ހަވާއީގެ އަސްކަރީ މަރުކަޒެއްގެ ރަންވޭއެއް އަށް ޖައްސަން ދިޔަ އަސްކަރީ މަތިންދާ ބޯޓެއް ކަހާލައިގެން ގޮސް، ކަނިއޯހޭ ބޭއަށް ވެއްޓިއްޖެއެވެ.

އޮފިޝަލުން ބުނީ، މި ހާދިސާ ހިނގި ނަމަވެސް އެ ބޯޓުގައި ތިބި ނުވަ މީހުންނަށް ވެސް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ކޯސްޓްގާޑުގެ ތަރުޖަމާނު ޕެޓީ އޮފިސަރު ރަޔަން ފިޝަރ ވިދާޅުވީ ކޯސްޓްގާޑުން އެކަމަށް އިޖާބަދިން ނަމަވެސް ރެސްކިއު އޮޕަރޭޝަންތައް ވަރަށް އަވަހަށް ހުއްޓާލާފައިވާ ކަމަށެވެ.

"ބެލެވެނީ އެ އެކްސިޑެންޓްގައި ޝާމިލްވާ ހުރިހާ ފަރާތްތައް ސަލާމަތްކުރެވުނީ ހެން،" އޭނާ ވިދާޅުވިއެވެ.

މެރިން ކޯޕްސް ބޭސް ހަވާއީގެ ރަންވޭއިން ޕީ-8އޭ މަތިންދާބޯޓު ރަންވޭއިން ކަހާލައިގެން ގޮސް މޫދަށް ވެއްޓުނީ ކޮން ސަބަބަކާ ހުރެ ކަމެއް މެރިން ކޯޕްސްގެ ތަރުޖަމާނު ގުނެރީ ސާޖަންޓް އޯލަންޑޯ ޕެރޭޒްއަށް އަދި އެނގިފައެއް ނުވެއެވެ.

މަންޒަރު ދުށް ޑިއާން ޑިރްކްސް ނަގާފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި މަތިންދާބޯޓު ފެނުގެ ތެރޭގައި އޮއްވާ ފެނުނުއިރު، އެ މަންޒަރު ސިފަވަނީ 2009 ވަނަ އަހަރު ޗެސްލީ "ސުލީ" ސުލެންބާގާ ޕައިލެޓް ކުރި ޕެސެންޖަރު ޖެޓެއް ނިއުޔޯކް ކޯރަށް އެމަޖެންސީކޮށް ޖެއްސި ހާދިސާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެ ހާދިސާގައި ބޯޓުގައި ތިބި 155 މީހުން ވެސް ވަނީ ސަލާމަތްވެފައެވެ.

ޕީ-8އޭ އާއި އެއާބަސް އޭ320 މަރުކާގެ ބޯޓުތަކަކީ ގާތްގަނޑަކަށް އެއް ސައިޒެއްގެ ބޯޓު ތަކެކެވެ.