ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ބޮލީވުޑުގެ ހުނަރުވެރި އެކްޓަރ އިރުފާން ޚާންގެ ދަރިފުޅު ބަބިލް ޚާން ފިލްމީ ދާެއިރާއަށް ނުކުންނަން އުޅޭކަމުގެ އިޝާރަތެއް ކޮށްފިއެވެ.

އޭނާ މިފަދަ އިޝާރާތެއް ކޮށްފައި ވަނީ، ބައްޕަގެ ހަނދާން އައު ކުރުމުގެ ގޮތުންކުރީގެ ސްޓޭޖު ޕާރފޮމެންސްއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގުރާމް ކުރުމަށްފަހު، މީހަކު ކުރި ކޮމެންޓަކަށް ޖަވާބު ދެމުންނެވެ.

އޭނާ އެ ފޮޓޯ ހިއްސާކޮށް އެއީ އެކްޓް ކުރަނިކޮށް އިރުފާނަށް ފެނުނު ފުރަތަމަ ފަހަރަ ކަމަށް ބުންޏެވެ.

މި ފޮޓޯގައި އިރުފާން ޚާން ހުންނަނީ ރަސްމީ ހެދުމެއްގައެވެ. އަދި ބަބިލް ހުންނަނީ އޭނާގެ ސްޓޭޖު ޕާރފޮމެންސްގެ ކޮސްޓިއުމްގައެވެ. މި ފޮޓޯގައި ވަނީ ޕާރފޮމެންސްގެ ސީންއެއް ނޫނެވެ. ނަމަވެސް ބަބިލްއާއި އޭނާގެ ބައްޕައާއި ވާހަކަ ދައްކަން ތިބޭ މަންޒަރެވެ.

މި ފޮޓޯއަށް އެތައް ބަޔަކު ކޮމެންޓު ކޮށްފައިވެއެވެ. އޭގެތެރެއިން އެކަކު ކުރި ކޮމެންޓެއްގައި ވަނީ ބަބިލް ''އޮން ސްކްރީން''އިން އެންމެ އަވަހަށް ފެންނާނީ ކޮންއިރަކުންތޯއެވެ. މި ސުވާލަށް ޖަވާބުދެމުން ބަބިލް ބުނެފައިވަނީ ވަރަށް އަވަހަށް ކަމަށެވެ.

ބަބިލްގެ މި ޖަވާބުން އިތުރު މީހަކު ކުރި ކޮމެންޓެއްގައި އަހައިފައިވަނީ އޭނާ އެއްވެސް ފިލުމަކުން ފެނިދާނެ ތޯއެވެ. މި ސުވާލަށް ޖަވާބުދެމުން ބަބިލް ބުނެފައިވަނީ އޭނާއަށް އެހެން ހީވާ ކަމަށެވެ.

ބަބިލްއަކީ އިނގިރޭސިވިލާތުން އެކްޓިން ކިޔަވައިގެން ހުނަރުވެރި އެކްޓަރެކެވެ. ބަބިލް ބުނެފައިވަނީ އޭނާގެ އެކްޓިންގެ ހުނަރަށްވުރެ ''ސިކްސް ޕެކް އެބްސް'' ހުންނަ މީހުންނަށް ފުރުސަތު ލިބޭ ކަމަށެވެ. މި ދާއިރާގައި ހުނަރުވެރިންނަށްވުރެ މުހިންމީ ރީތި ހަށިގަނޑެއް ހުންނަ މީހުން ކަމަށެވެ.

ބަބިލް އެކްޓިން ކިޔަވަން ފެށުމުގެ ކުރިން އޭނާގެ ބައްޕަ އިރުފާން ޚާން އޭނާ ގާތު ބުނެފައިވަނީ ބޮލީވުޑުގައި އޭނާއަކީ އިހްތިރާމް ލިބިގެންވާ މީހަކަށް ހަދަން އޭނާ މަސައްކަތް ކުރަންޖެހޭނީ އޭނާ އަމިއްލައަށް، އޭނާގެ އަމިއްލަ މަސައްކަތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު