މިދިޔަ ހުކުރު ދުވަހުގެރޭ ނޭޕާލަށް އައި ބިންހެލުމާ ގުޅިގެން އެންމެ ފުރަތަމަ އެ ގައުމަށް އެހީތެރިވި ގައުމަކަށް އިންޑިއާވެއްޖެއެވެ.

އިންޑީޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އަވަށްޓެރި ގައުމުތަކަށް އެންމެ ފުރަތަމަ އެހީވުމުގެ ސިޔާސަތުގެ ދަށުން މީގެކުރިން ވެސް ގިނަ ގައުމުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން މީގެ ތިން ދުވަސްކުރިން ނޭޕާލަށް އައި ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކަށް ބޭނުންވާ ކުއްލި އެހީތެރިކަން އިންޑިއާ އިން ވަނީ ފޯރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން ފުރަތަމަ އެހީއެއްގެ ގޮތުގައި އިންޑިއާއިން ފޮނުވާފައިވަނީ ބޭހާއި ރިލީފް މެޓީރިއަލްއެވެ.

 

އިންޑިއާގެ ވައިގެ ސިފައިންގެ ޚާއްސާ މަތިންދާ ބޯޓެއްގައި ނުވަ ޓަނުގެ ރިލީފް މެޓީރިއަލް ގެންދިޔަ ކޮންސައިންމަންޓްގައި ހިމެނެނީ މެޑިކަލް އަދި ހައިޖީން އަށް ކޮންމެހެން ބޭނުންވާ ސާމާނާއި ޓެންޓްތަކާއި ނިދާ ކޮތަޅުތަކާއި ބްލެންކެޓްތަކެވެ.

ރެކްޓަރ މިންގަނޑުން 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައީ ކަނޑުގެ 10 މީޓަރު އަޑިން ނޭޕާލްގެ ޖަޖާކޮޓް އާއި ހުޅަނގު ރުކުމްއަށެވެ.

މި ބިންހެލުމުގައި މިހާތަނަށް 153 މީހުން މަރުވެ 338 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ލޯކަލް ކައުންސިލްތަކުން ބުނެއެވެ.

މި ބިންހެލުން އައީ ރޭގަނޑު މީހުން ނިދާފައި ތިއްބާއެވެ. އެހެންކަމުން ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައެވެ. ލަފާކުރެވޭ ގޮތުގައި 80،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 200،000 މީހުންނަށް އަސަރުކޮށްފައިވެއެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ދެ ޑިސްޓްރިކްޓް ކަމަށްވާ ޖަޖަރކޯޓާއި ރުކުމް ވެސްޓްގައެވެ.

މީގެ އިތުރުން މީގެ ދެ ދުވަސްކުރިން ޖަޖަރކޯޓް ޑިސްޓްރިކްޓަށް 5.8 މެގްނިޓިއުޑްގެ އަފްޓާޝޮކެއް އައިސްފައިވެއެވެ.

ބިންހެލުމާ ގުޅިގެން ގިނަ ގެތަކަށް ގެއްލުން ލިބިފައިވާއިރު، ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ ވެސް ވަނީ ހަލާކުވެފައެވެ.

އޭޕްރީލް 2015 ގައި ނޭޕާލް އަށް ބިންހެލުމެއްގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެ، 21،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސްވައު34

    ނޭޕާލުވެސް އިންޑިޔާގެ ބަޔަކަށް ހަދަން މަސައްކަތްކުރާތާ 50 އަހަރުވެއްޖެ ޔަހޫދީންނާއި ހޮލޮކާސްޓް ހިންދޫން މީއެއްބަޔެއް!

    1
    3
  2. Anonymous

    ނޭޕާލުވެސް އިސްތިޢުމާރުކުރުމުގެ މަސައްކަތް ފެށީ. އިންޑިއާ އަކީ މި ރީޖަނަށް ޖެހިފައި އޮތް ބޮޑު ބަލާވެރިކަމެއް.

  3. ލަކީ

    ހެހެ ނޭޕާލުވެސް އިސްތިޢުމާރުކުރުމުގެ މަސައްކަތް ފެށީ. އިންޑިއާ އަކީ މި ރީޖަނަށް ޖެހިފައި އޮތް ބޮޑު ބަލާވެރިކަމެއް ެއެކަމަކު ބައްޔެ ކަމަށް ވީމަ ދާންޖެހެނީ އިންޑިޔާއަށް އަދި މި ގައުުުުމަށް ކމެއް ދމާވީމަ އެންމެ ފުުުުުުުުުުރަތަމަ އެހީ ވަނީ އިންދިޔާއިން އަދި މިވީތަނަށް ހެހެހެ