ވައްކަމުގެ ތުހުމަތާއެކު ނިއުޒިލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކު އިސްތިއުފާ ދެއްވައިފިއެވެ.

ގްރީން ޕާޓީގެ ގޯލިޒް ގަހްރާމަންގެ މައްޗަށް ތުހުމަތު ކުރެވެނީ ތިން ފަހަރެއްގެ މަތިން އޮކްލޭންޑްގައި އަދި ވެލިންޓަންގެ ފިހާރައަކުން އަންނައުނު ވަގަށް ނެގި ކަމުގެ ތުހުމަތެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ އޭނާ ވަނީ 2017 ވަނަ އަހަރު އެ ގައުމުގެ ސަރުކާރުގެ ފުރަތަމަ ރެފިއުޖީގެ ގޮތުގައި ތާރީހު ހަދައިފައެވެ. އޭނާ އަކީ ކުރިން ޕާޓީގެ ޖަސްޓިސް މިނިސްޓްރީ ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭނާ ވިދާޅުވިގޮތުގައި މަސައްކަތާ ގުޅުންހުރި "ސްޓްރެސް"ގެ ސަބަބުން އޭނާ އަމަލު ކުރަމުން ގޮސްފައި ވަނީ މުޅިން ވެސް "ކެރެކްޓާއިން" ބޭރުން ކަމަށެވެ.

ޣަހްރާމަން އަކީ އީރާނުން ފިލައިގެން އާއިލާއާ އެކު ނިއުޒީލެންޑަށް ބަދަލުވި ރެފިއުޖީއެކެވެ. އެ އާއިލާއަށް އެ ގައުމުގައި ސިޔާސީ ހިމާޔަތް ލިބުނެވެ.

އަންގާރަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޮކްލޭންޑް ބުޓިކަކުން އަގުބޮޑު އަތް ދަބަހެއް ވަގަށް ނަގަމުންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުވުމާ ގުޅިގެންނެވެ.

އޭނާގެ މައްޗަށް އެއްވެސް ކުށެއްގެ ދައުވާ އުފުލާފައި ނުވާއިރު، އޭނާ ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ އަމަލުތައް ހުރީ އިންތިހާބީ މަންދޫބުގެ ކިބައިން ރައްޔިތުން އުއްމީދުކުރާ ގޮތަކަށް ނޫން ކަމަަށެވެ.

އޭނާގެ އިސްތިއުފާއާ ގުޅިގެން ގްރީން ޕާޓީގެ ކޯ ލީޑަރ ޖޭމްސް ޝޯ ވިދާޅުވީ، ޣަހްރާމަން ގާނޫނު ހަދާ މަޖިލީސްއަށް އިންތިހާބުވި ދުވަހުން ފެށިގެން ޖިންސީ އަނިޔާއާއި ޖިސްމާނީ އަނިޔާއާއި މަރުގެ އިންޒާރުތައް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މަޖިލީހުގެ ގިނަ މެންބަރުންނަށް ތަޖުރިބާ ކުރެވޭ ވަރަށް ވުރެ ސްޓްރެސް އޭނާއަށް އިތުރުވެފައިވާ ކަމަށް ޝޯ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތީ ތިބުނާ ޑިމަކުރަސީ ބޮއިގެން ތިބި މީހުން އުޅޭ ގޮތަކީ. މިރާއްޖޭގައި ވެސް ވެލާނާގެއިން ވައްކަންކުރީ މީހަކު އުޅުނު ޑިމަކުރަސީ ގިރައިގެން ބޮއިގެން. މީހުން މަގުފުރެއްދުން ފިޔަވައި އެކަލޭގެ ކުރި ކަމެއްނެތް.

    16
    4
  2. Anonymous

    މިތާނަމަ ކަލެއަށް އެވޯޑެއް ލިބުނީސް

  3. ހުވަދޫ އަލިބެއްޔާ

    ވައްކަން ކުރުމަކީ ފެޝަނެއް..

  4. މެތްރީ

    މިާރާއްޖެގެ މަޖިލިސް މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ނަގާ ރިޝްވަތު އެކުއްޖާ ނެގި އަތްދަބަހަށްވުރެ މާބޮޑު އެކަމަކު އެވާހަކަ މިާރާއްޖެއަކު ނުދައްކާ ކުދިންނޭ މީ ކޮރަޕްޝަނާ ފަސާދައިން ދުނިޔޭގެ 1 ވަނަ