އެމެރިކާގެ ކެލެފޯނިއާ މީހަކު އޭނާގެ އަނބިމީހާގެ ފުރާނަ ސަލާމަތް ކޮށްދޭ މީހަކަށް ވަރަށް ތަފާތު ގިނަ ހަދިޔާތަކެއް ހުށަހަޅައިފިއެވެ.

ވާލޮން ރޮބިންސަން ބުނާ ގޮތުގައި އޭނާގެ އަނބިމީހާގެ ފުރާނަ ސަލާމަތްކޮށްދިން މީހަކަށް އޭނާގެ ޓްރަކާއި، ވެހިކަލްތައް އުފުލުމަށް ބޭނުންކުރާ ޓްރެއިލާ އަކާއި އަދި އޭނާގެ ކިޑްނީ ވެސް ދޭން ހުރީ ތައްތާރަށެވެ. ރޮބިންސަަން ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި އޭނާގެ ވެހިކަލްތަކާއި ކިޑްނީ ހަދިޔާ ކޮށްގެން ވެސް ބޭނުމީ އަނބިމީހާގެ ފުރާނަ ސަލާމަތް ކުރާށެވެ.

ރޮބިންސަން އާއި އޭނާގެ އަނބިމީހާ މާރިއާގެ ކައިވެންޏަށް 25 އަހަރު ވެއްޖެއެވެ. މިދިޔަ އަހަރު ޑޮކްޓަރުންނަށް ފާހަގަ ކުރެވުނީ މާރިއާގެ މޭގައި މައްސަލައެއް އުޅޭ ކަމަށެވެ. އަދި އިތުރު ޓެސްޓްތައް ހެދުމުން އެނގުނީ ފުރަމޭ ފެއިލްވެ މެއި ބަދަލު ކުރަން ޖެހިފައިވާ ކަމެވެ.

މާރިއާގެ ބަރުދަން ލުއިވެ ދުވަހަކަށް ވުރެ ދުވަހަކު ހާލަތު ދަށްވަމުން ދާއިރު ރޮބިންސަންގެ އަތް މައްޗަށް މާރިއާ މަރުވާކަށް ރޮބިންސަން ބޭނުމެއް ނުވެއެވެ. ދެމަފިރިން އެކުގައި އުޅުނު އުފާވެރި ދުވަސްތައް އަނބުރާ ގެންނަން ދެމަފިރިން ވެސް ބޭނުންވެއެވެ.

އެހެންކަމުން މާރިއާ އަށް މިހާރު ބޭނުންވަނީ މެއި ހަދިޔާ ކުރާނެ އޯ ޕޮޒިޓިވް ނުވަތަ އޯ ނެގެޓިވް މީހެކެވެ. މެއި ހަދިޔާ ކުރާ މީހަކު އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އެމީހެއްގެ އިންޝްއަރެންސްގެ ހުރިހާ ކަމެއް މިހާރު ވެސް ވަނީ ހަމަޖެހިފައެވެ.