ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ބަޔަކަށް ދިވެހިރާއްޖޭގެ ފަސްގަނޑުން ޖާގަ ދެވިގެން ނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނާ ޚިލާފު އެތައް ވާހަކަތަކެއް ހިމެނައިގެން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ޔޫތް މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެންނެވެ. އެ މިނިސްޓްރީން ވަނީ މިހާރު އެ ޖަމިއްޔާ ސަސްޕެންޑުކޮށްފައެވެ.

އެ ޖަމިއްޔާ ސަސްޕެންޑްކޮށް ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެޖަމިއްޔާއިން ޝާއިއު ކުރި ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުން ދާތީ މިއަދުން ފެށިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.

ސަރުކާރުން އެމްޑީއެން ޖަމިއްޔާ ސަސްޕެންޑްކޮށްފައި ވަނީ އެ ޖަމިއްޔާ އުވާލުމަށް ގިނަ ބަޔަކު ގޮވަމުން ދަނިކޮށެވެ. އަދި އެ އެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ސިޔާސީ އެކި ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ދަނީ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ދީނާ ޚިލާފު އެތައް ކަމެއް ހިމެނެއެވެ. އެގޮތުން ކީރިތި ރަސޫލާ އިސްރާއާއި މިއުރާޖަށް ވަޑައިގަތުމާ ގުޅޭގޮތުން ނޭދެވޭ ވާހަކަތަކެއް ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ ސްކޫލުތަކުގައި އިސްލާމް މާއްދާ ކިޔަވައިދޭ ގޮތުން އެހެން ދީންތަކަށް ހުރުމަތް ކެނޑޭ ކަމަށާއި އޭގެ ސަބަބުން ކުދިން ދީނީ ގޮތުން ހައްދުފަހަނައަޅާ ކަމަށް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދދދދދދ

    ނަމާއެއްގޮތަށް ސާލިހް ކަމަށް ކަލޭ ބުނާ މީހާ، ދުނިޔެ އެނބުރޭހާ ބާރުމިނުގަ ފިޔަވަޅު އަޅާތީތަ އަޅާ ފިޔަވަޅު ނުފެންނަނީ؟ ލަދެއްނުގަނޭނު.

    32
  2. ވިސްނާ

    ރަށްޔިތުންގެ މަޖިލީހުގެރައީސްކަންވެސް މިހާރުކުރައްވަނީ ޑރ އިޔާޒްބުނުއްވާފަދަ ފަރާތެއްކަން
    ވަރަށްގިނަ ދިވެހިރަށްޔިތުންނަށްއެގޭ އޭގެތެރޭގައި ތިބޭފުޅާވެސްހިމެނިލައްވާނެ ނަމަވެސް ހިތާމައަކީއެފަދަފަރާތެއްވެސް ބައިވެރިކުރާ ސަރުކާރެއްގެންނަން މަސައްކަތްޕުޅު ކުރެއްވުން އަދި މަޖިލީހުގެރައީސްކަމަށް ކުފޫހަމަވޭތޯވެސް މިއީ އުފެދޭސުވާލެއް އެއީ ފާޅުގައިކުރެއްވިކުށަކަށް 13 އަހަރުގެޖަލުހުކުމެއްއައިސް އެހުކުމްގެ1ދުވަސްވެސް ތަންފީޒްނުވެ މިހާރުމިނިވަންކުރައްވާފައިވާތީނަމަވެސްގާނޫނުގެކުރިމަތީގައިއެންމެންމަހަމަދެންކޮބައިތޯއެހެންކުށްވެރިންގެ ހައްޤްތައް މިދުނިޔޭގައި ބާރުގެބޭނުންކޮށްގެން ހިތަށްއެރިގާނޫނެއްހަދައިގެން ހިތަށްއެރިގޮތަކަށް ކަންތައްކުރެވިދާނެ ނަމަވެސް ވިސްނާލަންވީ މިނޫންދުވަހެއްއައިސް ﷲގެ ހަސުރަތުގައި ޖަވާބުދާރީވާންޖެހޭދުވަހެއްއަންނާނެކަން އެދުވަހުން އެންމެފުރިހަމައިންސާފުން ހުރިހާކަމެއްނިމޭނެކަން ވީމާފުރުސަތުގެބޭނުން ހަމަހަމަކޮށް ރަގަޅުގޮތުގައި ހިތްޕަވާ ގިޔާމަތްދުވަހުން ވެރިކަމާ މިނިސްޓްރީތަކާ، އޮފީސްތަކާ، ފިިނިކޮޓަރިއާ، ސިފައިންނާ. ފުލުހުން ކަންކަމުގަ އެހީތެރިވާކަށް ނުތިބޭނެ

  3. އެޒަމާނުގައި

    އެޒަމާނުގައި މުސްލިމުން އިސްލާމްދީނާއި ރަސޫލާ ދިފާއުކުރީ ކިހިނެއްބާ؟ ފިލާވަޅު ލިބަނޭ ތާރީހުން!