ޓައިމް ޓްރެވެލިންގ، ނުވަތަ މުސްތަޤުބަލުން މާޒީއަށް ދަތުރުކުރުމުގެ ވާހަކަތަކަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ވާހަކަތަކެކެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ގަބުލު ކުރަނީ މަދު ބައެކެވެ. ސަބަބީ މިކަމަކީ އާއްމު ވިސްނުމާ ތައާރުޒު ވާ ކަމެއް ކަމަށް ވާތީ އެވެ.

ދާދިފަހުން މީސް މީޑިއާގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަކީ، ޓައިމް ޓްރެވެލް ކުރި ކަމަށް ބުނާ މީހެއްގެ ވާހަކައެވެ. އޭނާ ބުނެފައިވާ ގޮތުގައި، އޭނާއަކީ 2030 ވަނަ އަހަރުން ޓައިމް ޓްރެވެލް ކޮށްފައި މިހައި ހިސާބަށް ދަތުރު ކުރި މީހެކެވެ.

ކެމެރާތަކުގެ ކުރިމައްޗަށް އަރަން ބޭނުން ނުވާ އެމީހާ އަކީ މިހާތަނަށް މިފަދަ ވާހަކައެއްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ފުރަތަމަ މީހާއެވެ. އޭނާ ވަނީ، މި ވާހަކަތައް "ލައި ޑިޓެކްޓަރ ޓެސްޓެއް" ގައި ވެސް ދައްކައިގެން އެ ޓެސްޓުން ފާސްވެފައެވެ. މިއީ ބައެއް މީހުން އޭނާގެ ވާހަކަތައް ޤަބޫލުކުރަން ފެށި ހިސާބެވެ.

މިކަމާއި ގުޅޭގޮތުން ނޫހަކަށް އެމީހާ ދިން އިންޓަވިއުއެއްގައި، ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކަކީ ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރައިދާނޭ ދުވަސްތަކެއް ކަމަށެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް ޢާންމުވެސް 2021 ވަނަ އަހަރުގެ މާކެޓްގެ ބޮޑު ބައެއް ހިއްސާކުރާނެ ކަމަށާއި، ގަޑިއަކު 600 މޭލަށް ދުއްވޭ އިލެކްޓްރިކް ކާރުތައް ދުނިޔޭގައި ބޭނުން ކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. މީގެ އިތުރުން 2028 ވަނަ އަހަރު، ފުރަތަމަ ފަހަރަށް މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ދުނިޔެއާއި އިންވެގެން އޮންނަ މިއްރީޚު (މާސް) އަށް ދިއުމަށްޓަކައި އިންސާނުން ދަތުރު ފަށާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހުރިހާ ވާހަކަތައް އޭނާ ދައްކާފައި ވަނީ ލައި ޑިޓެކްޓަރ ޓެސްޓެއްގެ ތެރެއިން ކަމުގައިވާއިރު، އެ ވާހަކަތައް އެއީ ތެދުކަން ޑިޓެކްޓަރުން ދައްކައެވެ. މި މަންޒަރު ފެންނަ ބައެއް ވީޑިއޯތައްވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވެއެވެ.

މި މީހާގެ ވާހަކަތަކާއި ގުޅިގެން އޭނާގެ ސިއްޙީ ހާލަތު ބެލުމަށްޓަކައި ޓެސްޓްތަކެއް ކުރެވިފައި ވެއެވެ. އެގޮތުން ކުރިއަށްގެންދިޔަ ބައެއް ޓެސްޓްތަކުން އޭނާއަށް ޑިޕްރެޝަންގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން ހާމަވެފައިވާއިރު، އޭނާ ބުނެފައިވަނީ އެއީ ޓައިމް ޓްރެވެލް ކުރުމުން ދިމާވީ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ 2003 ވަނަ އަހަރުން ފެށިގެން ވެސް ދުނިޔޭގައި ޓައިމް ޓްރެވެލް ކުރެވޭނެ ވަސީލަތްތައް ހުރި ކަމަށާއި، ނަމަވެސް އެކަން ރަސްމީކޮސް އިއުލާނުކުރާނީ 2028 ވަނަ އަހަރުގައި ކަމަށެވެ.

މިވާހަކަތައް ބައެއް ފަރާތްތަކުން ޤަބޫލުކޮށްގެން ތިބިއިރު، ގިނަ ބަޔަކު ބުނަމުންދަނީ މިއީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ހަމަ ބުއްދިން ވިސްނާލުމުންވެސް އެއް ވަގުތުން އަނެއް ވަގުތަށް ދަތުރު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫންކަން އެނގޭ ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސައކޯ

    ތިހެންވިއްޖިއްޔާ އަނބުރާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުޅުނުޒަމާނަށްވެސް ދެވޭނެތާ
    އަދި އެއިރުން މަރުވެފައި ތިބޭމީހުންވެސް ދިރޭނެތާ ކުރީޒަމާނަށް ދެވޭ ކަމުގައިވާނަމަ..ސިކުނޑި ހަމަނުޖެހޭ ބޯގަޅިންދައްކާވާހަކަ..ކީކޭ ބުނާނީ

    52
    1
  2. ބޯކިބާ

    މަބުނީ ފޮޓޯގައި އެއިނީ ޓައިމް ޓްރެވެލްކުރާއިރު ފެންނަ މަންޒަރެއްތަ؟

    13
  3. އިލްމުގެ ދަރިވަރެއް

    މަރިޔަމް ޝާނީއަށް
    ސަލާމަށް ފަހު ދަންނަވަމެވެ
    ޤަބޫލު ކުރާ މީހަ ކު ޤަބޫލު ކޮޮއްފާނެއެވެ. އެ ކަމަ ކު
    އަހަރެންނަ ކަށް ޤަބޫލެއް ނު ކުރެވުނެވެ. ސަަބަބަ ކީ އަހަރެންނަ ކީ ﷲ އާއި އެ ކަލާނގެ ފޮތައް އީމާންވެގެން ހުރި މީހަ ކަށް ވާތީއެވެ..
    ސަބަބަ ކީ ޢައިބުގެ ޢިލްމަ ކީ ހަމައެ ކަނި ﷲ ގެ ހަޞްރަތުގައި ވާ ޢިލްމެއް ކަމާއި އެ ކަލާނގެ ފިޔަވައި އެއްވެސް މީހަ ކަށް އެއްޗަ ކަށް ޢައިބުގެ ޚަބަރުތައް ނޭނގޭނެ ކަމާއި މި ކަމަށް ހެ ކިދޭ ޤުރުއާނުގެ އެތައް އާޔަތްތަ ކާއި ނަބީބޭ ކަލުންގެ ބަސްފުޅުތަ ކާއި ރެޔާއި ދުވާލު ލޯ ކުރިމަތީގައި ހިނގާ ކަންތަ ކުންނާއި ޤުދުރަތީ ނިޝާންތަ ކާއި ހިތަށް ފެންނަ ހަމަގޮތްތަ ކާއި ބުއްދިއަށް ފެންނަ މަތިވެރި ވިސްނުންތަ ކުން ނެވެ.އަދި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅުތަ ކުންނެވެ. އެއް ހަދީޘް ފުޅުގައި ވަނީ ފާލު ބަލާ މީހެއްގެ ގާތައް ގޮސް ސުވާލެއް ކޮއްފިނަމަ އެމީހާގެ 40 ދުވަހުގެ ނަމާދު ޤަބޫލު ނު ކުރެވޭހުއްޓެވެ. ސަހީހް މުސްލިމް2230
    އެހެން ކަމުން މިއީ އާންމު ވިސްނުމާއި ތައާރުޒުވާ ކަމެއްނޫނެވެ. އަހަރުމެންނަށް ވިސްނުމުގެ ބާރު ދެއްވި ﷲ ގެ ބަސްފުޅާ ތައާރުޒު ވާ ކަމެ ކެވެ. އެހެން ކަމުން މުސްތަޤްބަލް އެނގޭ ކަމަށް ދައުވާ ކޮށް ޒަމާނުގެ ފުރޮޅު އަނބުރާ ﷲ ޚަލްޤު ކުރައްވާ ވަ ކި ތަރުތީބެއްގެ ދަށުން އެ ކަލާނގެ ބާރުން ހިންގަވާ ވަގުތާއި ކުޅެ ހެދުމުގެ އެއްވެސް ބާރެއް އެ ކަލާނގެ ފިޔަވައި އެއްވެސް ފަރާތަ ކަށް ލިބިގެނެއް ނުވެއެވެ. ލިބިގެން ވާނެ ކަމަށް ދައުވާ ކޮށް އެމީހަ ކު ދެއް ކި ވާހަ ކަ ޤަބޫލު ކޮއްފިނަމަ އެއީ ޝިރު ކު ކުރުމެވެ.
    ތި ކަހަލަ ހަބަރުތައް ކަމުގެ ޢިލްމު ނެތި ގެނެސްދިނުމަ ކީ ދިވެހިންގެ ތެރޭގައި އުޅޭ ޖާހިލުން ވަރައް ފަސޭހައިން ޤަބޫލު ކޮއްފާނެ ޚަބަރު ކަން ދަނެ ތަން ކޮޅެއް ބޮޑައް ދިރާސާ ކޮއްފައި ލިޔުން އެދެމެވެ. ނޫނީ މަށާ ތި ކަން ހަވާލު ކޮއްލާށެވެ.......ސަލާމް

    40
  4. ނަބީހް

    ޢައިބުގެ ޢިލްމު ވަނީﷲ ގެ ހަޞްރަތުގައެވެ.. އަދި އެއީ އެއްވެސް އިންސާނަކަށް ޖިންނިޔަކަށް އަދި މަލާއިކަތަކަށް އަދި އެެކަލާނގެ އެއްވެސް މަޚްލޫޤަކަށް އެނގިގެންވާ ކަމެއް ނޫންކަމަށް ދަލާލަތު ކޮއްދޭ އެތައް އާޔަތްތަކާއި ރަސޫލާ ސައްލައްﷲ އަލައި ވަސައްލަމް ގެ ބަސްފުޅުތައް ވެއެވެ. މިކަމަށް މީހަކު ދައުވާ ކޮއް މީހަކު އޭނާގެ ވާހަކަ ޤަބޫލުކުރުމަކީ ޝިރުކުކުރުމެވެ. އަދި އެފަދަ މީހެއްގެ ސާޅީސް ދުވަހުގެ ނަމާދު ޤަބޫލު ނުކުރައްވާނެ ކަމަށް ސައްހަ ހަދީޘް ބަސްފުޅުގައި ވެއެވެ. ޒަމާނުގެ ފުރޮޅު އަނބުރާ ﷲ ޚަލްޤު ކުރައްވާ އެކަލާނގެ ކަނޑައަޅުއްވާފައިވާ ޤާނޫނާއި ތަރުތީބާއި އެކަލާނގެ ބާރުވެރިކަމުން ހިންގަވާ ވަގުތާއި ކުޅެ ހެދުމުގެ އެއްވެސް ބާރެއް އެއްވެސް މަޚްލޫޤަކަށް ލިބިގެނެއް ނުވެއެވެ.
    އެހެންކަމުން ޤަބޫލު ކުރާނެ މީހަކު ޤަބޫލު ކޮއްފާނެތެވެ. އެހެނަސް ﷲ އާއި އެކަލާނގެ ފޮތައް އީމާންވެގެން ހުރި މީހަކު ތި ކަން ޤަބޫލެއް ނުކުރާނެއެވެ.ރަނގަޅައް ތަހްޤީޤް ކުރައްވާ ދިރާސާކުރެއްވުމަށް ފަހު ލިޔުއްވާށެވެ. ........

    21
  5. މާރޓީ މެކްފްލަޔި

    ތި ވެދާނެ 1980 ގެ އަހަރުގެތަކުގަ ސްޕީލްބާރގުގެ މަޝްހޫރު ޓައިމް ޓްރޭވަލިން ފިލްމު ބެކްޓު ދަ ފިއުޗަރ ފިލްމު ބެލިމީހެއް ކަމަށްވެސް އޭނާ އެ ފިލްމުގަ ވާހާ ކަންތައް ތެދުކޮށް ފާނެ އެހެންވެގެން ތާކުންތާކު ނުޖެހޭ ހަގީގަތެއްނެތް ފުލޯކު ވާހަކަ އެ ދައްކަނީ

  6. ލައިލާގެލޮލް

    2018 ގަ ހިނގި ކަމެއްތީ !! ލޮލް

  7. އަޒްލީފަ

    ޓައިމް ޓުރެވަލް ކުރި ނަމަ އޭނާއަށް ކޮރޯނާ ވައިރަހުގެ ޕެންޑެމިކު ނޭނގުނީ ކީއްވެ.؟

  8. ސަމްކުޅިބޭ

    މީޓައިމް ޓްރެވަލްކުރުމެއްނޫން. މީ އެމީހެއްގެ ޚިޔާލް. އޭނާގެ ޚިޔާލް ގައި ކުރިއަށްއޮތް ދުވަސްތަކުގައި ހިނގާނެކަމަށް އޭނާ އަށް ފެންނަ ކަންތައް . ބައެއްކަންތައް ދިމާވުމަކީވެސް ވެދާނެކަމެއް. މިފަދަ މީހުންގެ ބޭނުމަކީ މަޝްހޫރު ވެލުން.