23:29

ނިރުބަވެރިން ދިން ހަމަލާއެއްގައި ހަނި ގޮތަކަށް މިއަންހެން ކުއްޖާ ސަލާމަތްވި ނަމަވެސް، ލިބުނު ނަފްސާނީ އަނިޔާގެ ސަބަބުން ތުރުތުރު އަޅާ ކަމަށް އެކުއްޖާއަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރުން މީޑިއާތަކަށް މައުލޫމާތު ދީފި.

 

22:19

ހަމަލާގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތް ދަށުގައި ބަޔަކު ތިބިތޯ ޣައްޒާ ރައްޔިތުން ބަލަނީ

22:16

އަވަސް މުސްތަގުބަލެއްގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ބަލި ނުކުރެވޭނެ ކަމަށް ނިރުބަވެރި ޑިފެންސް މިނިސްޓަރ، ޔޮވް ގަލަންޓް ބުނެފި

20:55

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާއިން އަނެއްކާ ވެސް މުއާސަލާތީ ހިދުމަތް ކެނޑިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި

 

20:51

ހަމާސް އާއި ގުޅުން އޮންނަ 7 މީހަކު ޑެންމާކުން ހައްޔަރު ކޮށްފައިވާ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރުގެ އޮފީހުން ބުނެފި.

20:51

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގައި ކުރިއަށް ގެންދިޔަ ރެއިޑާއި ގުޅިގެން ފަލަސްތީނުގެ ފޮރިން މިނިސްޓްރީން އެކަން ކުށްވެރި ކޮށްފި.

19:06

ޣައްޒާގެ މިހާރުގެ ހާލަތު ޔޫކްރޭންގެ ހާލަތަށްވުރެ ގޯސް ކަމަށް ރަޝިއާގެ ރައީސް، ވްލަޑްމިއަރ ޕޫޓިން ބުނެފި.

"ދުނިޔޭގެ ކޮންމެ ދިމާލެއްގައި ތިބި ބަޔަކަށް ވެސް ފެނިގެންދާނެ ޣައްޒާގައި ހިންގަމުން އަންނަ އަސްކަރީ އޮޕަރޭޝަންތައް. އެހެން ކަމުން އިހުސާސް ކުރެވޭނެ ތަފާތު"

18:15

ނިރުބަވެރިންގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 18،787 އަށް އަރާފައިވާ ކަމަށް ޣައްޒާ ހެލްތް މިނިސްޓްރީގެ ސްޕޯކްސްޕާސަން އަޝްރަފް އަލް-ޤުދްރާ ވިދާޅުވެއްޖެ.

17:29

ނިރުބަވެރި އިސްރާއީލުގެ ރޭގެ ވަގުތެއްގައި ގައްޒާގެ ޖަބަލިއާ ކޭމްޕުގައި ހިންގަމުން އަންނަ ޖަބަލިއާ ކްލިނިކުގެ ޑިރެކްޓަރު، ޝުހުދާ ހައްޔަރު ކޮށްފައިވާ ކަމަށް ޣައްޒާ ހެލްތް މިނިސްޓްރީގެ ޖެނެރަލް ޑިރެކްޓަރު، މުނީރް އަލް-ބާޝް ބުނެފި.

17:28

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގައި ހުންނަ ފިހާރައެއްގައި ރޯކޮށްލައިފި.

 

15:07

އިސްރާއީލުން ރަފާއަށް ދިން ހަމަލާތަކަށް ފަހު

15:06

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 18 މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީން ބުނެފި.

މި މީހުން ހައްޔަރުކޮށްފައިވަނީ ހިފާފައިވާ އިރުމަތީ ގުދުސް، ޖެނިން، ބެތުލެހެމް، ނަބްލުސް، ރަމަالله، ހެބްރޯން އަދި ތުބާސްގައި

15:05

އިސްރާއީލުން ޣައްޒާގެ ދެކުނުގެ ރަފާއަށް ރޭ ދިން ވައިގެ ހަމަލާތަކުގައި މުޅިން ހަލާކުވެފައިވާ ދެ ގެއަކީ ގޭގެ ވެރިފަރާތާއި ގެދޮރު ގެއްލުނު މީހުން ހިމެނޭ ގޮތަށް މީހުން ދިރިއުޅެމުން ދިޔަ ދެ ގެއެއް.

މި ހާދިސާގައި 27 މީހަކު ވަގުތުން ޝަހީދުވެފައިވާއިރު، އެތައް ބަޔަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވޭ

މީޑިއާތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަދުވެގެން ހަތަރު މީހުން، މައިގަނޑު ގޮތެއްގައި ކުޑަކުދިން، އަދިވެސް އިމާރާތްތަކުގެ ދަށުގައި އެބަތިބި

15:03

ލުބްނާނުގެ ދެކުނުގައި އޮންނަ ޓައިބެހް އަވަށުން ކަރަންޓު ކެނޑިފައި ވަނީ ކަރަންޓުގެ އިންފްރާސްޓްރަކްޗާ ހުންނަ ސަރަހައްދަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާއެއް ދިނުމުން ކަމަށް ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީން ބުނެފި.

12:51

އަވަސް ބައްދަލުވުމެއް ބާއްވައި ޣައްޒާގައި ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމާއި ހަނގުރާމަ ހުއްޓާލުމުގެ ކަންކަން އޮތް ގޮތް ސާފުކޮށްދިނުމަށް ބޮޑުވަޒީރު ނަތަންޔަހޫއަށް ރައްޔިތުން ގޮވާލައިފި

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުގައި ހިމެނޭ ތިން ތެރެއިން ތެރެއިން ދެ މީހަކު ނިންމެވީ ގައިދީން ދޫކޮށްލުމުގެ ވާހަކަ ދައްކަން ފެށުމަށް މޮސާޑުން މީހަކު ގަތަރަށް ފޮނުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް. އެކަމަށް ތާއީދު ކުރަޯ ކުރީގެ ބޮޑުވަޒީރުގެ ނައިބު ބެނީ ގަންޓްޒް އެކަނި.

11:53

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގައި 17 ނޫސްވެރިން މަރާލީ މަސައްކަތުގައި އުޅެނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި

11:38

ޣައްޒާގެ ދެކުނުގައި މީހުން ދިރިއުޅޭ ދެ އިމާރާތަކަށް ރޭގަނޑު ދިން ހަމަލާތަކުގައި 27 މީހުން ޝަހީދުކޮށްލާފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

11:29

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ: ޖެނިންގައި އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވޖ މީހުންގެ އަދަދު 11 އަށް އަރައިފި.

10:29

އިސްރާއީލުގެ އަސްކަރިއްޔާއިން އެތައް މަހެއްވަންދެން ދިން ބޮމުގެ ހަމަލާތަކާއި ވައިގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި އަންހެނުންނާއި ކުޑަކުދިންގެ އަދަދު "ފަހުގެ ހަމަނުޖެހުންތަކުގައި އަޅުގަނޑުމެންނަށް ފެނުނު ހުރިހާ ކަމަކަށް ވުރެ މައްޗަށް ގޮސްފައިވާ" ކަމަށް އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ބެހޭ އދގެ ސްޕެޝަލް ރެޕަޓުއާ ރީމް އަލްސަލެމް ވިދާޅުވެއްޖެ.

09:39

ޣައްޒާގެ އުތުރުގައި ހުންނަ އެމީހުންގެ ހިޔާއަށް އަމާޒުކޮށް އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުން ސަލާމަތްވާން މަސައްކަތް ކުރަމުން ދަނިކޮށް، ގަދަ ވިއްސާރައިގެ ތެރޭގައި ފަލަސްތީނުގެ ޖަބަލިއާ ރެފިއުޖީ ކޭމްޕުން ފަލަސްތީނު މީހުން ދާތަން ފެންނަން ފަށައިފި.

ޣައްޒާގައި އަލްޖަޒީރާގެ ޓީމުން ނަގާފައިވާ ހާއްސަ ވީޑިއޯއެއްގައި، ފާއިތުވި ދެ ދުވަހު ފަލަސްތީނުގެ އެންކްލޭވްއަށް ކުރި ވިއްސާރައިން އެއްވެސް ހިމާޔަތެއް ނެތި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު މުދާ ހިފައިގެން ދާ މަންޒަރު ފެނޭ.

މިގޮތުން ފަލަސްތީނު މީހުން ފިލައިގެން ދިޔައީ ޣައްޒާގެ އެތެރޭގެ ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އަބޫ ހުސައިން ސްކޫލަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއަށް ފަހު.

09:09

ގާތްގަނޑަކަށް 1.9 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން މިހާރު ދިރިއުޅެމުން ދަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ގަވަރުނަރޭޓް ސަރަހައްދުގައި ކަމަށް ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުގައި ހަރަކާތްތެރިވާ އދ.ގެ ރިލީފް އެޖެންސީން ބުނެފި.

08:38

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ރޭ ހިންގި އޮޕަރޭޝަންގައި ދެ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެއްޖެ.

 

08:37

އިސްރާއީލުން ކަމަލް އަދްވާން ހޮސްޕިޓަލުގެ މުޅި މެޑިކަލް ސްޓާފުން ހައްޔަރު ކުރަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އދ.ގެ ރިލީފް އެޖެންސީގެ އެންމެ ފަހުގެ އަޕްޑޭޓްގައިވާ ގޮތުން އިސްރާއީލު ސިފައިން ވަނީ އޭގެ ފަހުން ފަސް ޑޮކްޓަރުންނާއި ހުރިހާ އަންހެން މުވައްޒަފުން ދޫކޮށްލާފައި.

"ހޮސްޕިޓަލުގެ ޑިރެކްޓަރާއި އިތުރު 70 ވަރަކަށް މެޑިކަލް ސްޓާފުން ހޮސްޕިޓަލުގެ ބޭރުގައި ނޭނގޭ ތަނެއްގައި ބަންދުކޮށްފައި އެބަތިބި،" އދ.

08:36

އިޒްރޭލުން ޖަބަލިއާ މިސްކިތަށް ދިން ހަމަލާއެއްގައި ބަޔަކު ޝަހީދުވެ، ޒަހަމްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި.

08:35

އެމެރިކާގެ ރައީސް ޖޯބައިޑަން ސަރުކާރުގެ މުވައްޒަފުން ވައިޓް ހައުސް ބޭރުގައި އިހުތިޖާޖު ކުރަނީ

"ރައީސް ބައިޑަން، ތިޔަބޭފުޅުންގެ ސްޓާފުން ހަނގުރާމަ ހުއްޓާލުމަށް އެދޭ" ކަމަށް ލިޔެފައިވާ ޕޯސްޓަރެއް ހިފައިގެން ބަޔަކު ވައިޓް ހައުސް ކުރިމައްޗަށް އެއްވެ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައި.

އެމެރިކާއިން އިސްރާއީލަށް ދިން ލީތަލް އެހީއާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު ސްޓޭޓް ޑިޕާޓްމަންޓުން އިސްތިއުފާ ދެއްވި ޖޯޝް ޕޯލް ވަނީ މި ތަނުގައި ވާހަކަ ދައްކަވާފައި.

08:34

ހުޅަނގު އައްސޭރީގެ ޖެނިން ސިޓީ އާއި ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދެނީ - ފޮޓޯ: އޭޕީ
ހުޅަނގު އައްސޭރީގެ ޖެނިން ސިޓީ އާއި ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދެނީ - ފޮޓޯ: އޭއެފްޕީ
ހުޅަނގު އައްސޭރީގެ ޖެނިން ސިޓީ އާއި ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދެނީ - ފޮޓޯ: ރޮއިޓާސް
ހުޅަނގު އައްސޭރީގެ ޖެނިން ސިޓީ އާއި ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދެނީ - ފޮޓޯ: އޭއެފްޕީ
ހުޅަނގު އައްސޭރީގެ ޖެނިން ސިޓީ އާއި ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދެނީ - ފޮޓޯ: އޭއެފްޕީ
ހުޅަނގު އައްސޭރީގެ ޖެނިން ސިޓީ އާއި ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދެނީ - ފޮޓޯ: އީޕީއޭ
ހުޅަނގު އައްސޭރީގެ ޖެނިން ސިޓީ އާއި ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދެނީ - ފޮޓޯ: އީޕީއޭ

08:30

ޖެނިން ސިޓީގެ އެތެރޭގެ މަގުމަތީގައި ފަލަސްތީނަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފި

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އެ ސިޓީގައި ދިން އެ ހަމަލާގައި ފަލަސްތީނުގެ އިތުރު ދެ މީހަކު ވަނީ ޝަހީދުވެފައި.

މިއީ ހަނގުރާމަ ފެށިފަހުން ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ރެއަކު ވެސް އިސްރާއީލުގެ މި އަސްކަރީ ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު އަދި ގިނައިރު ކުރަމުންދިޔަ އެއް އޮޕަރޭޝަން.

08:29

ޣައްޒާގެ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ޖަރުމަނުން ތާއީދުކުރާކަން ކުށްވެރިކޮށް އދ.ގެ މައި މަރުކަޒު ކައިރީގައި ހުންނަ ޖަރުމަނުގެ ޑިޕްލޮމެޓިކް އޮފީހަށް އެއްވި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ޖަރުމަނު ވިލާތުގެ ޑިޕްލޮމެޓިކް އޮފީހަށް ޖަމާވެއްޖެ

މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތައް އުފުލައި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އަޑުއުފުލާފައި.

08:27

އިސްރައިލުގެ ސިފައިން ވޖެނިންގެ ފްރީޑަމް ތިއޭޓަރު ފަޅާލައި އެ ތަނުގެ އާޓިސްޓިކް ޑިރެކްޓަރު އަހުމަދު ތޯބާސީ އާއި ޖެނެރަލް މެނޭޖަރު މުސްތަފާ ޝެޓާ ހައްޔަރުކޮށްފި.

ކުރިން ސްޓޯން ތިއޭޓަރގެ ނަމުން ނަން ދީފައިވާ ފްރީޑަމް ތިއޭޓަރަކީ 1995 ވަނަ އަހަރު މަރުވި އިސްރާއީލުގެ އެކްޓިވިސްޓެއް ކަމަށްވާ އަރްނާ މެރް-ޚާމިސްގެ 1987 ވަނަ އަހަރު އުފެއްދި ތިއޭޓަރު.

އޭނާ ތިއޭޓަރާއެކު، މެރް-ޚާމިސްގެ އުއްމީދަކީ، ތިއޭޓަރާއި އާޓްސް މެދުވެރިކޮށް، ކުޑަކުދިންނަށް ޝިފާ ލިބޭނެ ޖާގައެއް ހޯދައިދިނުމާއި، އަންހެނުން ބާރުވެރިކުރުވުން

 

08:24

ރަފާހްގައި މީހުން ދިރިއުޅޭ ދެ ގެއަކަށް ވަކިވަކިން ދިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި.

"މަދަނީ ދިފާއީ ހިދުމަތްތެރިންނާއި އެހެނިހެން އާންމުން ވެސް ދަނީ އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަން އަވަސްވެގަންނަމުން. މީގެ އިތުރުން ވެސް ބައެއް މީހުންނަށް އެތައް ބައިވަރު ޒަހަމްތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވޭ،".

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނިރުބެރި އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 18،608 މީހުން ވަނީ ޝަހީދުވެފައެވެ.

އިސްރާއިލުގައި މަރުވި މީހުންގެ އަދަދު ވަނީ 2،000 އަށް އަރާނެއެވެ.

އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާގެ ޖެނިންގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ 10 މީހަކު ޝަހީދުކޮށްލައިފިއެވެ. މި އޮަޕަރޭޝަންގައި އެތައް ބަޔަކަށް އަނިޔާވެސް ވެފައި ވެއެވެ.

ޔޫއެންއާރުޑަބްލިއުއޭ އިން ބުނާގޮތުގައި އޮކްޓޯބަރު މަހުގެ ޖހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހުންނަ ފަލަސްތީނުގެ ފެސިލިޓީތަކުގައި ހިޔާވަހިކަން ދޭ ފަލަސްތީނުގެ 288 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި އިތުރު މުވައްޒަފަކު ޝަހީދުވެފައިވާކަން ކަށަވަރުވެފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔޫއެންއާރްޑަބްލިއުއޭގެ މުވައްޒަފުންގެ ތެރެއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 135 އަށް އަރާފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ދީނުގައިދޭ ހައްޤުތައް ދޫކޮށްލައި މުސްލިމުން މެދުމިން ހިޔާރުކުރީތީވެ ވާގޮތް! މުސްލިމުން މަރަމުންދާ އިރުގައިވެސް އަޅާނުލައި އ.ދ.އަށް ދޫކޮށްލައިގެން ތިބެންނުވާނެ!