ނިރުބަވެރި އިސްރާއީލުގެ އިސް ސިފައިންގެ މީހަކު ހިމެނޭ ގޮތަށް އިތުރު ސިފައިންގެ މީހަކު އިއްޔެ މަރާލާފައިވާ ކަމަށް އައިޑީއެފް އިން ބުނެފިއެވެ.

ޣައްޒާގެ އުތުރުގައި އިއްޔެ ހިނގި ހަނގުރާމައިގައި އިތުރު ދެ ސިފައިން މަރުވިކަން އައިޑީއެފް އިން އިއުލާނުކޮށްފައިވާއިރު، ހަމާސް ޖަމާއަތާ ދެކޮޅަށް އެއްގަމު މަގުން ދިން ހަމަލާތަކުގައި މަރުވި ސިފައިންގެ އަދަދު މިހާރު ވަނީ 115 އަށް އަރާފައެވެ.

މަރުވި ދެ މީހުންގެ ތެރޭގައި ހިމެނެީ ގޯލާނީ ބްރިގޭޑްގެ ކޮމާންޑަރުގެ ޓީމުގެ ވެރިޔާ، އުމުރުން 44 އަހަރުގެ ކާނަލް އިޓްޒަކް ބެން ބަސަތު އާއި އަދި ގޯލާނީ ބްރިގޭޑްގެ 51 ވަނަ ބަޓަލިއަންގެ ސާޖަންޓް އެރަން އަލޯނީ، 19، އަކީމެވެ.

މި ދެ މީހުން ވެސް މަރުވެފައިވަނީ ޣައްޒާ ސިޓީގެ އަވަށެއް ކަމަށްވާ ޝެޖައްޔާގައި ދިން ހަމަލާގައެވެ. އެ ހަމަލާގައި ގޯލާނީ ބްރިގޭޑްގެ ހަތް މީހަކު މަރުވިއެވެ.

މީގެ ކުރިން އައިޑީއެފް އިން ރިޓަޔާ ކުރަން ހަމަޖެހިފައި އޮތް ބަސަތަކީ ހަނގުރާމަ ފެށުނު އިރު މަޑުކުރަން ނިންމިއިރު، އޭނާއަކީ ހަމާސްއާ ދެކޮޅަށް އެއްގަމު މަގުން ދިން ހަމަލާތަކުގައި މަރުވި އެންމެ ސީނިއާ އޮފިސަރެވެ. މީގެ ކުރިން އޭނާ ހުރީ ޔައިފްތާހް ބްރިގޭޑްގެ ވެރިޔާގެ މަގާމުގަ އެވެ.