އިސްރާއީލުގެ މަސައްކަތުގެ ދާއިރާތަކުގަައި ވަޒީފާ އަދާކުރާނެ މީހުން ހޯދުމަށް އެ ގައުމުގެ ޓީމެއް އިންޑިއާ އަށް ގޮސްފިއެވެ.

ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވަނީ ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންގެ ވޯކް ވިސާ ކެންސަލް ކޮށްފައެވެ.

މިހާރު އިންޑިއާ އަށް ގޮސް އުޅޭ އިސްރާއީލުގެ ޓީމަކީ ފަލަސްތީނުގެ ރައްޔިތުން ނެތް ތަން ފޫބެއްދުމުގެ ގޮތުން މަސައްކަތް ކުރާނެ އިންޑިއާ މީހުން ހޯދުމަށް ގޮސް އުޅޭ ޓީމެއް ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ބުނެއެވެ.

އިންޑިއާގެ ކޮންސްޓްރަކްޝަން މަސައްކަތް ތެރިން ހޯދަން އިސްރާއީލުން ކުރި އިއުލާނުގެ ސަބަބުން މިހާތަނަށް 10000 މީހުން އެ ވަޒީފާތަކަށް ވަނީ ޝައުގުވެރިކަން ފާޅު ކޮށްފައެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވާ ގޮތުގައި އެ ވަޒީފާތަކަށް އިސްރާއީލުގެ ސަރުކާރުން ވަރަށް ބޮޑު މުސާރައެއް ވަނީ ހުށަހަޅާފައެވެ. އެ ގޮތުން 1.37 ލައްކަ އިންޑިއާ ރުޕީސްގެ މަހު މުސާރައިގެ އިތުރުން 16،515 އިންޑިއާ ރުޕީސްގެ ބޯނަސް އެއް ވެސް އެ ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް ދޭނެއެވެ. އެ ވަޒީފާތަކަށް އިސްރާއީލަށްދާ އިންޑިއާ މީހުންގެ ހުރުމާއި ކެއުން ހިލޭ ލިބޭ ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާ އިން ބުނެއެވެ.

އިސްރާއީލުގެ ޔަހޫދީންގެ ކޮންސްޓްރަކްޝަން ދާއިރާ ފުޅާ ކުރުމަށްޓަކައި އިންޑިއާ އިން މަސައްކަތު މީހުން ހޯދުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ ސަރުކާރާއި އިސްރާއީލުގެ ޔަހޫދީ ދައުލަތުން ވަނީ ސޮއި ކޮށްފައެވެ.

އިސްރާއީލުން ވަނީ ވަރަށް ފަހުން ސްރީލަންކާ އިން ވެސް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާނެ މީހުން ހޯދާފައެވެ.

އިސްރާއީލާއި އިންޑިއާ އަކީ މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި އަމަލު ހިންގުމުގައި ދާދި އެއްގޮތް ވިސްނުމެއް ގެންގުޅޭ ދެ ގަައުމު ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ދަނީ ވަރަށް އަނިޔާވެރި އަމަލުތަކެއް ހިންގަމުންނެވެ. އިންޑިއާ އިން ވެސް ދަނީ ކަޝްމީރުގެ މުސްލިމުން އެތައް ހައްގުތަކަކުން މަހްރޫމު ކޮށް އެމީހުންނާއި ދެކޮޅަށް ވަރަށް އަނިޔާވެރި އަމަލުތައް ވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަގީގަތް

    އެންމެ ގުޅޭ ދެގައުމު. ރާއްޖެއައް ކުރާ އެންޓިކޭންޕޭންގަ ވެސް އިސްރާއީލް ބަރާބަރައް ބައިވެރިވޭ. އިސްރާއީލުން އެހީތެރި ވެދެނީ އެތަން ތަރައްގީ ކުރަން. ރާއްޖެއާ އެންޓިކޭޕޭން ކުރަންނާ ބައިވެރި ވާނެ

    18
  2. އިބްރާހިމް

    ''އީމާންވި މީހުންނަށް މީސްތަކުންކުރެ، ޢަދާވަތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކުކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ...."(5:82)
    އަހަރުމެންތިބެންވީ ވިސްނައިގެން!

  3. ގަމާރު

    ދާދި އެއްގޮތޭ؟؟؟ އެއީ ހަމަ އެކައްޗެއް.. ހިންދޫންނަކީ އަމިއްލް ދަރިން ބުދުތަކަށް ޓަކައި މަރާ ބައެއް.. އެމީހުން ބިރުގަނޭ
    އިންޑިޔާގައި އިސްލާމް ދީން ފެތުރޭލެއް ބާރުވީމަ.. އެހެންވެ އެމީހުންގެ ވިސްނުމަކީ މުސްލިމުން އިންޑިޔާއިން ހުސް ކުރުން.. ރާއްޖެ ދެކެ ރުޅިގަދަ ވެގެން އެއުޅެނީ ރާއްޖެއިން ފަލަސްތީނަށް ތާއީދު ކުރާތީ..