ނިރުބަވެރިން އެމީހުންގެ އަމިއްލަ ސިފައިންގެ ބަޔަކު މަރާލައިފިއެވެ.

ނިރުބަވެރިން ބުނެފައިވަނީ ޝެޖައިޔާގައި ކުރިއަށް ގެންދިޔަ ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން ނުރައްކާތެރި ބައެއް ކަމަށް ހީކޮށް، އެމީހުންގެ އަމިއްލަ ތިން ސިފައިންގެ މީހަކު މަރާލެވިފައިވާ ކަމަށެވެ. އެހަމަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެސަރަހައްދަށް ގޮސް ބެލިބެލުމުން އެއީ އަމިއްލަ ސިފައިންކަން އެނގުނު ކަމަށް ނިރުބަވެރިން ވަނީ ބުނެފައެވެ.

ނިރުބަވެރިން ބުނި ގޮތުގައި މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ އިސްރާއީލް ކަމާއި ބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސް އިތުރަށް ބެލި ބެލުމުން އެއީ އެމީހުންގެ ބަޔަކުކަން ވަނީ ކަށަވަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަމާސްއިން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ރަހީނު ކޮށްފައިވާ ޔޮތަމް ހާއިމް، ސަމާ ޓަލަކްކާ އެވެ. ތިން ވަނަ އަށް މަރުވެފައިވާ މީހާގެ ނަމެއް އިސްރާއީލުން އާންމު ކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ބަލަން ޖެހޭކަންކަން ބަލަމުން އަންނަ ކަމަށް ވެސް ނިރުބަވެރި އިސްރާއީލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަކީމް

    މިހާރު އެތިފަހަރު ބޮލައެރީދޯ

    20
    1
  2. ފާއިމް

    الحمد لله

    31
  3. Anonymous

    ހެހެ...މޮޔައިންތަކެއް. ކުޑަކުދިން މަރަން އެކަނި ކުޅަދާނައީ.

    24
  4. ހަސަން

    ފަލަސްތީނު އާންމުމީހުން މެރީ ހިތުން!

    17