22:11

އިއްޔެ ކުރިއަށް ގެންދިޔަ ރޭޑެއްގައި އިސްރާއީލުގެ ނިރުބަވެރި ފަސް ސިފައިން މަރުވެފައިވާ ކަމަށް ނިރުބަވެރިން ބުނެފި.

22:09

ޣައްޒާގެ ސަރަހައްދެއްގައި ބޮޑު އަލިފާންގަނޑެއް ފެތުރެނީ.

22:08

ނިރުބަވެރި އިސްރާއީލުން ޓޭންކަރުތަކުން ކަމާލް އުދުވާން ހޮސްޕިޓަލް ވަށާލާފައިވާ ކަމަށާއި އެއްވެސް މީހަކަށް ހޮސްޕިޓަލުން ބޭރަށް ދެވުމުގެ ފުރުސަތެއް ނެތް ކަމަށް ހޮސްޕިޓަލުގެ އިސްވެރިޔާ، އަހުމަދު އަލް-ޚަލޫތު ބުނެފި.

22:02

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވަން އދ.ގެ ސަލާމަތީ މަޖިލީހުން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރުމުން ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި.

 

20:44

ނިރުބަވެރި އިސްރާއީލުން މިހާތަނަށް ފަލަސްތީނުގެ 18،205 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި.

18:17

ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދުގައި ހުންނަ އިންޑޮނޭޝިއަން މިސްކިތަށް ދިން ހަމަލާތައް

17:46

ފާއިތުވި ދުވަސްތަކުގައި ނިރުބަވެރިން ޣައްޒާގެ އަލް-މަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް

17:25

ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ފަލަސްތީނުގެ ރަމައްﷲ ސިޓިގައި ބޭއްވި ހިނގާލުން-- ފޮޓޯ: އޭޕީ

17:02

ގިނަ ދުވަސްތަކެއް ވަންދެން ޣައްޒާގެ ދެކުނުގައި އޮންނަ އަލް-ޤަރާރާ އަވަށަށް ހަމަލާދިނުމަށްފަހު ނިރުބަވެރި އިސްރާއީލުން އެ ސަރަހައްދު ދޫކޮށް ގޮސްފި.

17:01

ހަމާސް ޖަމާއަތުގެ މުޖާހިދުން ހައްޔަރު ކޮށްފައި ތިބި ނިރުބަވެރި އިސްރާއީލުގެ މީހުން ދޫކޮށްލުމަށް ރަޝިއާއިން ގޮވާލައިފި

 

16:28

ޣައްޒާގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއިން ޣައްޒާގެ ތެރޭގައި ތިބި ނިރުބަވެރި ސިފައިންނަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން ވައިގެ މަގުން 7 ޓަނުގެ ފެން ސިފައިންނަށް ފޯރުކޮށްދީފައިވާ ކަމަށް ނިރުބަވެރިން ބުނެފި.

ނިރުބަވެރިން ބުނާ ގޮތުގައި ޣައްޒާގައި ތިބި އެމީހުންގެ ސިފައިންނަށް ފެން ފޯރުކޮށްދީފައިވަނީ މަތިންދާބޯޓުން ދަތުރު ކުރަމުން ގޮސް ޕެރެޝޫޓުގައި ފެން ވައްޓާލައިގެން. މިއީ މިހަނގުރާމައިގެ ތެރެއިން ވައިގެ މަގުން ނިރުބަވެރިންނަށް ފެން ފޯރުކޮށްދިން ފުރަތަމަ ފަހަރު.

15:42

ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާގައި ހުންނަ އަވަނީ އަލް ހަރްތާނީ ސްކޫލުގައި ތިބި އެތައް ބަޔަކު ފިލަން މަޖުބޫރުވެފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

މިފަދަ ރިޕޯޓްތަކެއް ލިބިފައި ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން އަސްކަރީ އޮޕަރޭޝަން ތައް އިތުރުކުރަމުން އަންނަ ދަނޑިވަޅެއްގައި.

15:17

ޣައްޒާއާ އެއްބައިވަންތަކަމުގެ ގޮތުން އިޓަލީގެ ޖެނޯއާ ސިޓީގައި މުޒާހަރާ ކުރަނީ.

14:40

ޣައްޒާގެ އުތުރުގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕާ އިސްރާއީލު ސިފައިން ކައިރިވެފައިވާ ކަމުގެ ރިޕޯޓްތައް ބުނެފި.

އަދި އިސްރާައީލުގެ ސިފައިން ބަޑީގެ އަޑު ގަދަވުމުން އެ ސަރަހައްދުގައި ތިބި ފަލަސްތީނު މީހުން ވަނީ ފިލަން މަޖުބޫރުވެފައި.

14:38

އިސްރާއީލުން ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ ދެ އަންހެނަކާ އެކު ފަލަސްތީނުގެ 28 މީހަކު ހައްޔަރުކޮށްފި

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުން ރޭގަނޑު ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރޭގައި ޖެރީކޯ، ނަބްލުސް އަދި ހެބްރޮން ހިމެނޭ ކަމަށް.

14:23

އިސްރާއީލުގެ ބާރުގެ ދަށުގައި ވާ އިސްރާއީލުން ބޮން އަޅަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ އެންމެ ބޮޑު ނާސިރު ހޮސްޕިޓަލް ކައިރީގައި

13:35

ޣައްޒާގެ އުތުރުގައި 50،000 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު މުނީރު އަލް ބަރްޝް ވިދާޅުވެއްޖެ.

ޒަހަމްވި މީހުންގެ ތެރެއިން ޣައްޒާއިން ބޭރަށް ބަދަލުކޮށްފައި ވަނީ އެންމެ 422 މީހުން ކަމަށާއި އޭގެ ތެރެއިން 8،000 މީހުންނަށް ވަގުތުން މެޑިކަލް އިންޓަވެންޝަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި.

ނަމަވެސް މިހާތަނަށް އެމީހުންނަށް އެއްވެސް މެޑިކަލް އަދި ތެޔޮ ސަޕްލައިއެއް ލިބިފައެއް ނުވާ ކަމަށްވެސް ބުނެފައިވޭ.

13:33

ޚާން ޔުނިސްގެ ހޮސްޕިޓަލް ކައިރީގައި ވާ ސަރަހައްދުތަކަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފި

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އިސްރާއީލުގެ ޖެޓްތަކުން މިއަދު ހެނދުނު ޣައްޒާގެ ދެކުނުގައި ހުންނަ އަލް އަމާލް ހޮސްޕިޓަލް ކައިރީގައި ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް

 

13:33

ޣައްޒާގެ ރައްޔިތުންނަށް "އަވަސް އިރުޝާދުތަކެއް" ހިއްސާކޮށް، އެ މީހުން ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު އަންގައިފި.

"ޣައްޒާގެ އުތުރުގެ ރަށްވެހިންނަށް: އެތަނުގައި ދިރިއުޅެމުންދާ ރައްޔިތުން ތަންތަން ވަގުތުން ހުސްކޮށް، ސަލާހުއްދީން މަގުން ދީރް އަލް ބަލާހް ސަރަހައްދުގައި ހުރި ހިޔާތަކާ ދިމާލަށް ދަތުރުކުރުމަށް އިލްތިމާސް ކުރަނ،ް"،

13:05

އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމުގެ ތެރޭގައި ހައްޔަރުކުރި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއެކު ފަލަސްތީނުގެ 142 އަންހެން ގައިދީން މިވަގުތު ބަންދުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ކޮމިޝަން ފޮރ ޑިޓެއިނިންސް އެފެއާޒްއިން ބުނެފި.

12:24

އިސްރާއީލުގެ އަސްކަރިއްޔާއިން މީހުންގެ ގޭގޭގައި ތިބި އާންމުންނަށް އަމާޒުކުރަނީ އެމީހުން ނިދާފައި ނުވަތަ އާއިލާއާއެކު ކެއުމުގައި އުޅޭ ވަގުތުތަކަށް މީޑިއާ ރިޕޯޓްތައް ބުނޭ.

12:21

ލުބުނާން-އިސްރާއީލް ބޯޑަރު ސަރަހައްދުގައި ބަޑީގެ ހަމަލާތައް ދަނީ ދެމުންނ.

އިސްރާއީލްގެ އުތުރުގެ ސިޓީއެއް ކަމަށްވާ މާ ލޮޓް-ތަރްޝިހާއަށް ލުބްނާނުން މިއަދު ހެނދުނު އަށް ރޮކެޓް ފޮނުވާލާފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނޭ.

މީސް މީޑިއާގައި އާންމުކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބަނާންގެ ދެކުނުން އިސްރާއީލްގެ އުތުރުގެ ސަރަހައްދަށް ފޮނުވާލި ރޮކެޓްތައް އަޔަން ޑޯމް އެއާ ޑިފެންސް ސިސްޓަމުން ވަނީ ހުއްޓުވާފައި. ބައެއް ރޮކެޓްތައް ހުޅުވިފައި ހުރި ސަރަހައްދުތަކަށް ވެއްޓުނު ތަން ފެނިފައިވޭ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވޭ.

12:15

ސްޕެއިންގެ ދާހިލީ ހަނގުރާމައިގައި ނާޒީންނާއި ފާސިސްޓް ސިފައިން ބޮން އެޅި ބާޒާރުގެ ސްކޮއާގައި ގުއެރިކާގައި މުޒާހަރާގެ ބައިވެރިން ފަލަސްތީނުގެ ދިދަ އުފުލައިފި.

12:13

ގަތަރުގެ ވެރިރަށް ގަތަރުގައި ދޯހާ ފޯރަމް މިއަދު އަލުން ފަށާއިރު، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އަނެއްކާވެސް އެޖެންޑާގެ އެންމެ ކުރީގައި އޮންނާނެ ކަމަށް ބެލެވޭ ކަަމަށް އަލް ޖަޒީރާއިން ބުނެފި.

ފުރަތަމަ ދުވަހު ވާހަކަ ދެއްކެވި ބޭފުޅުންނާއި ޕެނަލްލިސްޓުން ވަނީ ގާތްގަނޑަކަށް 18،000 އެއްހާ މީހުން ޝަހީދުކޮށްލާފައިވާ ވަށާލާފައިވާ އެންކްލޭވްއަށް އިސްރާއީލުން ދެމުން ގެންދާ ބޮމުގެ ހަމަލާތައް ވަގުތުން ހުއްޓާލައި، އެކަން ހުއްޓުވަން ޖެހޭކަން ފާހަގަކުރައްވާފައި.

 

10:58

ޣައްޒާގައި ތިބި ފަލަސްތީނު ރައްުިތުންނަށް 116 ޓަނުގެ އެހީ ހިފައިގެން ގަތަރުގެ ތިން މަތިންދާ ބޯޓެއް މިސްރަށް އައިސްފައިވާ ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފި

އެ މަތިންދާބޯޓުތަކުގައި ގަތަރު ފަންޑް ފޯ ޑިވެލޮޕްމަންޓާއި ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ އަދި ގަތަރު ޗެރިޓީ އިން ފޯރުކޮށްދިން ކާބޯތަކެއްޗާއި ސިއްހީ ސާމާނު ހުރި ކަމަށް މިނިސްޓްރީން ބުނޭ.

10:57

ރަމަاللهގެ ހުޅަނގުން އޮންނަ ބެއިޓޫނިއާ އަވަށަށް އިސްރާއީލު ސިފައިން ވަދެ ލައިވް ބުލެޓް ޖެހުމުގެ ސަބަބުން ޒުވާނަކު ޒަހަމްވެއްޖެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ ޒުވާން ބައެއްގެ ގަޔަށް ސްޓަން ގްރެނޭޑާއި ކަރުނަ ގޭސް ވެސް ޖަހާ.

10:04

ޣައްޒާގެ އެތެރެއަށް ވަދެ ހަނގުރާމަ ކުރަމުން ދަނިކޮށް އިސްރާއީލުގެ ސިފައިންގެ އިތުރު ތިން މީހަކު މަރާލައިފި

09:26

ޣައްޒާގެ ދެކުނުގެ ސަރަހައްދާއި މެދުތެރެއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ބަޔަކު ޝަހީދުވެއްޖެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އިސްރާއީލު ސިފައިން ވަނީ ތަލް އަލް ސުލްތާން އަވަށުގައި ހުންނަ ސުބްހް އާއިލާއަށް ނިސްބަތްވާ މީހުން ދިރިއުޅޭ އެޕާޓްމަންޓަށް ހަމަލާދީ އޭގެ ތެރެއިން ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް.

09:23

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން މި ހަފުތާގެ ފަހުކޮޅު ޣައްޒާއަށް ކުރައްވާ ދަތުރުފުޅުގައި ޣައްޒާއަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރު އަޅުއްވާނެ ކަމަށް އެމެރިކާ އާއި އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފި.

09:21

އދ.ގެ އާންމު މަޖިލީހުގެ ހާއްސަ ޖަލްސާއެއް އަންގާރަ ދުވަހުގެ މެންދުރުފަހު ބާއްވަން ނިންމައިފި.

 

08:40

ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ބައެއް މަސައްކަތްތެރިން އިޒްރޭލުގެ ދަނޑުވެރިކަމާއި އިމާރާތްކުރުމުގެ މަސައްކަތަށް އެނބުރި އައުމުގެ ހުއްދަ ދިނުމާ މެދު ގޮތެއް ނުނިންމައި ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުން ނިންމާލާފައިވާ ކަމަށް އިސްރާއީލުގެ ގައުމީ ބްރޯޑްކާސްޓަރު ކާން އިން ރިޕޯޓްކޮށްފި.

08:39

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްގެ ސަރަހައްދަށް މިއަދު ފަތިހުން ފެށިގެން ބޮމުގެ ހަމަލާތައް ދޭން ފަށައިފި.

ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގައި އިސްރާއީލުގެ ބޮންތަކާއި ޓޭންކުތަކުން ދަނީ މީހުން ބޭރުކުރަމުން. ސަލާމަތަށްޓަކައި އެހެން ތަނަކުން ފިލަން އަންގާފައިވީ ނަމަވެސް އާންމުން ބުނަނީ ޣައްޒާގައި ރައްކާތެރި ތަނެއް ބާކީ ނެތް ކަމަށް.

އަދި އުތުރުގައި ބޮން އެޅުން ހުއްޓައެއް ނުލާ.

08:37

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ހިމޭން ހިނގާލުމެއްގައި ބައިވެރިވުމަށް ހިއުމެނިޓޭރިއަން ގްރޫޕް އޮކްސްފާމް އިން ކެނެޑާގެ ކިއުބެކްގައި ތިބި އެ ޖަމާއަތުގެ ސަޕޯޓަރުންނަށް ގޮވާލައިފި.

08:31

ނިރުބަވެރި އިސްރާއީލުން ރޭ ޣައްޒާގެ މެދުތެރޭގެ އަލް މަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި އެއްގެެއަކުން 55 މީހަކު ޝަހީދުވެއްޖެ.

08:20

އިސްރާއީލުން ރޭ ހަމަލާއަކާ ގުޅިގެން ޣައްޒާގެ މެދުތެރޭގެ އަލް މަޣާޒީ ރެފިއުޖީ ކޭމްޕަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ.

 

08:17

އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް އެ ސަރަހައްދުގެ މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފި.

މި ހާދިސާގައި ޝަހީދުވި މީހުންގެ އަދަދު އަދި ސާފެއް ނުވޭ

ހަމަ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވެސް އިތުރުވެފައިވާ ކަމަށް އަލްޖަޒީރާގެ ވެރިފިކޭޝަން ޔުނިޓް، ސަނާދު ނިއުސް އެޖެންސީން އިންސްޓަގްރާމްގައި އާންމުކޮށްފައިވާ އަދި ވެލިޑޭޓް ކޮށްފައިވާ ވީޑިއޯއަކުން ދައްކާ.

ފަލަސްތީނުގެ ޣައްޒާގެ ހާލަތު ވަރަށް ގޯސް އަދި ނުރައްކާތެރި އެެވެ. އެކަން ދުނިޔޭގެ އެކި އިދާރާތަކުންވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މިގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޗްއެޗްއޯ)އިން ވަނީ ޣައްޒާއަށް "ވަގުތުން، ހުއްޓުމެއް ނެތި" އެހީ ވަނުމަށް އެދިފައެވެ. އެ ޖަމިއްޔާގެ ވެރިޔާ ވިދާޅުވާގޮތުން ޣައްޒާގެ މިހާރުގެ ހާލަތު "ނުރައްކާތެރި"އެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެ، އެތައް ހާސް ބަޔަކު އެ ގައުމުން ވަނީ ޝަހީދުވެފައެވެ. އަދި އެތައް ތަނަކަށް ބޮން އަޅާ ސުންނާފަތިކޮށްލާފައިވާއިރު، ޣައްޒާގައި މިހާރު ރައްކާތެރި އެއްވެސް ތަނެއް ނެތެވެ.

މި ހަމަަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 18،000 މީހުން ޝަހީދުވެ 49،500 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި 297 މީހުން ހިމެނޭކަންވެސް ފާހަގަކޮށްލެވެއެވެ.

ހަނގުރާމަ ފެށި ހަމާސް ޖަމާއަތުން ދިން ހަމަލާގައި އިސްރާއީލުގައި 1،200 މީހުން ވަނީ މަރުވެފައެވެ. އެހެން ނަމަވެސް މި އަދަދު ވަރަށް ބޮޑަށް އިތުރުވެދާނެ ކަމށް މިހާރު ބެެލެވެއެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.