޕައިކަކަށް ފަހު ކުއްލިއަކަށް ޕްލެޓްފޯމްގައި އެންގޭޖްމަންޓް ހުއްޓިފައިވާކަމަށް އޭނާ ބުންޏެވެ. “އަހަރެން ހީކުރީ އެތައް މިލިއަން ވިއުސްއެއް ލިބުނު ކަމަށް،” އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި މެޑެންސް ބުންޏެވެ، “އެކަމަކު އެންގޭޖްމަންޓް ހުއްޓިފައި އޮތީ.” އޭނާ ފާހަގަ ކުރިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިޔުންތެރިންނާއި އެކްޓިވިސްޓުންނާއި ނޫސްވެރިންނާއި ފިލްމު އުފައްދާ މީހުން ބުނެފައި ވަނީ "ފްރީ ޕެލަސްޓައިން" އާއި "އައި ސްޓޭންޑް ވިތު ޕެލަސްޓައިން" ފަދަ ހެޝްޓެގްތަކުގެ އިތުރުން ފަލަސްތީނަށް ތާއީދުކުރާ މެސެޖުތައް ޕްލެޓްފޯމްތަކުން ސެންސަރުކުރަމުން ދާ ކަމަށެވެ.

އަދި މެޓާގެ މިލްކުވެރިކަމުގައިވާ "އިންސްޓަގްރާމް" އިން ވަނީ ހަމައެކަނި ފަލަސްތީނުގެ ވާހަކަ ދައްކާ ޕޯސްޓްތައް "ކޮމިއުނިޓީ ގައިޑްލައިންތަކާ" ހިލާފު ކަމަށް ބުނެ، އެއީ އަމިއްލައަށް ނަގާފައިވާ ފޮޓޯ ނުވަތަ ވީޑީއޯތަކެއް ކަމަށް އިންސްޓާގްރާމް ބޭނުންކުރާ މީހުނަށް ތުހުމަތުކޮށްފަ އެވެ. އަނެއް ބަޔަކު ބުނީ އެމީހުންގެ އިންސްޓަގްރާމް ސްޓޯރީތައް ފޮރުވާފައިވަނީ ލޮސް އެންޖެލިސް އާއި ސެން ފްރެންސިސްކޯ ބޭ އޭރިއާގައި ފަލަސްތީނަށް ތާއީދުކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ މައުލޫމާތު ހިއްސާކުރުމުން ކަމަށެވެ. އަދި ބައެއް މީހުން އިންސްޓަގްރާމް ބަޔޮގްރަފީ ކައިރީގައި “ޓެރަރިސްޓް” މި ލަފުޒު ފެންނަ ކަމުގެ ޝަކުވާ ވެސް ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި މަހުގެ 15 ވަނަ ދުވަހު "އެކްސް" އަށް ކުރި ޕޯސްޓެއްގައި މެޓާގެ ތަރުޖަމާނު އެންޑީ ސްޓޯން ވަނީ ޕޯސްޓްތައް މީހުންނަށް ފޯރާ މިންވަރު މަދުވުމުގެ ސަބަބަކީ އެ ޕުލެޓްފޯމުގައި އުޅޭ "ބަގެއް"ގެ ސަބަބުން ކަމަށް ބުނެފައެވެ.

"މި ބަގުގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކައުންޓްތަކަށް ހަމަހަމަ ގޮތެއްގައި ކުރި ކަމަށާއި، އަދި ވީހާވެސް އަވަހަކަށް އަހަރެމެން ވާނީ އެކަން ހައްލު ކޮށްފަ" ސްޓޯން ލިޔެފައިވެ އެވެ.

ސްޓޯން ވަނީ އިސްރާއީލާއި ހަމާސްގެ ހަނގުރާމައާ ގުޅޭ ގޯސް މައުލޫމާތުތަކާ ކުރިމަތިލުމަށް މެޓާ އިން އެންމެ ފަހުން ކުރި މަސައްކަތްތަކަށް އަލިއަޅުވާލާފައިވާ ބްލޮގް ޕޯސްޓަކަށް އަލްޖަޒީރާއަށް އިޝާރާތްކޮށްފަ އެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ ކުންފުނީގެ މޮޑެރޭޝަން ނިންމުންތަކާ އެއްބަސް ނުވާ ޔޫޒަރުންނަށް އިސްތިއުނާފު ކުރެވިދާނެ ކަމަށެވެ.

މީގެ އިތުރުން ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނަށް ތާއީދުކުރާ އެކައުންޓްތަކަށް "ޓެރަރިސްޓް" މި ލަފުޒު އިތުރުކުރުމުން މެޓާ މައާފަށް އެދުން ސަބަބަކީ ކުޑައިރުކޮޅަކަށް އެކަށީގެން ނުވާ އަރަބި ތަރުޖަމާތަކެއް ކުރިމަތިވެގެން ކަމަށާއި އަދި އެ މައްސަލަ ހައްލުކޮށްފައިވާކަމަށެވެ. މިކަހަލަ ކިތަންމެ ކަމެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީސް މީޑީއާ ބޭނުން ކުރާ މީހުންނަށް އަންނަނީ ކުރިމަތި ވަމުންނެވެ.

މިއީ މީސް މީޑިއާ ޕްލެޓްފޯމްތަކުން ފަލަސްތީނުގެ އަޑުތައް ސެންސަރު ކުރާ ކަމަށް ތުހުމަތު ކުރެވޭ ފުރަތަމަ ފަހަރެއް ނޫނެވެ. މިއީ މިނިވަންކަމުގައި އަޑު އުފުލޭ ޒަމާނަށް ވެފައި ވާއިރު އަޅުގަނޑުމެން މުސްލިމުންނާއި، ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާ މީހުންގެ އަޑެއްވެސް އަދި އަމަލެއްވެސް ނުހުއްޓުވޭނެކަމެވެ. ޕޯސްޓުތައް ނުފެންނަ ގޮތަށް ނެނގިދާނެއެވެ. ސެންސަރު ކުރެވިދާނެއެވެ. އެކަމަކު ހަގީގަތެއް އޮޅުވައެއް ނުލެވޭނެއެވެ. ޔަހޫދީންގެ ހިޔަޅު މަކަރުވެރިކަން މިހާރު ދުނިޔޭގެ އެންމެންނަށް ވެސް އިނގޭނެއެވެ. އަދި މިކަންކަން ފޮރުވާނީވެސް ޔަހޫދީން ކަހަލަ ނުބައި ނުލަފާ އިންސާނިއްޔަތު ކަމެއް ނެތް ޖާހިލުންނެވެ. އިންސާނީ ނަސްލުން އިންސާނުން ގެ ސިފައިގަ ތިބޭ އަނެއްބާވަތަކީ ޔަހޫދީންނެވެ. މި ގޮތުގައި ފަލަސްތީނުގެ ހައްގުގެ މަގުގައި ސާބިތުވެ އަބަދުވެސް އަޑު އުފުލާނަނަމެވެ. ހަމަ ޕޯސްޓު ޑިލީޓު ކޮށްލީ އަނެއް ޕޯސްޓު ލީއެވެ. ދެން ވެސް ލާނަމެވެ. އަދި ވެސް ލާނަމެވެ. މި ސާބިތުކަމެއް އިރާދަކުރެއްވިއްޔާ ނުގެއްލޭނެއެވެ.