އެމެރިކާގެ ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއިން ސެކިއުރިޓީ ޗެކަޕެއް ހަދަން ކަމަށް ބުނެ މުސްލިމު އަންހެނަކު މައްސަރު ދުވަސްވަރުގައި ޖަހައިގެން ހުރި ޕެޑް ނައްޓަން މަޖުބޫރުކޮށްފިއެވެ.

ޕެޑް ނަށްޓަން މަޖުބޫރުކޮށްފައިވަނީ ހާރވާޑް ޔުނިވާސިޓީއިން ގްރޭޖުއޭޓްވެފައިވާ އުމުރުން 27 އަހަރުގެ ޒައިނަބް މާޗެންޓް ނަމަކަށް ކިޔާ އަންހެނެކެވެ.

ތިން ކުދިންގެ މަންމަ ކަމުގައިވާ ޒައިނަބްއާއި އޭނާގެ އާއިލާއިން އެއަޕޯޓަށް ދިޔައީ ކެނެޑާއަށް ދިޔުމަށް ކަމުގައި ރިޕޯޓްތަށް ބުނެއެވެ. އަދި އެއަޕޯޓުން ޒައިނަބަށް ކުރިމަތިވި ހާދިސާ އޭނާ ވަނީ އެމެރިކާގެ ނޫހަކަށް ހިއްސާކޮށްފައެވެ.

އެ ނޫހުގައިވާ ގޮތުން ކުއްތާ ބޭނުންކޮށްގެންވެސް ޒައިނަބު ޗެކްކޮށްފައިވެއެވެ. އަދި އޭގެ ފަހުން ހެނދުމުގެ އެތެރެއިން ލައިގެން ހުރި އެއްޗެހި ބައިލަން މަޖުބޫރުކޮށް މީހާ ބަރަހަނާކޮށްފައިވާ ކަމުގައިވެސް ޒައިނަބު ބުނެފައިވެއެވެ. އަދި ދާން އުޅުނު މަންޒިލަށް ނުފުރި އެތަށް ގަޑިއިރަކު މަޑު ކުރަން ޖެހުމުން ޒައިނަބް ވަނީ އޭނާއަށާއި އޭނާގެ އާއިލާއަށް އެފަދަ ކަމެއް ކުރިމަތިކުރީ ކޮން ސަބަބަކާއި ހުރެ ތޯ އެމެރިކާގެ ޓީއެސްއޭއާއި ސުވާލުކޮށްފައެވެ.

އެގޮތުން ޒައިނަބު ބުނީ އެއަޕޯޓުން އޭނާ ހުށްޓުވީ މުސްލިމަކަށް ވުމުންނާއި އޭނާގެ އާއިލާއަކީ މީގެ ކުރިން އީރާނަށް ގޮސްފައިވާ ބަޔަކަށް ވުމުން ކަމަށް ބުނެފައެވެ. އަދި މީގެ ކުރިން ސެކިއުޓީ ޗެކަޕް ހެދުމުގެ އާންމު އުސޫލުތަކާއި ހިލާފަށް އޭނާގެ ސެކިއުރިޓީ ޗެކަޕް ހެދުމުން ހިތްހަމަ ނުޖެހޭ ކަމަށާއި އެއީ އޭނާ މުސްލިމަކަށް ވުމުން ކުރިމަތި ކުރުވި ފުރައްސާރައެއް ކަމަށް ޒައިނަބު ބުނެފައިވެއެވެ.

މީގެ ކުރިންވެސް ހުޅަނގުގެ ބައެއް ގައުމުތަކުން މުސްލިމުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ތަފާތު ކަަންކަން ކޮށް އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކިޔާ

    ސާބަސް...ތިވަރަށް ބަޔަކަށް ޖެއްސުންކުރެވޭނީ....އެމެރިކާގެ ކޮންމެ އެއާޕޯޓެއްގަ އެމް.އާރް.އައި މެޝިނެއްވެސް ބަހައްޓަން ފެނޭ.....ފުކެއް ބޮޑުވަރު..

    4
    1
  2. ްއައްޑޫ އައިސާ

    މަނަމަ ޕެޑް ނަގާފަ ސެކިއުރިޓީ މޫނުމަތީ ހިއްޕާލީމުސް

    6
    1
  3. އިންޓަނޭސަނަލް

    ވަރަށް މުހިއްމު ޚަބަރެކެވެ.

  4. ބޮޑުވަރު

    ހިއްވަރު ހުރިމީހަކު މިލޭނިއާ ޓްރަމްޕް އަށް މިހެން ހެދީމާ އިނގޭނެ އެވާގޮތެއް

  5. ްއައްޑޫ

    މަނަމަ ޕެޑް ނަގާފަ ސެކިއުރިޓީ މޫނުމަތީ ހިއްޕާލީމުސް

  6. އެން

    އަސްތަޤުފިރުﷲ. ވަރަށް ގޯސްކޮށް ކުރި ކަމެއް. މިހާ ޓެކޮނޮލޮޖީއިން ކުރިއަރާފަވާ ޒަމާނެއްގަ އެވަރު ކުރާކަށް ނުޖެހޭނެތާ

  7. ތާ

    ތިކަން ނޭގޭ މުސްލިމަކު ނުހުންނާނެ. ޙިތާމަ އަކީ އެވަރުން ވެސް ތި އެމެރިކާ އައް ދާތީ. ކީއްކުރަން ދަނީ. ވީހާވެސް ތި ބައިމީހުންނާއި ދުރުން އުޅެން ވީ.

    2
    1
    • ބަދަލު

      ބަލަ އެމަންޖެ އަކީ އެމެރިކާ މަންޖެ އެކޭ، ދެން އަމިއްލަ ގައުމަށް ވެސް ނުދާންވީތަ

      3
      1
  8. ވާނުވާ

    މި ވަރަށް ދުވަސް ގަނޑެއް ކުރިން ހިނގި ކަމެއް

  9. މޯޑް

    ޔަހޫދީންގެ ކަންތަށް ބޮޑީ.. ދުނިޔެއަށް ޖެހިފަ އޮތް ވަބާއެއް

    5
    1
  10. ާdonald trump

    america meehun nah nuvisney. i hate americans. dhen america akah naaraanan

  11. މުސްލިިމް

    ވަރަށް ގޯސް......ޔާﷲ އެބައިމީހުންނަށްް ވިސްނޭނެ ދުވަހެއް ހަމަ ނެތީތޯ؟؟؟؟?

  12. ސަޒުނާ

    ތީހަމަ މުސްލިމަކަށްވީތީ ޒާތީ ހަސަދަބޭލީ. ދެން އިތުރަށް ޗެކު ކުރާނެ އެއްޗެއްނެތީތަ؟ ކަބުލޮއަށް ހަމަސާބަސް.