އައްޑޫއާއި ފުވައްމުލަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ސަމާލު ނެރެފައިވަނީ މިރޭ 20:30 އިން ފެށިގެން މިރޭ 00:30 އާއި ހަމައަށެވެ.
މި ސަމާލުގައި ބުނެފައިވަނީ އެވަގުތުން ފެށިގެން ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
Yellow Alert for Rain and thunderstorm over Fuvahmulah and Addu City pic.twitter.com/omKaKatfRm
— Maldives Meteorology (@MetMaldives) April 26, 2024
އައްޑޫއާއި ފުވައްމުލަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މިދުވަސް ކޮޅަކީ ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސް ދުވަސްކޮޅެކެވެ. އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ވެސް ހިނގާފައެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މޫސުން ގޯސްވެފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ހޫނުމިން ވަރަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.