ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ގެއަކަށް ހަމަލާދީފިއެވެ.

ޤުދުސް ނިއުސް ނެޓްވޯކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ހަމަލާދީފައިވަނީ ގައްޒާގެ ހުޅަނގު އައްސޭރީގެ ޖެނިންގެ ގެއަކަށެވެ. އެނޫހުން ރިޕޯޓް ކުރި ގޮތުގައި މި ހަމަލާއަކީ ބޮމުގެ ހަމަލާއެކެވެ.

ނިރުބަވެރިން ހަމަލާދިނުމުގެ ސަބަބުން އެގޭގައި ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެނޫހުން ވަނީ އާންމު ކޮށްފައެވެ.

ނިރުބަވެރިން މިއަދުގެ ވަގުތެއްގައި ޣައްޒާގެ ގެއަކަށް ހަމަލާދީފައިވާއިރު، މިމަހުގެ 24 ވަނަ ދުވަހު ހަމަލާތައް މެދުކަނޑާލައި ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ހަމަލާތައް ދިނުން ހުއްޓާލާނެ ކަމަށް ނިރުބަވެރިން ބުނެފައިވާއިރު، ބައެއް ސަރަހައްދުތަކަށް ހަމަލާތައް ހުއްޓާލަނީ ވައިގެ މަގުން ދިނުން ކަމަށް ވެސް ނިރުބަވެރިން ވަނީ ބުނެފައެވެ.

ގައިދީން ބަދަލު ކުރުމަށް ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެ، މިފަދަ ހަމަލާއެއް ނިރުބަވެރިން ދީފައިވާއިރު، މިހާތަނަށް ނިރުބަވެރިން ވަނީ އެމީހުންގެ ހައްޔަރުގައި ތިބި 39 ފަލަސްތީނުގެ މީހަކު ދޫކޮށްލާފައެވެ. އަދި ހަމާސްއިން ވަނީ 17 މީހަކު ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނިރުބަވެރިންގެ 13 މީހަކާއި ތައިލޭންޑުގެ ހަތަރު މީހެކެވެ.