ކުއްލި ގޮތަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް އިންސްޕެކްޓަރަކު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދެވެ.

އޭނާ ނިޔާވުމާ ގުޅިގެން ފުލުހުން ނެރުނު ތައުޒިޔާގެ މެސެޖްގައި ޒިޔާދުގެ އާއިލާ އަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ފުލުހުންގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ވަނީ ތައުޒިޔާ ފޮނުވައިފައެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ޒިޔާދު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާ ގޭތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޒިޔާދުގެ މަރާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝިފާޒް

    އިންނާ ލިލާހް ވައިންނާ އިލައިހި ރާޖިއޫން.

    19
  2. ހުސެންބެ

    މަރުހޫމް ޒިޔާދުގެ ފުރާނަފުޅައްހެއު ރަހުމަތްލައްވަވާ ސުވަރުގޭގެ ދާއިމީނިޔުމަތްމިންވަރުކުރައްވާށި އަޅުގަނޑަކީ 34އަހަރު ޒިޔާދުއާއެކުމަސައްކަތްކުރިމީހަކީމު ވަރައްހިތާމަކުރަން

    20
  3. ޒާ

    މި ދުވަސްކޮޅު މާލޭގެ ހޫނުމިން ހުރީ ހީޓް ސުޓުރޯކް ޖެހޭ ވަރުގައިކަމަށް ފާހަނގަ ކުރެވޭ. ކުރީ ދުވަހަކު އުމުރުން ދުވަސްވެފަ ހުރި ބޭބެއަކުވެސް ހޮޓަލެއްގަ ސައިބޯން ހުއްޓާ ސުޓުރޯކެއް ޖެހުނު. އޭރު ހޫނު ނިކަން ގަދަ. ތައިލޭންޑުގައިވެސް 30 މީހުން ހީޓް ސުޓުރޯކު ޖެހިގެން މަރުވުމާއި ގުޅިގެންވަނީ ޕަބްލިކް ހެލްތު އެޑްވައިޒަރީ ނެރެފަ. އަވައްޓެރި ލަންކާގަވެސް ޕަބްލިކަށް އިންޒާރުދީފައިވޭ. އެކަމަކު މިރާއްޖޭގެ ޕަބްލިކު ހެލްތުން ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ހެލްތު އެޑުވައިޒަރީ ނެރޭތަނެއް އަދި ނުފެނޭ. ޕާލަމެންޓު އިލެކްޝަން ކާމިޔާބު ވުމާއި އެކު ލިބުނު އުފާވެރިކަމުގައު ޒިންމާތަށް މަތީން ހަނދާން ނެތުނީކަމުގައިވެސް ވެދާނެ.

    25
    10
    • Anonymous

      މެންދުރު ސްކޫލް ދޮށަށް ގޮސްތިބޭ ބައެއް ބެލެނިވެރިން ވެސް ހީޓް ސްޓްރޯކް ޖެހިގެން ވެއްޓޭތަން ފެނިފައިވޭ.

      7
      3
  4. Anonymous

    މީހުންނަށް އޮތީ ﷲއަށް ބިރުވެތިވެ ތަގުވާވެރިންވުން

    32
  5. the Maldivians

    ގަދަ ބާރުން ނިމިދިޔަ ސަރުކާރުން ރައްޔިތުން ގަޔަށް މަޖްބޫރުން ޖެހި ތަހުލީލީ މަރުހަލާ ގަ ހުރި ވެކްސިން ތަކާ ބެހޭ ގޮތުން އޭރުގެ ވެރިއަކަށް ހުރި މީހާ ޢާއި މައިމޫނާއްތާ ޢާ ސުވާލު ކޮއް ޖަވާބް ދާރީ ކުރުވަން ޖެހޭ.. ސީރިއަސް މައްސަލަ އެއް މީ