ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 125 އަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ މައުލޫމާތު ތިން ފަހަރެއްގެ މަތިން އިއުލާން ކޮށްފައެވެ. އެގޮތުން ރޭ މެންދަމު 44 މީހަކު ފައްސިވިކަން އިއުލާން ކުރިއެވެ. އަދި މިއަދު މެންދުރުފަހު ވަނީ އިތުރު 42 މީހަކު ފައްސިވިކަން އިއުލާން ކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިތުރު 39 މީހަކު ފައްސިވިކަން އިއުލާން ކޮށްފައެވެ.

އެހެންކަމުން ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1672 އަށް އަރާފައެވެ.

މިއަދު ރާއްޖެ އިން 125 މީހަކު މިހާތަނަށް ފައްސިވެފައި ވާއިރު މިއަދަކީ ދެވަނަ އަށް އެންމެ ގިނަ މީހުން ރާއްޖެ އިން ފައްސިވި ދުވަހެވެ. މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ. އެދުވަހު 179 މީހަކު ފައްސިވި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެ އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 125 މީހަކު ފައްސިވި ނަމަވެސް މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ނުދާ ކަމަށާއި، ފައްސިވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އައިބެ

    ޙިނގާ ޓީވީ އަށް އަރާ ރޯން. ޢެކަކު ޕޮޒިޓިވް ވީ ދުވަހު މީހަކު ޖަޒުބާތު ބަންޑުންވި. މިހާރު އޭނަ ހަމަކޫލް!

    54
    5
    • ހިރަގުލް

      ރޯންވެސް ނޭގޭ ގޮލައެއް އެއީ! ފެނުނަސް ހޮޑުލަވާ!

      31
      7
  2. ސމީ

    މާދަމާ ތި ހުރހާ މީ ހުން ގެ ޢަދަދު އިޢުލާނު ކުރަން ލަސް ކުރި ނަމަ އޭރުންނު ތިޔަ ބުނާ ސާރވޭ އަކާ އެއްގޮތައް އަދަދު ތައް ދުއްވާލެވޭނީ. ނޫނީ 31 ވާ މާދަމާއަށް ކުރިން ބުނި އަދަދަށް ބަ ހައްޓާފަ އެބަ ހުރިބާ ކުރިން ލަފާކުރި ޢަދަދު.

    44
    5
  3. އަލްޖިބްރާ

    އަދިވެސް ލުއި ނުދީގެން ބޮޑާހާކަން ވީނު ! ލުއި ދިންފަހުން 24ގަޑިއިރު އަދިހަމަނުވޭ !

    46
    10
  4. ޙަސަނު

    ނުވާނެ އެހެނެއް ވައިރަސް ފެތުރި ބަލި ޖެހެނީ ހަމައެކަނި މިސްކިތްތަކުން އެހެންވެތާ މިސްކިތްތައް ނުހުޅުވާ ބިދޭސީންގެ މާރުކޭޓުތަކާއި ހާރޑްވެއަރ ތައް ހުޅުވާލީ

    57
    2
  5. ޟަފް

    ކޮންޓްރޯލް އެއް ނުވޭ ދޯ އެހެން ވީމަ ؟؟

    49
    2
  6. ހުސޭނުބޭ

    ސްޕައިކެއް ނާންނާނެކަމަށް ބުނީ! ޕޮޒިޓިވްވަނީ 30 އާއި 50 އާ ދެމެދުގެ ޢަދަދެކޭ ބުނީ! 125 އެއީ 30 އާއި 50 އާއި ދެމެދުގެ ޢަދަދެއްކަންނޭގެ! އެކަމަކު ނަންވާނީ އަދުރޭ!

    52
    1
    • ރަށު ކަމަނަ

      މިކަމާ ގުޅޭ ގޮތުން މިރޭ ސުވާލު ކުރީމަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެހެން އެއްޗެއް ޑޮކްޓަރ ކީ

      12
  7. ކުރަފި ކެރަފާ

    އަންނި ބުނި އަދަދަށް މީހުންނަށް ނުޖެހިދާނެތީވެ ލުއިތައް ދީގެންވެސް އެދަދަށް ޖައްސަން ޖެހޭވިއްޔަ..ރައީސް އަކީ ނަމެއްގަ ހުރި މީހެއް. ވޯޓް ލެވުނު މޮޔަ ހިތަށް އަރާ މިހާރު.

    61
    4
  8. ސަމްސިއްޔާ

    ވާނުނާ ނޭންގެންޏާ ކޮމެންޓް ނުކޮށްބަލަ. މީހުން ބޭރަށް ހަމަ ނިކުންނައިރަށްތަ ޕޮޒިޓިވްވަނީ؟؟ ލޮކްޑައުން ލުއިކުރުމުން އޭގެ އަސަރު ފެންނަން ފަށާނެކަމަށް ކަމާބެހޭ މާހިރުން ބުނަނީ 14 - 5 ދުވަހާ ދޭތެރޭގައި.

    23
    12
  9. ނޫ

    މިފަދަ ނުރައްކާތެރި ދަޑިވަޅެއްގައި ސަރަކާރުގެ އޮފީސްތަށް ހުޅުވުމުގެސަބަބުން ކޮންމެގެއަކުގައިވެސްތިބޭ މުސްކުޅިންނަށްވަރަށްނުރައްކާވާނެ. މީކުރަންހިޔޮވާވަރުކައެއްނޫން. ދިވެހިރަތްޔަތުންތަކެއްމަރުވެދާނެ. ގިނަބަޔަކަންޖެހުމުންގިނަބަޔަކުމަރުވަނީ. ސަރަކާރުމިދިވަސްކޮޅުހުޅުވައޮގެން ވާނެއްވެސްފައިދާއެއްނެތް. ކުރިންކަންކަންވެފަހުރިގޮތުގެ ތަޖުރިބާ ކުޑަކޮށްހުރިބަޔަކުވެސްނުކުރާނެ މިފަދަކަަމެއް.

  10. ވައިރަސް

    ތީ އެޗްފީއާ ސަރުކާރުން ބޭނުވާވޮތް

  11. ÷ޒަހަރު

    ހަމަ ހިނި އަންނަނީ ?????

    18
    1
  12. ސުލްތާން

    މިފެންނަނީ . . ހުސް..ކުރިއެރުން..އެހެންނުން..އެޗްޕީއޭ.

    12
  13. މުސްތޮފާ

    އެއްޗެކޭ ކިޔައިގެންވެސް ރައްޔިތުން އަވަދި ކޮއްލާ ތަން މި ފެއްނަނީ، ބޮޑުން ގޭގަ މުދާ މަސްދުވަ ހަށް ގުދަންކޮއްގެން ރައްޔިތުން ގަޑަތަޅުވާތަން މިފެއްނަނީ، ސަރުކާރަށް ހަމަ ސާބަސް.

    14
    1
  14. ލަވަ

    މިތާގެ ޑޮކްޓަރުންވެސް ހިތް ހަމަ ޖެހޭ ވަރުގެ ކުޑަ އަދަެއްކަމަށް މި ކިޔަނީ މިއޮއް ކުޑަ އާބާދީގައި މިހާ ކުޑަ އޭރިއާ އެއްގައި މިހާ ގިނަ އަދަދަކަށް މީހުނަށް ޖެހޭ އިރުވެސް. ލަންކާ، ތައިލެންޑް ފަދަ ތަންތާގައި އެހާ ބޮޑު އާބާދީ އަކާ ބޮޑު އޭރިއާއެއްގެ ތެރޭގައި އުޅޭ އިރުވެސް ވަރަށް މަދު އަދަެއްގެ މީހުނަށް ޖެހޭ އިރުވެސް އެމީހުން އެއުޅެނީ ޖެހޭ އަދަދު ގިނަ ވެގެންނެވެ. މި ގައުމުގެ ޑޮކްޓަރުން މިކިޔަނީ ކޮން ލަވައެއް ބާވައެވެ

  15. ނާޒު

    ސިޔާސީ ވާތީ ވާހާގޮތް ތީ ކޮންމެ ކަމަކައް ސިޔާސީ އިސްކުރާތީ ތިހެންތިވަނީ ޑޮކްޓަރުންވެސް އެމީހުން ބުނަން ބޭނުން ނުވިއަސް ސިޔާސީ ބާރު ފޯރާތީ އެހެން ބުނަނީ