23:53

ނިރުބަވެެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ބައިނައަގުވާމީ ގޮތުން ތާއިދު ކުރައްވާ ކަމަށް އޮސްޓްރޭލިއާ، ކެނެޑާ އަދި ނިއުޒިލޭންޑުގެ ބޮޑު ވަޒީރުން ބުނެފި.

23:20

ޣައްޒާގައި ހުންނަ ކަމާލް އުދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރ ހައްޔަރުކޮށް، ހޮސްޕިޓަލުން 70 އަށްވުރެ ގިނަ މުވައްޒަފުން ބޭރުކޮށް ގޮތް ނޭނގޭ ސަރަހައްދަކަށް ބަދަލުކޮށްފި.

23:10

ހަނގުރާމަ އެއްކޮށް ހުއްޓާލުމުން ނޫނީ ގައިދީން ދޫކުރުމަށް މަޝްވަރާތައް ނުކުރާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފި.

23:02

އިސްރާއީލަށް ތާއީދުކޮށް، އިސްރާއީލުން ހިންގާ ގަތުލު އާންމަށް ތާއިދު ކުރާ ބަޔަކު ކުރިއަށް ގެންދިޔަ ޕާޓީއަކަށް ޕޮލޭންޑުގެ މަޖިލިސް މެމްބަރަކު އަލިފާން ނިއްވަން ބޭނުން ކުރާ ފުޅިއެއް ޖަހައިފި

 

22:08

ނިރުބަވެރިން އިސްރާއީލަށް ދިން ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 22 ހޮސްޕިޓަލަކާއި 46 ސިއްހީ މަރުކަޒެއްގެ ހިދުމަތް އެއްކޮށް ހުއްޓިފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި

 

20:33

ނިރުބަވެރިން ޝަހީދުކޮށްލާފައިވާ 86 ނޫސްވެރިން

 

20:31

ރަނގަޅު ފަރުވާ ލިބޭނެ ހޮސްޕިޓަލަށް ބަދަލު ނުވެ ޝަހީދުވެފައިވާ ކުޑަކުއްޖެއް.

20:18

ޣައްޒާގެ ހެލްތް މިނިސްޓްރީގެ ސްޕޯކްސްޕާސަން، އަޝްރަފް އަލް-ޤުދްރާ:

ފާއިތުވި 24 ގަޑިއިރު 207 މީހަކު ޝަހީދުކޮށްފައިވޭ، އަދި 450 މީހަކަށް އަކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލްތަކަށް ގެންދެވިފައިވޭ

ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު އެބަތިބި

ބޯހިޔާވަހިކަން ހޯދަމުން އަންނަ ސަރަހައްދުތަކުގައި މިހާތަނަށް އެކި ބަލިތައް ޖެހިފައިވާ 326،000 މީހަކު އެބަތިބި

20:16

ޣައްޒާގެ ރަފާހްގައި ހުންނަ ޔޫއެންއާރުޑަބްލިއު ސައިޓުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ

18:53

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޖެނިންގައި ކުރިއަށް ގެންދިޔަ ރޭޑުގެ ތެރެއިން

18:52

މިހާތަނަށް ނިރުބަވެރި އިސްރާއީލުން ޣައްޒާގެ 18،400 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

17:55

ނިރުބަވެރިންގެ އަސްކަރީ 7 އުޅަނދަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލާފައިވާ ކަމަށް ހަމާސް ޖަމާއަތުގެ ގޮއްޕެއް ކަމަށްވާ ޤައްސާމުން ބުނެފި.

ޤައްސާމުން ބުނެފައިވަނީ ނިރުބަވެރިންނާއި ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރެއިން މިހާތަނަށް 11 މީހަކު މަރާލާފައިވާ ކަމަށް. އަދި އަސްކަރީ އުޅަނދަކަށް ހަމަލާދީ ތިން މީހަކު މަރާލާފައިވާ ކަމަށް.

 

17:47

ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫންގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭ ސްކޫލް ގޮއްވާލައި ނިރުބަވެރިން އުފާ ފާޅު ކުރަނީ

 

17:24

ފާއިތުވި ގަޑިތަކުގެ ތެރޭގައި ޣައްޒާގެ ރަފާހުގައި 24 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި.

މިނިސްޓްރީން ބުނީ، އިސްރާއީލުން އަންނަނީ ޣައްޒާގައި ބޮޑު ގަތުލުއާންމެއް ހިންގަމުން ކަމަށާއި މިހާތަނަށް 22 ހޮސްޕިޓަލަކާއި 46 ސިއްހީ ފަރުވާ ދޭ މަރުކަޒުތަކުގެ ހިދުމަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށް.

16:35

ނިރުބަވެރިންގެ ހަމަލާގައި ގެއްލުން ލިބުނު ސަރަހައްދެއްގައި އަނިޔާވެފައިވާ ބަޔަކު ތިބިތޯ ބަލަނީ

15:18

ލުބްނާނުން ދެ ރޮކެޓް އުތުރުގެ މަލްކިއާ ގެ ކައިރީގައި އޮންނަ ސަރަހައްދަކަށް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ.

މި ރޮކެޓްތައް ވެއްޓުނީ ހުޅުވިފައިވާ ސަރަހައްދަކަށް ކަމަށް ޑެނިއަލް ހަގާރީ އެކްސްގައި ބުނި.

14:46

ނިރުބަވެރި އިސްރާއީލު ސިފައިން ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލު ތެރެއަށް ވަދެ ބަލާ ފާސް ކުރަން ފަށައިފި

14:09

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި އަބޫ އަލް ރޫސް އާއިލާގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންގެ 17 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި.

14:05

ރަފާހްގައި ޑައިރިއާ އާއި ސްމޯލްޕޮކްސް ފެތުރެން ފަށައިިފި.

ރަފަހުގައި ހުންނަ އަބޫ ޔޫސުފް އަލް ނައްޖާރު ހޮސްޕިޓަލުގެ ޑިރެކްޓަރު މަރުވާން އަލް ހަމްސް ވަނީ ޣައްޒާގެ ސިއްހީ އެންމެ ފަހުގެ ހާލަތު ހިއްސާކޮށްފައި،

  • ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1،500 އެއްހާ މީހުން ގައިން ގަޔަށް އަރާ ބަލިތައް ޖެހިގެން ރިޕޯޓް ކުރި
    ސްމޯލްޕޮކްސް ގެ ކޭސްތައް ކުޑަކުދިންގެ ކިބައިން ފެނިއްޖެ.
    ރަފާގައި ގެދޮރު ގެއްލިފައިވާ މީހުންގެ މެދުގައި ޑައިރިއާ އާއި އިންފްލުއެންޒާ ދަނީ ފެތުރެމުން.
    ރަފާ ކްރޮސިން މެދުވެރިކޮށް މިއަދު ބަލި މީހުން ޓްރާންސްފަރ ނުވަތަ ދަތުރުކުރެވިފައެއް ނުވޭ.

14:02

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ "ވަގުތުން ހުއްޓާލުމާ ބެހޭގޮތުން" މަޝްވަރާ ކުރުމަށް އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއް އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ.

މިމައުޟޫއަށް އެންމެ ފަހުން އެކަމުގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު. އެ ބައްދަލުވުމުގައި 120 ގައުމަކުން އުރުދުންގެ ގަރާރަށް ތާއީދުކޮށް "ވަގުތުން، ހަނގުރާމަ ހުއްޓާލުމަށް" ގޮވާލާ ގަރާރަށް ތާއީދު ކުރި.

 

13:59

ޖެނިންގައި އިސްރާއީލު ދެމުންގެންދާ ހަމަލާތަކުގެ ތެރޭގައި ޖެނިން ރެފިއުޖީ ކޭމްޕްގެ ވަށައިގެންވާ ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތައް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

13:09

ޣައްޒާއަށް އަންގާރަ ދުވަހުގެ ހެނދުނު - ފޮޓޯ: އޭޕީ
ޣައްޒާއަށް އަންގާރަ ދުވަހުގެ ހެނދުނު - ފޮޓޯ: އޭޕީ
ޣައްޒާއަށް އަންގާރަ ދުވަހުގެ ހެނދުނު - ފޮޓޯ: އޭޕީIs
ޣައްޒާއަށް އަންގާރަ ދުވަހުގެ ހެނދުނު - ފޮޓޯ: އޭޕީ

13:07

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި މިއަހަރު ފަލަސްތީނުގެ 483 މީހުން ޝަހީދުވެ 12،769 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

13:06

ހަނގުރާމައަށްފަހު ޣައްޒާ އިސްރާއީލުގެ އަސްކަރީ ބާރުގެ ދަށަށް ދާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފި

"ޣައްޒާ އޮންނާނީ އިސްރާއީލުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި. ހަނގުރާމައަށްފަހު ޣައްޒާގައި މަދަނީ ވެރިކަމެއް ހިންގުމަށް ހަމަޖެހިފައިވާއިރު ގަލްފުގެ ގައުމުތަކުގެ އިސްނެގުމުގެ ދަށުން ޣައްޒާ ރިހެބިލިޓޭޓް ކުރާނެ. ބައިނަލްއަގްވާމީ ޕްރެޝަރަށް ބޯނުލަނބާނަން،" އޭނާ ބުނެފައިވޭ.

12:30

އިސްރާއީލުން ޣައްޒާގެ ރަފާހްއަށް ރޭ ދިން ހަމަލާތަކުގައި 20 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހަތް ކުޑަކުދިންނާއި ފަސް އަންހެނުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

12:28

ޣައްޒާގެ ދެކުނުގައި އިސްރާއީލުން އިތުރު ހަމަލާތަކެއް ދެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

މިގޮތުން ރަފާއަށް ދިން ހަމަލާތަކުގެ އިތުރުން އަނެއްކާވެސް ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސްއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނޭ.

 

12:14

11:15

ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައި ވާ ޖެނިން ރެފިއުޖީ ކޭމްޕްގެ ގެއެއް އިސްރާއީލުގެ އަސްކަރިއްޔާއިން ގޮއްވާލައިފި

11:14

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނިން ސިޓީއަށް އިސްރާއީލުން އަރައިގަނެ މިއަދު ހެނދުނު ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި، މި ހަމަލާާތަކުގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނޭ.

10:35

ވޮޝިންޓަން ޑީސީގައި ހުންނަ އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ދިރިއުޅުއްވާ ގެކޮޅުގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ގެންދަވަނިކޮށް، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ބެނާއެއް މުޒާހަރާގެ ބައިވެރިއެއް އުފުލައިފި.

 

View this post on Instagram

 

A post shared by Madinah Wilson-Anton (@madinahforde)

10:31

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ އިރުމަތީގައި އޮންނަ ސިލްވާޑުގައި އިސްރާއީލު ސިފައިން ބައެއް ގެތަކަށް ވަދެ ބަލައި ފާސްކުރުމުގެ ތެރެެއިން އެސަރަހައްދުން އެތައް ބަޔަކު ހައްޔަރުކޮށްފި.

ބަންދުގައި ތިބޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު، ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާ އިން ވަނީ އެ މީހުން ހައްޔަރުކުރުމަކީ "ބޮޑު" ކަމެއްގެ ގޮތުގައި ސިފަކޮށްފައި. ހައްޔަރުކުރި މީހުންގެ ތެރޭގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހިމެނޭ.

 

10:30

ޣައްޒާގެ އުތުރުގައި ހުންނަ އަލް-އަވްދާ ހޮސްޕިޓަލުގެ ތެރޭގައި ޑޮކްޓާސް ވިތައުޓް ބޯޑާސް (މެޑެސިންސް ސެންސް ފްރޮންޓިއާސް ނުވަތަ އެމްއެސްއެފް)ގެ ސާޖަންގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި.

މެޑިކަލް އެއިޑް އެޖެންސީން ބުނީ އެ ހޮސްޕިޓަލަށް ސްނައިޕަރުންގެ ހަމަލާތައް ދެމުން އަންނަ ކަމަށާއި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަސް މެޑިކަލް ވޯކަރުން ޝަހީދުވެފައިވާ ކަމަށް. އޭގެ ތެރޭގައި ބަލި މީހުން ބަލަހައްޓަމުން ދަނިކޮށް ޝަހީދުވި އެމްއެސްއެފްގެ ދެ ޑޮކްޓަރުން ވެސް ހިމެނޭ ކަމަށް ބުނެފައިވޭ.

10:29

ފަލަސްތީނުގެ ދިދަތަކާއެކު، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިން ޗިލީގެ ސެންޓިއާގޯގައި ހުންނަ އެމެރިކާގެ އެމްބަސީގެ ބޭރުގައި އެއްވެއްޖެ.

10:17

ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން، ފެޝަން ކުންފުނި ޒާރާ ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑުތައް ގަދަުމާއެކު އެ ކުންފުނީގެ ވެބްސައިޓުގެ ކުރި އިޝްތިހާރު ނަގައިިފި

09:21

އދ.ގެ އެޖެންސީގެ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓްތައް

  • ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާގައި ހުންނަ އަލްއަވްދާ ހޮސްޕިޓަލްގެ ވަށައިގެން އިސްރާައީލު ސިފައިންނާއި ޓޭންކުތައް ތިބޭތާ މިއަދަކީ ހަ ވަނަ ދުވަސް.
    ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން އޮޕަރޭޓް ކުރަމުން ދަނީ އެންމެ 13 ހޮސްޕިޓަލް.
    ތަކުރާރުކޮށް ބޮން ގޮއްވާލުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން ދެ ހޮސްޕިޓަލެއް ކަމަށްވާ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލާއި އެލް އަމާލް ސިޓީ ހޮސްޕިޓަލަށް ވަނުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި.
    ބެއިޓް ލަހިޔާގައި ހުންނަ ކަމަލް އަދްވާން ހޮސްޕިޓަލުގެ މެޓާނިޓީ ޑިޕާޓްމަންޓަށް މިދިޔަ ހޯމަ ދުވަހު ދިން ހަމަލާގައި ދެ މައިން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވޭ.
    އެތައް ހާސް ބަޔަކު ފިލައިގެން ގޮސްފައިވާ ރަފާގެ ރައްޔިތުން ތިބީ "ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމާއި ސިއްހަތާއި ރައްކާތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައި"

09:18

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި ދިން ހަމަލާއަކާ ގުޅިގެން ވެއްޓުނު އިމާރާތެއްގައި ދަށުވެފައި ތިބި މީހުން އަނބުރާ ހޯދުމުގެ ގޮތުން އެތައް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއަށް މައުލޫމާތު ދެމުން މެޑިކަލް މަސްދަރުތަކުން ބުނީ ރަފާގެ އަލް ޒުހޫރު އަވަށުގައި ހަރްބް އާއިލާގެ މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާގައި ހަ ކުޑަކުދިންނާއެކު 12 މީހުން ޝަހީދުވެފައިވާ ކަމަށް.

09:14

ފަލަސްތީނުގެ މައްސަލައާމެދު ގޮތެއް ނިންމުމުގައި އދގެ ސަލާމަތީ މަޖިލީހުން ނުކުޅެދިފައިވާ ކަމަށް ވުދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފި.

08:27

އެމެރިކާގެ ދިފާއީ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓް ކުރަމުން ދަނީ ރަތް ކަނޑުގައި އޮތް އެ އުޅަނދަށް މި މިސައިލް ފޮނުވާލީ ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކުން ކަމަށް.

08:25

އިސްރާއީލުން މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޒަހަމްވި ފަލަސްތީނުގެ ދެ މީހަކު ނާސިރު ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

ވަފާ ނިއުސް އެޖެންސީން ބުނީ ޚާން ޔޫނުސްގައި އިސްރާއީލުގެ ސްނައިޕަރުން ދިން ބަޑީގެ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް.

08:23

ޣައްޒާގެ އުތުރުގައި އިސްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް ޝަރީފްގެ ބައްޕަ އަވަހާރަކޮށްލުމާ ގުޅިގެން ވަރަށް ހިތާމަކުރާ ކަމަށް ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން ބުނެފި.

08:22

ޔަމަނުގެ ބަނދަރު ކަމަށްވާ އަލް މަޚާ (މޯޗާ) ގެ ހުޅަނގުން 15 ނޯޓިކަލް މޭލު (28 ކިލޯމީޓަރު) ދުރުގައި އޮތް އުޅަނދަކަށް ހަމަލާދިނުމުގެ ސަބަބުން އަލިފާން ރޯވެފައިވާ ކަމަށާއި ނަމަވެސް ހުރިހާ ފަޅުވެރިން ތިބީ ރައްކާތެރިކަމާއި އެކު ސަލާމަތުން ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފި

ޝިޕިން އިންޑަސްޓްރީއަށް ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރޯޔަލް ނޭވީން ހިންގާ ޔޫކޭއެމްޓީއޯއިން ބުނީ މި ހަމަލާ ދިންއިރު އެ ބޯޓު އޮތީ ރަތް ކަނޑުގެ ސަރަހައްދާއި ގަލްފް އޮފް އެޑެން ގުޅުވައިދޭ ކުޑަ ކަނޑުއޮޅި ކަމަށްވާ ބާބް އަލް މަންޑެބްގައި ކަމަށް.

08:21

ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮންގެ ހުޅަނގުގައި އޮންނަ ޓަފޫހުގައި ބަޑީގެ ހަމަލާތަކެއް ދީފި.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ނިރުބަވެރިން ދަނީ ބޮން އަޅަމުންނެވެ. އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ހަތް ދުވަހަށް މެދުކެނޑުނު ނަމަވެސް، މިހާރު ވައިގެ މަގުންނާއި، އެއްގަމު މަގުން އަރާ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މާ ވަރުގަދައެވެ.

ޣައްޒާގެ މިހާރުގެ ހާލަތަށް ބަލާއިރު، 18،000 އަށްވުރެ ގިނަ މީހުން މި ދެ މަސް ތެރޭގައި ޝަހީދުވެއްޖެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެންުންނާއި ކުޑަކުދިންނެވެ.

އިސްރާއީލުން އެންކްލޭވްއަށް ނުރައްކާތެރި ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ކޮންމެ މީހަކު ވެސް ބަނޑުހައިވެފައިވާ ކަމުގެ އިންޒާރު އދ.ގެ މާހިރު ދާދި ފަހުން ވަނީ ދެއްވާފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާގޫތު

    އިޒްރޭލަށް ތާއީދުކުރާ ކުންފުނިތަށް ބޮއިކޮޓު ކުރޭ. ޒާރާ، ލޭސް، ޗީޓޯސް، ޕޫމާ، ސްޓާބަކްސް، ކޭއެފްސީ، ކޮކަކޯލާ...