ހައްދު ފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން އީރާނަށް ޑްރޯން ހަމަލާތަކެއް ފޮނުވައިފިއެވެ.

އިސްރާއީލުން އީރާނަށް ހަމަލާދީފައިވާކަން އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ، އެގައުމުގެ މީޑިއާއެއް ކަމަށްވާ އޭބީސީ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އީރާނުގެ ބައެއް ޓީވީތަކުން ވަނީ އީރާނުގެ އިސްފަހަންގައި ބޮމުގެ އަޑު އިވިގެން ގޮސްފައިވާތީ، ވައިގެ ދިފާއީ ބާރުތައް ހަރަކާތްތެރިވެ، ތެހެރާނާއި އިސްފަހާންގެ ބައެއް ސަރަހައްދުތަކުގައި ދަތުރުތައް މެދުކަނޑާލާފައިވާކަން ހާމަކޮށްފައެވެ.

އިސްރާއީލުން އީރާނަށް ފޮނުވާލި ޑްރޯން ހަމަލާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ބަޔަކު ޝަހީދުވެފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އަދި ޑްރޯންތައް އީރާނުގެ ފަސްގަނޑުގައި ޖެހުނު ކަމުގެ ރިޕޯޓެއް ވެސް ލިބިފައެއް ނުވެއެވެ.

އީރާނުން އިސްރާއީލަށް ފޮނުވާލި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާއާއި ގުޅިގެން މީގެ ކުރިން އިސްރާއީލުން ވެސް ވަނީ ބަދަލި ހިފާނެ ކަމަށް ބުނެފައެވެ. އެމެރިކާއާއި ވިލާތުގެ ބައެއް ގައުމުތަކުން ބަދަލި ނުހިފަން ބުނެފައިވީނަމަވެސް، އިސްރާއީލުން މިހަމަލާދިންކަން ފާހަގަ ކޮށްލެވެއެވެ.

އިސްރާއީލުން އީރާނަށް ހަމަލާދީފައިވާއިރު، ސީރިއާއާއި އީރާޤުގައި ވެސް ގޮވުންތަކެއް އަޑު އިވިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފަހުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލުން އީރާނަށް ދިން ހަމަލާއަކީ ބޮޑު ފެއިލްވުމެކެވެ. އެގައުމުގެ އިސްފަހަން ސަރަހައްދުގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް މި ހަމަލާދިން ކަމަށް ރިޕޯޓްތަކުން ބުނާއިރު، އީރާނުގެ އޮފިޝަލުން ވަނީ އިސްރާއީލަށް އެގައުމަށް ހަމަލާއެއް ނުދެވޭ ކަމަށް ބުނެފައެވެ. އިސްރާއީލުން ކުރިހާ ވެސް ކަމަކީ ޑްރޯންތަކެއް އެގައުމުގެ މަތިން ފޮނުވުން ކަަމަށާއި އެ ޑްރޯންތައް ވެސް ވައްޓާލާފައިވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ލަހެއްފަހެއްކުރާނެކަމެއްނެތް. ދެވަނަދަރަޖައިގެ އާލާތުން ޔަހޫދީންނަށް ހަމަލާދޭންވީ !! މަށަށްކުރެވޭނީމިހާވަރު. މަ މިހުރީ އީރާނާއެކުު

    15
    0
  2. ކަށިކެޔޮ އާދަނު

    ޔަހޫދީ ޝައިތާނުންފާހަގަކުރާ އީދުދުވަހު ހަމަލާދިނުންބުއްދިވެރި.. އެކަމަކު ހަމަލާދޭކަން އަންގަންވާނީ މަށަށްއެކަނި

    12
  3. ސަދާ

    ދޮގު ކަމަ ވަނީ