އަވަހައި ވަރުބަލިވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ބައެއް ފަހަރު އަވަހައި ވަރުބަލިވުން އެމީހެއްގެ ސިއްހަތާއި ގުޅިފައިވާއިރު އަނެއްބައި ފަހަރަށް ވަރުބަލިކަން އިހްސާސް ކުރަން ޖެހެނީ ބުރަކޮށް އުޅުމުގެ ސަބަބުންނެވެ. ވަރުބަލިކަން ހަށިގަނޑުން ފިލުވާދީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އެތަކެއް ކަމެއް ވެއެވެ. އެގޮތުން އަވަހައި ވަރުބަލިވާ މީހުންނަށް އެކަމުން މިންޖުވުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ލުބޯ ފަނި ބުއިން

ލުބޯ ފަންޏަކީ ޢޭގައި އެތަކެއް ސިއްހީ ފައިދާއެއް އެކުލެވިގެންވާ އެއްކެވެ. އެއީ އޭގައި ގިނަ އަދަދެއްގެ ވިޓަމިންސް އަދި މިނަނަލްގެ ބާވަތްތަށް ހިމެނޭތީއެވެ. އެެހެންކަމުން ލުބޯއިން ފަނި ގިނައިގެން ބުއިމުން ހަށިގަނޑުގައި ވަރުޖެހި ހަށިގަނޑުން ވަރުބަލިކަން ފިލުވާދެއެވެ. އަދި ގަވައިދުން ލުބޯ ފަނި ބޯ މީހުން ވަރުބަލިވާ އިންސައްތަ އެހެން މީހުންނަށް ވުރެއް 67 އިންސައްތަ ކުޑައެވެ.

ކަސްރަތު ކުރުން

ކަސްރަތު ކުރުމަކީވެސް އަވަހައި ވަރުބަލިވުމުން ދުރުކޮށްދޭ ކަމެކެވެ. އެއީ ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑުގައި ލޭދައުރުވުމަށް އެހީވެދޭތީއެވެ.

އާފަލު ކެއުން

އާފަކީ ގިނަ އަދަދަކަށް ޕެކްޓިން އެކުލެވިގެންވާ އެއްޗެކެވެ. ޕެކްޓިން އަކީ ހަށިގަނޑުގައި އިތުރުވެފައި ހުންނަ ސަރުބީ އަދި ލޭގައި ހުންނަ ކޮލެސްޓްރޯލް މަދުކޮށްދޭ ފައިބާގެ ބާވަތެކެވެ. އެހެންކަމުން އާފަލު ކެއުމުން އަވަހަށް ހަށިގަނޑުން ވަރުބަލިކަން ފިލުވައިދެއެވެ. އަދި އާފަލަކީ ގިނަ އަދަދަކަށް ގުލްކޯޒްވެސް ހިމެނޭ އެއްޗެކެވެ.

ހަމަނިދި ނިދުން

ހަމަނިދި ނިދުމަކީވެސް މީހާ ވަރުބަލިވާ މިންވަރު މަދުކޮށްދޭ ކަމެކެވެ. އެހެނީ ހަމަނިދި ނިދުމުން ހަށިގަނޑުގެ ގުނަވަންތަކަށް އަރާމުލިބި ހަށިގަނޑުގެ ގުނަވަންތަށް، ހާއްސަކޮށް ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް އެހީވެދޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު