ނިރުބަވެރި އިސްރާއީލުން މިއަދު ހެނދުނުގެ ވަގުތެއްގައި އީރާނަށް ފޮނުވާލި ޑްރޯން ހަމަލާއަކީ އިންޒާރެއް ކަމަށް އިސްރާއީލުން ބުނެފިއެވެ.

އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ވަނީ އީރާނުގެ އިސްފަހަން ސިޓީގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައެވެ.

މި ހަމަލާއަކީ މިމަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އީރާނުން އިސްރާއީލަށް ދިން ޑްރޯން އާއި މިސައިލް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ދިން ހަމަލާއެއް ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިހަމަލާއަށްފަހު، އިސްރާއީލުގެ އަސްކަރިއްޔާގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ މި ހަމަލާއަކީ އެއީ އިސްރާއީލަށް ކޮންމެ ވަގުތަކު ވެސް އީރާނުގެ އެތެރެއަށް ހަމަލާދެވިދާނެ ކަމަށް ދައްކާލި އިންޒާރެއް ކަމަށެވެ.

ހަމަލާއާއި ގުޅިގެން އީރާނުން ބުނެފައިވަނީ އިސްރާއީލުން ފޮނުވާލި ޑްރޯން ހަަމަލާއަކީ ނާކާމިޔާބީއެއް ކަމަށެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި އިސްރާއީލުން ޑްރޯންތަކެއް ފޮނުވި ނަމަވެސް، އެގައުމުގެ ވައިގެ ދިފާއީ ނިޒާމުން އެ ޑްރޯންތައް ހުއްޓުވާފައިވާ ކަމަށާއި އެގައުމުގެ އެކި ސަރަހައްދުތަކުން އިވިގެން ދިޔަ އަޑުތަކަކީ ޑްރޯންތައް ވައްޓާލުމުން އިވުނު އަޑު ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

އަދި މި ހަމަލާގައި އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށާއި އެއްވެސް ކަހަލަ ނުރައްކަލެއް ވެސް ނެތް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަލީބުނީ

    ހަހަހަ. ދަތްއަޅަން އަންނަ ކުއްތާ ވަންވަނެއް ނުޖައްސާނެ. އިރާން ކަލޭމެން ލައްވާ ގޯސް ހަދުވާފަ ކަމޭމެނައް އަނެއްކާވެސް ބޮނޑިދޭނީ. ތިއުޅެނީ އަމިއްލަޔައް ފިހޭނެ ގޮތެއް ނޭންގިގެން

    23
    2
  2. މަށްލާ

    އީރާނަކާ އިޒުރާއީލުން ނުކުޅެވޭނެ ހިތަށްއެރިހާގޮތެއް ނެހެދޭނެ އީރާނަކީ ދުނިޔޭގެ ސުޕަރޕަވަރެއް އެއީ ޔަހޫދީންގެ ފަހަތުގަ ކިތަންމެ ޔަހޫދީ ގައުމެއް އޮތަސް ހެޔޮ.