އިޓަލީގެ އުތުރުގައި ދެ ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 17 މީހަށް އަނިޔާވެއްޖެއެވެ.

އެ އޮޕަރޭޝަންގައި ހަރަކާތެރިވަމުންދިޔަ އަލިފާން ނިއްވާ މީހުންނާއި ރޭލު އޮޕަރޭޓަރުން ބުނީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާ ވެފައި ނުވާ ކަމަށެވެ.

ހައި ސްޕީޑްގެ ރޭލަކާއި ރީޖަނަލް ރޭލެއް ޖެހި ހިނގި އެކްސިޑެންޓް ހިނގާފައިވަނީ ބޮލޮގްނާ އާއި ރިމިނީއާ ދެމެދު އޮންނަ ލައިންގައެވެ. އެއީ ފާންޒާ ސިޓީ އާއި ފޯލީގެ ކޮމިއުނާ ދެމެދު ކަމަށް ފަޔާ ސާވިސް އިން މީސް މީޑިއާގައި ބުނެފައި ވެއެވެ.

އަދި އެކްސިޑެންޓުގައި 17 މީހަކު ޒަހަމްވެފައިވާ ކަމަށް ފަޔާ ސާވިސް އިން ބުނެފައި ވެއެވެ.

ނަމަވެސް ނޭޝަނަލް ރޭލް އޮޕަރޭޓަރު ޓްރެނިޓާލިއާގެ ތަރުޖަމާނަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓްގައި މީހުންނަށް ލިބިފައި ވަނީ "ކުދި ކުދި އަނިޔާތަކެއް" ކަމަށެވެ. ނަމަވެސް ގިނަ ވަޔަކަށް އަނިޔާވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ ތަރުޖަމާނު ބުނީ، އެއީ ވަރަށް ބާރު ސްޕީޑުގައި ހިނގި އެކްސިޑެންޓެއް ކަމަށާއި އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ.

އަލިފާން ނިއްވާ ފަރާތްތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދެ ރޭލު ޖެހިފައިވާ ތަން ފެނިގެން ދެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު އަދި ބޮޑުވަޒީރުގެ ނައިބު މަޓިއޯ ސަލްވީނީ ވަނީ ހާލަތު ބައްލަވަމުން ގެންދަވާ ކަން ހާމަކުރައްވާފައެވެ،

އަދި އެކަން ހިނގި ގޮތާއި އެކަމުގެ ޒިންމާ ވާން ޖެހޭނެ މީހުންގެ އަވަސް މައުލޫމާތު ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އިޓަލީގެ ރޭލްވޭގައި މީގެ ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ 2020 ވަނަ އަހަރު މިލާންގެ ދެކުނުގައި އޮންނަ ލޯޑީ ކައިރީގައި ފަތިހުގެ ކުރިން ރޭލެއް ވެއްޓި ރޭލުގައި މަސައްކަތް ކުރާ ދެ މީހަކު މަރުވެ 31 ފަސިންޖަރުންނަށް އަނިޔާވި އެކްސިޑެންޓެކެވެ.