ސްރީ ލަންކާގައި މަސްތުވާތަކެތި ވިއްކުމުގައި ހަރަކާތްތެރިވަމުންދާ ވެރިއަކާއި ގުޅުން ހުރި ގެއެއްގެ ބިމުގެ އަޑީގައި ހުރި ބަންކަރެއްގައި ފޮރުވާފައި ހުރި 2.2 މިލިއަން ރުޕީސް ހޯދައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނާކޮޓިކް ބިއުރޯގެ އޮފިސަރުން ވަނީ ހައްޔަރުކޮށްފައިވާ މަސްތުވާތަކެތީގެ ވެރިއެއް ކަމަށްވާ ގަނޭމުއްލާ ސަންޖީވާގެ ބައިވެރިއެއް ކަމަށް ބެލެވޭ އުޑުގަމްޕޯލާގެ ގެއެއް ބަލައި ފާސްކޮށްފައެވެ.

މިގޮތުން ފުލުހުން ވަނީ އެމީހުން ވަނީ ބިމުގެ އަޑީގައި ހުރި ބަންކަރެއްގައި ފޮރުވާފައި ހުރި 2.2 މިލިއަން ރުޕީސް ހޯދާފައެވެ.

އަދި އެ މައްސަލައިގައި އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި މިހާރު ކުރިއަށްދާ ބޮޑު އޮޕަރޭޝަނެއް ދަނީ ކުރިއަށެވެ. "ޔުކްތިޔާ" ގެ ނަމުގައި ކުރިއަށްގެންދާ އެ އޮޕަރޭޝަންގައި ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި 40،590 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ލަންކާގެ ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގަމުންދާ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 38،225 މީހުންނަކީ މަސްތުވާތަކެތީގެ އެކިއެކި ކުށްތަކާ ގުޅިގެން ހައްޔަރު ކުރި މީހުންނެވެ. އޭގެ ތެރެއިން ފުލުހުންގެ ބަންދުގައި އިތުރަށް ބައިތިއްބަން ނިންމާފައި ވަނީ 1،703 މީހުންނެވެ. އަދި 1،867 މީހުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް ވަނީ ފޮނުވައިފައެވެ.

މި މައްސަލަތަކުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 225 މީހުން ގާނޫނާއި ގަވައިދާ ހިލާފަށް ގެންގުޅުނު މުދާތައް ވަނީ ހިފަހައްޓައިފައެވެ. އަދި ހައްޔަރު ކުރި 2،801 މީހުންނަކީ އެސްޓީއެފް އާއި ނާކޮޓިކްސް ބިއުރޯ އިން ހޯދަމުން ދިޔަ ބައެކެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިހާތަނަށް އައިއިރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 4،791 މިލިއަން ރުޕީސް އަށް އަރައެވެ. އަދި 725 މިލިއަން ރުޕީސްގެ މުދާ ވަނީ އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާބިރު

    ތީ އެންނެ 6875 ޑޮލަރު ވާ ރުފިޔާ ތީމީހަކު ފޮރުވާ ވަރު އަދަދެއްތަ ތިޔަވރު ގެ ޑްރަގް ޑީލަރަކު

    3
    4
    • އޯމައި ޑޭސް

      އަސްލުވެސް !! މައި ތޯޓްސް ޓޫ !!