އިއްޔެ ނިރުބަވެރިން ދިން ހަމަލާއެއްގައި އެމީހުންގެ ސިފައިންގެ ބަޔަކު މަރުވީ ހަނގުރާމައިގެ އުސޫލުތަކާއި ހިލާފުވުން ކަމަށް ނިރުބަވެރިން އެއްބަސްވެއްޖެއެވެ.

ނިރުބަވެރިން އިއްޔެ ޣައްޒާއަށް ދިން ހަމަލާގައި މަރުވެފައިވަނީ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލް ސިފައިންގެ ތިން މީހެކެވެ. އެމީހުން މަރުވެފައިވަނީ ނިރުބަވެރިން ދިން ހަމަލާތަކެއްގައި ކަމަށް މީގެ ކުރިން ނިރުބަވެރިން ވަނީ އެއްބަސްވެފައެވެ. އެހެން ކަމުން އެހަމަލާ ހިނގައިދިޔަ ގޮތް ތަހުގީގު ކުރާނެކަން ނިރުބަވެރިން އިއުލާނު ކުރިއެވެ.

ތަހުގީގަށްފަހު، ނިރުބަވެރިން ބުނެފައިވަނީ 8 ކަމެއް ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން:

  • ދިގު ދަނޑިއެއްގައި ހުދު ކުލައިގެ ފޮތިގަނޑެއް ޖަހައިގެން މަތިން އެއްޗެއް ނުލާ ތިބި ތިން މީހަކު ފެނުން
  • މަންޒަރު ފެނުމުން ނިރުބަވެރި ސިފައިންގެ މީހާއަށް ނުރައްކަލެއްކަން ފާހަގަ ކުރެވިގެން ހަމަލާދިނުން
  • ހަމަލާ އަމާޒުވި ދެ މީހަކަށް، އަނެއްކަކު ކައިރި އިމާރާތެއްގައި ފިލިކަން
  • އެތަނުން އެކަކު އެއީ އެމީހުންގެ ކޮމާންޑިން އޮފިސަރުކަން ހާމަކުރި
  • އެބުނާ ކޮމާންޑަރު ސީނަށް ދިޔައިރު، އިތުރު ސިފައިންތަކެއް ފިލި މީހާ ހޯދަން ދިޔަކަން
  • ސިފައިންނަށް އިމާރާތަށް ދެވުނުއިރު، އެހީއަށް އެދި ފިލި މީހާ ގޮވިކަން
  • ފިލައިގެން އުޅުނު މީހާ އިމާރާތުން ބޭރަށް ދުވެފައި ނުކުތްކަން
  • އެހާ ހިސާބުން އެއީ ހަމާސްގެ މީހެއް ކަމަށާއި އޭނާގެ މަގުސަދަކީ އެމީހުން އަނދަވަޅަކަށް ވައްޓާލަން ކަމަށް ހީކޮށް އިމާރާތަށް ވަދެ އޭނާ މަރާލިކަން

މިކަންކަމަށް ރިއާޔަތްކޮށް ނިރުބަވެރި އިސްރާއީލުން ބުނެފައިވަނީ އެހާދިސާ ހިނގާފައިވަނީ އިސްރާއީލުގެ ސިފައިން އެމީހުން އެހެން މީހުންނާއި ކުރިމަތިލާއިރު، ކަންކަން ކުރަން ޖެހޭ ގޮތް އަންގައިދޭ އުސޫލާއި ހިލާފުވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ނަތަންޔާހޫ މަރާލާފަވެސް ބުނޭ ހަނގުރާމައިގެ އުސޫލްތަކާއި ޙިލާފްވީއޭ

    23
  2. ދަރަނި ދަންތުރަ

    އޮޅިގެން ނޫނީ އުސޫލާ ހިލާފުވެގެން ނުލަފާ ނަތަން ޔާހޫ މަރާލަ ބަލަ ކަލޭމެން ، އޭރުން އިޒުރޭލުގެ ސިފައިންނަށް ވެސް ހަމަޖެހިލައިގެން ތިބެވިދާނެދޯ

  3. ބާސިތު

    اللهم أهلك الكافرين بالكافرين

  4. އަލީ

    ނުބައި. އަމިއްލަ ސިފައިން މަރުވީ ބަޑިޖެހުމުގަ އެއްވެސް އުސޫލެއް ހަމައެއް ނުގެންގުޅުމަށް ސިފައިންނަށް އަންގާފަ އޮންނާތީ