23:50

23:37

ހިޒްބުﷲ އިން ނުރައްކާތެރި ހަމަލާތަކެއް ނިރުބަވެރި އިސްރާއީލުންނާއި ދިމާލަށް ފޮނުވައިފި. ހިޒްބުﷲއިން ބުނާ ގޮތުގައި މިހަމަލާގައި އިސްރާއީލުގެ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ޝަހީދުވެފަ. އަދި އިސްރާއީލުން ވެސް ވަނީ ހިޒްބުﷲ އިން ހަމަލާއެއް ދީފައިވާކަން ހާމަކޮށްފަ.

23:09

ނިރުބަވެރިން ފަލަސްތީނުގެ 20 އަހަރުގެ ޒުވާނަކާއި 25 އަހަރުގެ ޒުވާނަކު ޝަހީދު ކޮށްލައިފި

22:05

ފަލަސްތީނުގެ ރައްޔިތުންނަށް އިންތިހާއަށް ބޭސް ބޭނުންވި ނަމަވެސް ގިނަ ބޭސް ފިހާރަތަކުން މިހާރު ވަނީ ބޭސްތައް ހުސްވެފަ.

20:24

ޣައްޒާގައި ހުރި 36 ހޮސްޕިޓަލުގެ ތެރެއިން މިވަގުތު ހިދުމަތް ދެވެމުން އަންނަނީ 11 ހޮސްޕިޓަލެއްގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި.

20:10

ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއިން ގަސްތުގައި ނޫސްވެރިންނަށް ހަމަލާ ނުދޭ ކަމަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

 

19:11

އިސްރާއީލުގެ އޮފިޝަލުންނާއި ޤަތަރުގެ އޮފިޝަލުން މާދަމާ ނޯވޭގެ ވެރިރަށް އޮސްލޯގައި ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި މި ބައްދަލުވުމުގައި އިސްރާއީލް އިންޓެލިޖެންސް އޭޖެންސީގެ ޗީފް، ޑޭވިޑް ބާނިއާ، ޤަތަރުގެ ބޮޑު ވަޒީރު، މުހައްމަދު ބިން އަބްދުލްރަހްމާން އަލްތާނީ ބައިވެރިވާނެ.

މި ބައްދަލުވުމަކީ މީގެ ކުރިން ނިރުބަވެރިންނާއި ޣައްޒާއާއި ދެމެދު ވެވުނު ކަހަލަ އެއްބަސްވުމެއް އަނެއްކާ ވެސް ފެށުމުގެ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަލުވުމެއް.

19:08

އިއްޔެ ނިރުބަވެރިން ދިން ހަމަލާއެއްގައި އެމީހުންގެ ސިފައިންގެ ބަޔަކު މަރުވީ ހަނގުރާމައިގެ އުސޫލުތަކާއި ހިލާފުވުން ކަމަށް ނިރުބަވެރިން އެއްބަސްވެއްޖެ

 

18:37

އަލްޖަޒީރާ ނޫހުގެ ނޫސްވެރިޔާގެ ޖަނާޒާ ކުރިއަށް ގެންދަނީ-- ފޮޓޯ: އަނަޑޮލު

18:37

ފަހުގެ މައުލޫމާތު:

  • ނިރުބަވެރިން އަންނަނީ ޣައްޒާގެ ކަމާލް އުދުވާން ހޮސްޕިޓަލުގެ ބޭރުގައި ޓެންޓް ޖަހައިގެން ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންގެ ޓެންޓްތައް ސުންނާފަތިކޮށްލައި، އެމީހުން "ޗިސްޗިސް" ކުރަމުން
  • ޣައްޒާގެ އުތުރުގައި ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން 25 މީހަކު މަރާލައި، 50 އަށްވުރެ ގިނަ މީހަކު އިސްރާއީލުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ނިރުބަވެރިން ބުނެފި
  • ޣައްޒާގެ އުތުރުގައި ހުންނަ ދެ ގެއަކަށް ނިރުބަވެރިން ދިން ހަމަލާއެއްގައި 14 މީހަކު ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަހަމް ކޮށްލައިފި
  • ހިފާފައިވާ ހުޅަނގުއައްސޭރިއަށް އަދިވެސް ނިރުބަވެރިން ރެއިޑް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނޭ
  • ހަނގުރާމަ ހުއްޓާލުމާއި ގުޅޭ އެއްބަސްވުމެއް ހެދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޤަތަރުން ބުނެފި
  • އިސްރާއީލުގެ އިންޓެލިޖެންސް އޭޖެންސީއަށް ޖާސޫސްކޮށްދޭ މީހަކު އީރާނުގައި މަރާލައިފި

18:31

ފަހުގެ ތަފާސް ހިސާބުތައް: މި ތަފާސް ހިސާބަކީ ފަލަސްތީނުގެ ހެލްތް މިނިސްޓްރީ އާއި ނިރުބަވެރިން އާންމު ކޮށްފައިވާ މައުލޫމާތު

ޣައްޒާ:

  • ޝަހީދުވި މީހުންގެ އަދަދު: 18،787
  • ޒަހަމްވި މީހުންގެ އަދަދު: 50،897

ހުޅަނގުއައްސޭރި:

  • ޝަހީދުވި މީހުންގެ އަދަދު: 288
  • ޒަހަމްވި މީހުންގެ އަދަދު: 3،365

އިސްރާއީލް:

  • އޮކްޓޯބަރު 7 ވަނަ ދުވަހު މަރާލި މީހުންގެ އަދަދު: 1،200
  • އޮކްޓޯބަރު 7 ގެ ފަހުން މަރާލި ސިފައިންގެ އަދަދު: 450
  • އަނިޔާވި މީހުންގެ އަދަދު: 8،730

18:28

އިސްރާއީލާއި ލުބުނާން ބޯޑަރު ސަރަހައްދު ކައިރީގައި ދިން ހަމަލާތަކެއްގައި ނިރުބަވެރި އިސްރާއީލުގެ ދެ ސިފައިންގެ މީހަކަށް އެކި ވަރުގެ ޒަހަމްތަކެއް ލިބިއްޖެ.

މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލާއި ޣައްޒާއާއި ދެމެދު ހަނގުރާމަ ފެށުނު ފަހުން އިސްރާއީލާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި ދެމެދު ވެސް އަންނަނީ އެކިއެކި ހަމަލާތައް ދެމުން.

18:09

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ގައިގައި ވެހިކަލްތަކުން ޖައްސައި "ޗިސްޗިސް" ކުރަން ފަށައިފި

 

15:49

ޚާން ޔުނިސްގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ހިފާފައިވާ އާޓިލަރީގެ ހަމަލާތައް ދެނީ

15:48

ނަބްލޫސްގެ އިރުމަތީގައި އޮންނަ ބަލަޓާ ކޭމްޕްގައި ހުންނަ އަލް ސަލަޖް އާއިލާގެ ގެއަށް އިސްރާއީލް ސިފައިން ވަދެ ގެއްލުން ދީފައި.

15:47

އަލް ޝުޖާއްޔާ އަވަށަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ އަވަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް.

14:46

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފި.

އެ ޖަމާއަތުން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ހިފާފައިވާ ސަރަހައްދުން ހައްޔަރު ކުރި މީހުންގެ އަދަދު މިހާރު 4،520 އަށް އަރާފައިވާ ކަމަށް.

14:28

ހަމާސްގެ ހަނގުރާމަވެރިން އެ ތަންތަނުގެ ތެރޭގައި ފޮރުވިފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސިޓީގެ އުތުރުން އޮންނަ ޣައްޒާ ސިޓީގެ ދެ ސްކޫލަކަށް ބަލައި ފާސްކޮށްފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

ހަނގުރާމަ ފެށުނީއްސުރެ ފަލަސްތީނުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އދއިން ހިންގާ ސްކޫލްތަކާއި ހޮސްޕިޓަލްތައް ހިމެނޭ ގޮތަށް މަދަނީ އުމްރާނީ ވަސީލަތްތަކަށް އަސްކަރިއްޔާއިން ދަނީ ތަކުރާރުކޮށް ހަމަލާތައް ދެމުން. އމި ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ވަނީ ޝަހީދުވެފައި.

14:06

ރަތް ކަނޑުން ދަތުރު ކުރަމުންދާ ބޯޓުތަކަށް ޔަމަނުގެ ހޫތީން ދެމުންދާ ސިލްސިލާ ހަމަލާ ތަކުގެ ސަބަބުން ރަތް ކަނޑު ހުރަސްކޮށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން މެދު ކަނޑާލަން ދުނިޔޭގެ މައި ދެ ޝިޕިން ކުންފުންޏަކުން ނިންމައިފި

13:27

ރަހީނުކޮށްފައވާ މީހުން ދޫކޮށްލުމުގެ މަޝްވަރާތައް އަލުން ފެށުމަށް ޓަކައި މޮސާޑްގެ ވެރިޔާ އާއި ގަތަރުގެ ބޮޑުވަޒީރުގެ ބައްދަލުވުމެއް ބާއްވަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

13:26

ޣައްޒާގެ އުތުރުގެ ދެ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 14 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ.

އަލްޖަޒީރާގެ ނޫސްވެރިޔަކު ނަގާފައިވާ ވީޑިއޯއަކުން ފެންނަނީ އެ ހިސާބަށް ލިބިފައި ހުރު ގެއްލުމުގެ ބޮޑުމިން، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން އަތުގައި ހިފައިގެން ނެރުމުގެ މަސައްކަތް ރެސްކިއު ސިފައިން ކުރަމުން އަންނަ މަންޒަރުވެސް ފެނޭ.

އިސްރާއީލުން ޣައްޒާގެ އުތުރުގައި ޖަބާލިއާގެ ގެއަކަށް ދިން ހަމަލާއެއްގައި އިތުރު އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނޭ.

 

13:23

މީގެ ދެ މަހެއްހާ ދުވަސް ކުރިން އިސްރާއީލާއި ހަމާސް ހަނގުރާމަ ފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ 59 ނޫސްވެރިއަކު ވަނީ ޝަހީދުވެފައި.

އަލްޖަޒީރާގެ ކެމެރާމަން ސަމޭރު އަބޫދަކާ އަކީ 59 މީހުންގެ ތެރޭގައި ހިމެނޭ އަދި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ އެންމެ ފަހުގެ ނޫސްވެރިޔާ. މީގެ އިތުރުން އަލްޖަޒީރާގެ ޣައްޒާގެ ބިއުރޯ ޗީފް ވައިލް ދަހްދޫހުއަށް އަނިޔާވިއިރު، މީގެ ކުރިން އިސްރާއީލުން ދިން ހަމަލާއެއްގައި އޭނާގެ އާއިލާ ވަނީ ޝަހީދުކޮށްލާފައި

12:24

ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އުދުވާން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށް އަޔަލޭންޑް ގެ ބޮޑުވަޒީރު ލިއޯ ވަރަދްކަރ ވިދާޅުވެއްޖެ

12:15

ޚާން ޔުނިސްގެ އިރުދެކުނުގައި އޮންނަ ސަރްހާން އާއިލާގެ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ.

11:59

އިސްރާއީލުން ދިން ނުރައްކާތެރި ވައިގެ ހަމަލާތަކުގެ ސަބަބުން ރަފާގައި ހުންނަ އަލް އަރްޖާ އާއިލާގެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މަންޒަރު ދައްކުވައިދޭ ފޮޓޯތައް

 

11:33

ޣައްޒާގެ ހެލްތް މިނިސްޓްރީ:

ކަމަލް އަދްވާން އާއި އަލް-އައުދާ ހޮސްޕިޓަލްގައި ވެސް ބިރުވެރި ވަގުތުތަކެއް ގުނަމުންދާއިރު، އިސްރާއީލް ސިފައިން ދަނީ ހޮސްޕިޓަލްތަކުގެ ތެރޭގައި އުޅޭ ކޮންމެ މީހަކަށް ވެސް އަމާޒުކުރަމުން.

އިސްރާއީލްގެ އިސްތިއުމާރީ އަސްކަރިއްޔާއިން ވަނީ ކަމާލް އަދްވާން ހޮސްޕިޓަލުގެ ދެކުނު ބައި މުޅިން ހަލާކުކޮށްލާފައި.

ކަމާލް އަދްވާން ހޮސްޕިޓަލުގެ ސިއްހީ މުވައްޒަފުން ހިފަހައްޓައި ނިކަމެތިކޮށްލާފައި ވަނީ އަސްކަރިއްޔާއިން

ކަމާލް އަދްވާން ހޮސްޕިޓަލުގެ އިންކިއުބޭޓަރުތަކުގެ ތެރޭގައި ފެނާއި ކާއެއްޗެހި ނުލިބި 12 ތުއްތު ކުއްޖަކު އަދިވެސް ހިފަހައްޓާފައި

11:11

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ހުންނަ ސަރްހާން އާއިލާގެ ގެއަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ބަޔަކު ޝަހީދުވެއްޖެ.

11:07

ފަލަސްތީނުގެ ނޫސްވެރިޔަކު ހިއްސާކުރި އަދި އަލްޖަޒީރާއިން ކަށަވަރުކޮށްފައިވާ ފުޓޭޖުން ފެންނަ ގޮތުގައި ޣައްޒާގެ މަގުތަކުގައި ވަގުތީ ގަބުރުސްތާނުތަކެއް ހަދާފައި

 

View this post on Instagram

 

A post shared by حسام شبات (@hossam_shbat)

10:44

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ޝަހީދުވި އަލްޖަޒީރާގެ ނޫސްވެރިޔާ ސަމީރު އަބޫދާކާއަށް ރަހުމަތްތެރިންނާއި އެކުވެރިން ޓްރިބިއުޓް ދީފި

ޣައްޒާގެ އަލްޖަޒީރާ އަރަބި ކެމެރާމަނެއް ކަމަށްވާ އަބޫދާކާއަށް އިސްރާއޯލު ހަމަލާއެއް ދީފައިވަނީ ޚާން ޔުނިސްގެ ސްކޫލެއްގައި ރިޕޯޓް ކުރަމުން ދަނިކޮށް ކަމަށް އަލްޖަޒީރާއިން ވަނީ ހުކުރު ދުވަހު ކަށަވަރުކޮށްދީފައި.

09:31

ހަމާސް ޖަމާއަތުން ޣައްޒާގައި ބަންދުކޮށްފައި ތިބި ތިން މީހަކު އޮޅުމަކުން މަރާލިކަން އިސްރާއީލުގެ އަސްކަރިއްޔާއިން އިއުލާނުކުރުމާ ގުޅިގެން ތެލްއަވީވްގައި ކުރި މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފި

އިސްރާއީލުގެ ޓީވީތަކުން ފެންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެ އެ ސިޓީގެ މައި މަގެއް ބަންދުކޮށްފައިވާ މަންޒަރު.

08:57

އިސްރާއީލުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް ޔަމަނުގެ ޖަމާއަތުން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައި ހުކުރު ދުވަހު ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ ތިން އުޅަނދަކަށް ހޫތީ ސިފައިންގެ ފަރާތުން ނުރައްކަލާއި ހަމަލާތައް ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި.

08:56

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ހިފާފައިވާ ހުޅަނގު އައްސޭރީގެ 189 އާއިލާއެއް ގެދޮރު ގެއްލިފައިވާއިރު، ގެދޮރު ދޫކޮށް ދާން ޖެހުނު ފަލަސްތީނުގެ 1257 މީހުންގެ ތެރެއިން 582 މީހުންނަކީ ކުޑަކުދިން ކަަމަށް ރިޕޯޓްތައްތަކުން ދައްކައިފި.

އެ މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ފަލަސްތީނުގެ ގެތައް ތަޅާލުމުން 182 ކުޑަކުދިންނާއެކު އިތުރު 338 މީހުން ދިރިއުޅޭނެ ތަނެއް ނެތިފައިވާ ކަމަށް އދގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން ޣައްޒާއާއި ހިފާފައިވާ ފަލަސްތީނުގެ ބިންތަކާ ބެހޭ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވޭ.

08:55

ޖަކާޓާއިން ފެށިގެން ސެން ފްރެންސިސްކޯއާ ހަމައަށް ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެތައް ލައްކަ ބަޔަކު މަގުތަކަށް ނުކުމެ، އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް ގިނަބަޔަކު އަޑު އުފުލައިފި.

ކޮންފްލިކްޓް ޑޭޓާ އެއްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓްސް ޑޭޓާ ޕްރޮޖެކްޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ފަލަސްތީނަށް ތާއީދުކުރާ 7،283 މުޒާހަރާ 118 އަށް ވުރެ ގިނަ ގައުމުތަކާއި ސަރަހައްދުތަކުގައި ހިނގާފައިވޭ.

08:53

ޔަމަނާ ދެކޮޅަށް ބޭރުގެ ބާރުތަކުން ކުރާ ކޮންމެ ދެކޮޅުވެރިކަމެއްގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ކަމަށް ޔަމަނުގައި ހުންނަ ހޫތީ ޖަމާއަތުގެ އަންސާރުﷲ ޕޮލިޓްބިއުރޯގެ މެމްބަރެއް ކަމަށްވާ އަލީ އަލް ޤަހޫމް ލުބުނާނުގެ އަލް މަޔާދީން ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުއްޖެ.

08:52

އިސްރާއީލުގެ ކަނޑުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ޣައްޒާގެ ދެކުނުގެ ރަފާހް ސަރަހައްދަށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، އިސްރާއީލުން ރަފާހާއި ޚާން ޔުނިސްއަށް ވެސް ހަމަލާދީފައިވާ ކަމަށް އދއިން އެންމެ ފަހުން ނެރުނު ފަލަސްތީނުގެ އެންކްލޭވްއާ ބެހޭ ގޮތުން ނެރުނު އެސެސްމަންޓް ރިޕޯޓުގައި ބުނެފި

08:51

ނިއުޔޯކްގައި ހުންނަ ސެނެޓްގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމަރގެ އޮފީސް ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެތައް ބަޔަކު ވަނީ ބައިވެރިވެފެއްޖެ.

މުޒާހަރާގެ ބައިވެރިން ވަނީ އޭނާ ތާއީދު ކުރަނީ ގަތުލު އާންމަށް ކަމަށް ފަލަސްތީނުގެ ދިދަތައް އުފުލާފައި.

ޝޫމާ އަކީ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލަށް ތާއީދު ކުރާ ފަރާތެއް

 

08:48

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލި މައްސަލަ އިސްރާއީލުގެ އަސްކަރީ ފުލުހުން ބަލަމުން ދަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން އެ ދެ މީހުން ސިފައިން އެ ދެ މީހުންނަށް "މަރުގެ އަދަބު" ދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން ކަމަށް އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީން ބުނެފި.

08:47

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާ އަރަބިގެ ނޫސްވެރިޔާ ސަމީރު އަބޫދާކާ ޝަހީދުވެ، އޭނާގެ އެކުވެރިޔާ ވައިލް ދަހުދުހު ޒަޚަމްވެއްޖެ.

08:47

ހިފާފައިވާ އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ މުސްތަފާ ހާރޫފަށް ސީރިއަސް ކޮށް ހަމަލާދިން ވީޑިއޯއިން ފެންނަ ބައެއް ފުލުހުން ސަސްޕެންޑްކޮށްފައިވާ ކަމަށް އިސްރާއީލުން ހުކުރު ދުވަހު ބުނެފި.

08:33

އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދ.ގައި ހުންނަ ފަލަސްތީނުގެ މިޝަނުން ސަލާމަތީ މަޖިލީހުގައި އެދިއްޖެ.

ނިރުބަވެރި އިސްރާއީލުން، ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލު އާންްމަށް މިއަދު މިއީ 71 ވަނަ ދުވަހެެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ނިރުބަވެރިން ގެންދަނީ ޣައްޒާގެ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. މިހާރު ޣައްަޒާއިން ޝަހީދުވި މީހުންގެ އަދަދު 19،000އާ ގާތް ކުރެއެވެ. މީގެ ތެރޭގައި ތުއްތު ކުދިންނާއި އަންހެނުން ގިނައެވެ.

ޣައްޒާގައި ހިނގަމުންދާ މި ހަނގުރާމައިގައި ޝަހީދުވާ މީހުންގެ އަދަދުތައް އިތުރުވަމުންދާއިރު، ވަކި ވަކި ޓާގެޓްތަކަށް ހަމަލާ ދީގެން މީހުން ޝަހިދު ކުރުންވެސް މަދެއް ނޫނެވެ. މިގޮތުން ނޫސްވެރިންނަށް އަމާާޒުކޮށްވެސް ދަނީ ހަމަލާތައް ދެމުންނެވެ.

ޣައްޒާގެ މިހާރުގެ ހާލަތަށް ބަލާއިރު، ގިނަ ބަަޔަކު އަދިވެސް ދިރިއުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޣައްޒާއިން ކާބޯތަކެއްޗާއި ފެން ލިބުން ދަތިވެ ގިނަބަޔަކު އުޅެމުން ދަނީ ހާލުގައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.